Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ

ކެޓަލޯނިއާގެ މިނިވަންކަން ގަބޫލު ނުކުރާނެ ކަމަށް ފްރާންސް އިން ބުނެފި

ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް، އާންގާރަ ދުވަހު ރީޖަނަލް ޕާލަމަންޓުގައި ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވަން ވަނީ ހަމަޖެހިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 9 އޮކްޓޯބަރު 2017 | ހޯމަ 21:31
ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފިނަމަ އެކަން ގަބޫލު ނުކުރާނެ ކަމަށް ފްރާންސް ސަރުކާރުން ބުނެފިއެވެ.

ކެޓަލޯނިއާ ސްޕެއިން އިން ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ފްރާންސް އިން ކެޓަލޯނިއާގެ މިނިވަންކަން ގަބޫލު ނުކުރާނެ ކަމަށް ބުނެފައިވާއިރު މިއީ ކެޓަލޯނިއާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވާނެ ކަމެކެވެ.

ކެޓަލޯނިއާގެ މައްްސަލައާއި ގުޅޭ ގޮތުުން ޔޫރަޕިއަން އެފެއާޒް މިނިސްޓަރު ނަތަލި ލުއިޒިއައު ވިދާޅުވެފައި ވަނީ މައްސަލަ ހައްލު ކުރުމަށްޓަކައި ސްޕެއިންގެ މައި ސަރުކާރާ ކެޓަލޯނިއާ އިން މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް، އާންގާރަ ދުވަހު ރީޖަނަލް ޕާލަމަންޓުގައި ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވަން ވަނީ ހަމަޖެހިފައެވެ. ކެޓަލޯނިއާގެ ހައި ކޯޓުން ސްޕެއިންގެ ފުލުހުންނަށް އަންގާފައި ވަނީ ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ކެޓަލޯނިއާގެ މިިނިވަންކަން އިއުލާން ކުރާއިރު ހައި ކޯޓުގެ އިމާރާތުގެ ސަލާމަތި ކަންކަން އިތުރަށް ވަރުގަދަ ކޮށްދިނުމަށެވެ. މިހާރު ހައި ކޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ ލޯކަލް ޕޮލިސް އިންނެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ދާދިފަހުން ނެގި ވޯޓުގައި 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައިވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓް ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމްކޮރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ކެޓަލޯނިއާ، ސްޕެއިން އިން މިނިވަންވުމަށް ފެނޭތޯ ނެގި ވޯޓާއި ގުޅިގެން އެކަމާ ދެކޮޅަށް ސްޕެއިންގެ އެކި ސިޓީތަކަށް އެތައްހާސް ބަޔަކު ނިކުމެ ދަނީ އެއްވުންތައްވެސް ބާއްވަމުންނެވެ.

ސްޕެއިންގެ ކެޓަލޯނިއާ ސަރަހައްދަކީ 7.5 މިލިއަން މީހުންގެ އާބާދީގެ މައްޗަށް އެކުލެވޭ، ސްޕެއިން އަށް މުހިންމު ސަރަހައްދެކެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި
14 މެއި 2017

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު