Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ

ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ

ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ދެ ގްރޫޕެއްގެ ބައެއް ދަނީ ހަރަކާތްތެރިވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 7 އޮކްޓޯބަރު 2017 | ހޮނިހިރު 14:11
ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ގޮވާލާ ބޭއްވި މުޒާހަރާއެއް

ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ގޮވާލާ ބޭއްވި މުޒާހަރާއެއް

ކެޓަލޯނިއާ، ސްޕެއިން އިން މިނިވަންވުމަށް ފެނޭތޯ ނެގި ވޯޓާއި ގުޅިގެން އެކަމާ ދެކޮޅަށް ސްޕެއިންގެ އެކި ސިޓީތަކަށް އެތައްހާސް ބަޔަކު ނިކުމެއްޖެއެވެ.

އެެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި މެޑްރިޑްގެ މަގުތަކަށް އެތައް ބަޔަކު ނިކުމެ އަޑު އުފަލަމުންދާއިރު އެ މީހުން ދަނީ ސްޕެއިންގެ ދިދަ ހިފައިގެން ކެޓަލޯނިއާ، ސްޕެއިން އިން މިނިވަންވުމަށް ނެގިި ވޯޓާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އިތުރު ބަޔަކު ވެސް އެއްވުންތައް ބާއްވަމުންދާއިރު، އެމީހުންވެސް ކެޓަލޯނިއާ، ސްޕެއިން އިން މިނިވަންވުމާ ދެކޮޅެވެ. އެހެންނަމަވެސް އެމީހުން ބޭނުން ވަނީ ކެޓަލޯނިއާގެ މައްސަލަ މަޝްވަރާގެ ތެރެއިން ހައްލުކުރާށެވެ. އެ މީހުންގެ އެއްވުންތަކުގައި ބޭނުން ކުރަމުންދާ ޝިއާރަކީ "ޝެލް ވީ ޓޯކް؟" ނުވަތަ ވާހަކަ ދައްކަމާތޯ؟، މިއެވެ. މި އެއްވުންތައް އިންތިޒާމް ކުރާ ފަރާތްތަކުން ބުނަމުން ދަނީ އެ މީހުންގެ އެއްވުންތަކަށް ސްޕެއިންގެ ދިދަ އާއި އަދި ކެޓަލޯނިއާގެ ދިދަވެސް ނުގެނައުމަށެވެ. އަދި ހުދުކުލައިގެ ހެދުން އެއްވުންތަކަށް ބޭނުން ކުރުމަށެވެ.

ކެޓަލޯނިއާ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ދާދިފަހުން ނެގި ވޯޓުގައި 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައިވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓް ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމްކޮރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު