Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތުގެ އިންތިޚާބު

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

އާއްމު އިންތިޚާބު ތާވަލު ކުރެވިފައިވަނީ 2020 ށް

ރާއްޖެ އެމްވީ | 20 އެޕްރީލު 2017 | ބުރާސްފަތި 13:53
ބޮޑުވަޒީރު ތެރެސާ މޭ އެކަމަނާގެ ރަސްމީ އޮފީހުގެ ކުރިމަތީގައި މީޑިއާއާ ބައްދަލު ކުރައްވަނީ

ބޮޑުވަޒީރު ތެރެސާ މޭ އެކަމަނާގެ ރަސްމީ އޮފީހުގެ ކުރިމަތީގައި މީޑިއާއާ ބައްދަލު ކުރައްވަނީ

އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބު ތާވަލު ކުރެވިފައިވަނީ 2020 އަށެވެ. އެކަމަކު ކުރިއަށް އޮތް ހަ ހަފްތާގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަށް އިނގިރޭސި ބޮޑުވަޒީރު ބޭނުންފުޅުވީ ކީއްވެ ހެއްޔެވެ؟ ވެރިކަމުގައި ހުންނެވީ އެކަމަނާއެވެ. ވެރިކަން ކުރަނީ އެކަމަނާގެ ޕާޓީންނެވެ. އަވަސް އިންތިޚާބެއް ބޭއްވުމަށް ބޭނުންފުޅުވާ ކަން އިއުލާން ކުރައްވާ އިނގިރޭސި ޕާލިމެންޓުގެ ރުހުން އަވަސް އިންތިޚާބަށް ހޯއްދެވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީވެސް އެކަމަނާއެވެ. މިހާރު ޕާލިމެންޓުގެ ރުހުން ލިބި، އިންތިޚާބަށް އިނގިރޭސި ވިލާތް ދަނީ ތައްޔާރުވަމުންނެވެ.

އިނގިރޭސި ވިލާތުގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބޮޑުވަޒީރު މޭ ގެ މި ނިންވެމުމުގެ ފަހަތުގައި މުހިންމު އެތައް ސަބަބެއް ވެއެވެ.

ފުރަތަމަ ކަމަކީ، އިނގިރޭސި ވިލާތުގައި ބޮޑުވަޒީރު ތެރެސާ މޭ އަށް ވުރެ މަގްބޫލު އެހެން ސިޔާސީ ލީޑަރެއް ނެތް ކަން ޚިޔާލު ހޯދުމުގެ ވޯޓުތަކުން ކަށަވަރުވުމެވެ. ފާއިތުވެ ދިޔަ މަސްތަކުގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުގައި ތަކުރާރުކޮށް ނިކުމެފައިވަނީ ހަމަ އެއް ނަތީޖާއެކެވެ. މާދަމާ އިންތިޚާބެއް ބާއްވައިފިނަމަ ކާމިޔާބުވާނީ މޭ ގެ ކޮންޒަވަޓިވް ޕާޓީއަށް ކަމަށް އިނގިރޭސި ރައްޔިތުން ވަނީ ބުނެފައެވެ. މޭގެ ޕާޓީއާ އެންމެ ވާދަވެރި ލޭބަރ ޕާޓީއަށް ބަލާއިރު އެތައް ތަނަކުން ކުރީގައި އުޅެނީ ކޮންޒަވެޓިވް ޕާޓީއެވެ. މިފަދަ ނަތީޖާތައް ސާފުކޮށް ފެންނަން އޮތް އިރު އެކަމަނާ އަވަސް އިންތިޚާބަކަށް ވަޑައިގެން ތާޒާ މެންޑޭޓެއް ރައްޔިތުންގެ އަތުން ހޯއްދަވަން ނޫޅުއްވަންވީ ކީއްވެ ހެއްޔެވެ؟

އަނެއް ސަބަބަކީ، އިނގިރޭސިވިލާތުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ ހީނަރުވަމުން ނިކަމެތި ވަމުން ދިއުމެވެ. ޚިޔާލު ހޯދުމުގެ ވޯޓަކީ ކޮންމެ ގޮތަކަށްވެސް ނަތީޖާ ނުކުމެދާނެ ވޯޓެކެވެ. އެކަމަކު ލޭބާ ޕާޓީއަށް އޮތް ތާއީދު ރެކޯޑު މިންވަރަކަށް އިނގިރޭސިވިލާތުގައި ވަނީ ދަށަށް ގޮސްފައެވެ. "ޔޫގަވް" ގެ ހޯދުންތަކުން އެނގޭ ގޮތުގައި ލޭބާ ޕާޓިއަށް އިނގިރޭސިވިލާތުގެ ހަތަރު މީހަކުން އެކެއްގެ މިންވަރަށްވެސް މިހާރު ތާއީދެއް ނެތެވެ. ގޯޑްން ބްރައުންއާއި ޓޯނީ ބްލެއަރގެ ލީޑަރޝިޕްގައި 10 އަހަރު ދުވަހު ވެރިކަން ކުރި ލޭބަރ ޕާޓީގެ ހާލަތު ދުވަހަކުވެސް ދަށަށް ނުދާ މިންވަރަކަށް ދަށަށް ގޮސްފައިވާކަން މޭ އަށް އެނގިވަޑައިގަންނަވައެވެ. ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިންއަށް އޮތް އާއްމުންގެ ތާއީދު ވަރަށް ބޮޑަށް ކުޑައެވެ. ޔޫގަވް ސާވޭއިން ހާމަވާ ގޮތުގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ޖެރެމީ ކޯބިން އަށް ތާއީދު ކުރަނީ އެންމެ 14 އިން ސައްތަ މީހުންނެވެ.

ދެން އޮތް ސަބަބަކީ، ތެރެސާ މޭ ވެރިކަމަށް ވަޑައިގަތީ އާއްމު އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން ކަމުގައި ނުވުމެވެ. އިނގިރޭސި ވިލާތުން ވިލާތުގެ އިއްތިހާދުން ވަކި ވުމަށް ނެގި ވޯޓު އޭރު ހުންނެވި ކޮންޒަވެޓިވް ޕާޓީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އެދިވަޑައިގެންނެވި ގޮތައް ނަތީޖާ ނުނުކުތުމުން މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ކޮންޒަވެޓިވް ޕާޓީގެ ލީޑަރޝިޕަށް އައި ބަދަލާއެކު މޭ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީއެވެ. އެކަމަނާ ބޭނުންފުޅު ނަމަ 2015 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ކޮންޒަވެޓިވް ޕާޓީއަށް ލިބުނު ކާމިޔާބާއެކު 2020 އާ ހަމައަށް ބޮޑުވަޒީރު ކަމުގައި ހުންނެވިދާނެއެވެ. އެކަމަކު ތެރެސާ މޭ އަކީ އަދި އިންތިޚާބެއްގައި ވާދަ ކުރެއްވި ބޭފުޅަކަށް ނުވާއިރު، އިނގިރޭސި ވިލާތުން ވިލާތުގެ އިއްތިހާދުން ވަކިވުމާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމުގެ ޒިންމާ މޭ ނަންގަވަން ޖެހިވަޑައިގަންނަވާ އިރު، ގައުމުގެ އުފެދިފައިވާ ބައިބައިވުންތައް ނައްތާލައްވާ އެކަތިގަނޑަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެކަމަނާ އަށް އަމާޒުވާ އެންމެ ބޮޑު ފާޑު ކިޔުމަކީ ސީދާ އިންތިހާބަކުން ވެރިކަމަށް ވަޑައިގަނެފައި ނުވާތީ އެކަމަނާއަށް މުޅި އިނގިރޭސިވިލާތް ތަމްސީލު ނުކުރެއްވޭނެ ކަމަށް ބުނެ ކިޔާ ފާޑުތަކެވެ. އިންތިޚާބަށް ފަހު އެ ގޮތުން ކިޔާ ފާޑު ކިޔުންތަކަށް ނިމުމެއް އަންނާނެއެވެ.

މިއަހަރު އިންތިޚާބެއް ބާއްވައިފިނަމަ އިނގިރޭސިވިލާތުގައި ދެން އިންތިޚާބެއް ބާއްވަންޖެހޭނީ 2022 ގައެވެ. އިނގިރޭސިވިލާތުގައި އާންމު އިންތިޚާބު ބާއްވަން ޖެހެނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. މިހާރު އޮތް ގޮތުން 2020 ގައި އިންތިޚާބު އޮންނަ ނަމަ ގައުމަށް ދަތި ތަކާ ކުރިމަތިވާނެއެވެ. އެއީ ރަސްމީ ގޮތުން ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް މުޅިން ބޭރުވާނީ 2019 ގައި ކަމަށް ވުމާއެކު އެ ދުވަސް ވަރު އިންތިޚާބަކާ ކުރިމަތި ލުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް ނުވާތީއެވެ. މިއަހަރު އިންތިޚާބެއް ބޭއްވުމުން ދެން އިންތިޚާބެއް އޮންނާނީ 2022 ގައި ކަމަށް ވުމާއެކު އިއްތިހާދުން ބޭރުވުމުގެ ކަންކަން މާ އޮމާން ކޮށް އޭރުން ގެންދެވޭނެ ކަމަށް ގަބޫލު ކުރެވެއެވެ.

ތެރެސާ މޭ ބޭނުންފުޅުވަނީ ޔުނައިޓެޑް ކިންގްޑަމް ޔުނައިޓެޑް ގައުމެއްގެ ގޮތުގައި އޮތުމަށެވެ. އެކަމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޮޓްލޭންޑް އިނގިރޭސިވިލާތާ ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް ކުރަމުންދާ މަސައްކަތެވެ. އިނގިރޭސި ޕާލިމެންޓުގެ ސްކޮޓްލޭންޑްގެ ގޮނޑިތައް ފުރަމުން ގެންދާ ސްކޮޓިޝް ނެޝަނަލް ޕާޓީއަށް އާއްމު އިންތިޚާބުގައި ނާކާމިޔާބު ވެއްޖެ ނަމަ ސްކޮޓްލެންޑް އިނގިރޭސިވިލާތުން ވަކިވުމަކަށް ކުރަމުންދާ މަސައްކަތައް ދަތިތަކެއް ކުރިމަތިވާނެއެވެ. ސްކޮޓްލޭންޑް އިނގިރޭސި ވިލާތުން ވަކިވުމަކީ މޭ ބޭނުންފުޅުވާ ކަމެއް ނޫނެވެ. އަވަސް އިންތިޚާބެއްގެ ތެރެއިން މޭ ޓެސްޓް ކުރައްވަން ބޭނުންފުޅުވާ އަނެއް ކަމަކީ މިއީ ކަމަށްވުން އެކަށީގެންވެއެވެ.

ކުރު ގޮތަކަށް ދަންނަވާނަމަ، ސިޔާސީ ގޮތުން ބޮޑުވަޒީރު މޭ އަށް ލިބިވަޑައިގެންފައިވާ ޔަގީންކަން، އަވަސް އިންތިޚާބެއްގެ ތެރެއިން ޓެސްޓް ކޮށްލަންވަން ބޭނުންފުޅުވަނީއެވެ. އެއާއެކު އެކަމަނާ އެދިވަޑައިގަންނަވާ ސިޔާސީ މިސްރާބައް އިނގިރޭސި ވިލާތް ގެންދަވަން އެތައް ތަނަކުން ފަސޭހަ ވެގެން ދާނެއަތީ، އަވަސް އިންތިޚާބެއް ބާއްވަވަން އެކަމަނާ ބޭނުންފުޅުވީއެވެ.

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބު އޮންނާނީ ޖޫން މަހުގެ ތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު