Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާގެ މިނިވަންކަން

ކެޓަލޯނިއާގެ މިނިވަންކަން: ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ބާސެލޯނާގައި ބޮޑު އެއްވުމެއް

9 އޮކްޓޯބަރު 2017 | ހޯމަ 00:42

އެއްވުމުގައި 350،000 މީހުން ބައިވެރިވި ކަމަށް ބުނޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 އޮކްޓޯބަރު 2017 | ހޯމަ 00:42
އެއްވުމުގައި 350،000 އެއްހާ މީހުން ބައިވެރިވެފައިވާކަމަށް ފުލުހުން ބުނާއިރު އެއްވުން އިންތިޒާމް ކުރި ފަރާތުން ބުނަނީ އެއްވުމުގައި 950،000 މީހުން ބައިވެރިވެފައިވާކަމަށް

އެއްވުމުގައި 350،000 އެއްހާ މީހުން ބައިވެރިވެފައިވާކަމަށް ފުލުހުން ބުނާއިރު އެއްވުން އިންތިޒާމް ކުރި ފަރާތުން ބުނަނީ އެއްވުމުގައި 950،000 މީހުން ބައިވެރިވެފައިވާކަމަށް

ކެޓަލޯނިއާ ސްޕެއިންއިން ވަކިވެ މިނިވަން ދައުލަތެއް ގާއިމް ކުރުމާ ދެކޮޅަށް ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާގައި މަދުވެގެން 350،000 މީހުން އެއްވެ ހިނގާލުމެއް ބާއްވަފައިއެވެ.

ސްޕެއިން އަދި ކެޓަލޯނިއާގެ ދިދަ ވިހުރުވާފައިވާއިރު އެމީހުންވަނީ "ޓުގެދަރ ވީ އާ ސްޓްރޯންގަރ" އަދި "ކެޓަލޯނިއާ އަކީ ސްޕެއިން"ކަމަށް ޖަހާފައިވާ ބެނާތައް ބޭނުންކޮށްފައެވެ.

މިއީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވުނު ޚިޔާލު ތަފާތުވެފައިވާ, ފެންނަ ނުފެންނަ ވޯޓަށްފަހު ކެޓަލޯނިއާގައި ބޭއްވި މިފަދަ އެންމެ ބޮޑު އެއްވުމެވެ.

ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަހޮއި ވަނީ ކެޓަލޯނިއާ ވަކިވުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ތަންފީޒު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިބާވަތުގެ އެތައް ރެލީތަކެއް ހޮނިހިރު ދުވަހުވަ ސްޕެއިންގެ އެކިކަންކޮޅުތަކުގައިވަނީ ބާއްވާފައެވެ.

އިރުއުތުރުގެ މުއްސަނދި ސަރަހައްދެއްކަމަށްވާ ކެޓަލޯނިއާގައި ނެގުނު ފެންނަ ނުފެންނަ ވޯޓްގެ ރަސްމީ ނަތީޖާ ބުނާގޮތުން 2.3 މިލިއަން މީހުންގެ 90 އިންސައްތަ މީހުންވަނީ މިނިވަން ވަކި ދައުލަތެއް އުފެއްދުމަށް އާނބަސް ބުނެފައެވެ. ވޯޓްލުމަށް ނުކުމެފައިވަނީ 43 އިންސައްތަ މީހުންނެވެ.

ވޯޓްގައި ފުށުއެރުންތައް ހުރިކަމަށްބުނެ އެތައް މައްސަލަތެއް ވަނީ ފެންމަތިވެފައެވެ. އަދި ވޯޓް ލީ ދުވަހު ފުލުހުންވަނީ އެތައް ވޯޓްފޮށިތަކެއް އަތުލައިގެން ގެންގޮސްފައެވެ.

ވޯޓަކީ ޣައިރު ގާނޫނީ ވޯޓެއް ކަމަށް ސްޕެއިންގެ ދުސްތޫރީ ކޯޓުން ކަނޑައެޅުމުން ވޯޓް ނެގިޔަ ނުދިނުމަށް ފުލުހުން ކުރި މަސައްކަތުގައި 900 އެއްހާ މީހުންވަނީ ޒަޚަމްވެފައެވެ.

ފުލުހުންގެ 33 މީހަކުވެސް ވަނީ ޒަޚަމްވެފައެވެ.

އާދީއްތަ ދުވަހު ބާސެލޯނާގައި ބޭއްވި އެއްވުމުގައި 350،000 އެއްހާ މީހުން ބައިވެރިވެފައިވާކަމަށް ފުލުހުން ބުނާއިރު އެއްވުން އިންތިޒާމް ކުރި ފަރާތުން ބުނަނީ އެއްވުމުގައި 950،000 މީހުން ބައިވެރިވެފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް