Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާގެ މިނިވަންކަން

ކެޓަލޯނިއާގެ ވޯޓް: ވަކި ދައުލަތެއް އުފައްދަން އަޣުލަބިއްޔަތު ތާއީދު

90 އިންސައްތަ މީހުން ވޯޓްލާފައިވަނީ މިނިވަންވުމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2017 | ހޯމަ 05:49
90 އިންސައްތަ މީހުން ވޯޓްލާފައި ވަނީ މިނިވަންވުމަށް

90 އިންސައްތަ މީހުން ވޯޓްލާފައި ވަނީ މިނިވަންވުމަށް

ސްޕެއިންއިން ކެޓަލޯނިއާ ވަކިވެ ވަކި ދައުލަތެއް ގާއިމް ކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓް ކާމިޔާބުވެއްޖެ ކަމަށް ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑިމޮންޓް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިނިވަން ވަކި ދައުލަތެއް އިއުލާނު ކުރުމުގެ ދޮރު ހުޅުވިއްޖެ ކަމަށެވެ.

ކެޓަލަންގެ އޮފިޝަލުން ވިދާޅުވީ އާދީއްތަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓްގައި 90 ޕަސެންޓް މީހުން މިނިވަން ވަކި ދައުލަތެއް ގާއިމް ކުރުމަށް ތާއީދުކޮށް ވޯޓް ދީފައިވާ ކަމަށެވެ.

ވޯޓް ލުމަށް ނުކުމެފައި ވަނީ 42.3 ޕަސެންޓް މީހުންެނެވެ.

ސްޕެއިންގެ ދުސްތޫރީ ކޯޓުން މި ވޯޓަކީ ޣައިރުގާނޫނީ ވޯޓެއް ކަމަށް ކަނޑައަޅާފައިވާއިރު ވޯޓް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރުުމުން އެތައް ސަތޭކަ މީހުން ވަނީ ޒަޚަމްވެފައެވެ.

ފުލުހުންވަނީ ވޯޓް ކަރުދާހާ ވޯޓްލާ މަރުކަޒުތަކުގައި ހުރި ވޯޓް ފޮށިތައް ވެސް ދަމައިގެންފައެވެ.

"ދަތިކަން ތަހައްމަލް ކުރަންޖެހުނު އަދި އުއްމީދުގެ މި ދުވަހު ކެޓަލޯނިއާގެ ރައްޔިތުން ވަނީ ޖުމްހޫރީ ދައުލަތެއްގެ ގޮތުގައި މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ހައްގު ލިބިގެންފަ" ކެޓަލޯނިއާގެ އިތުރު ލީޑަރުންނާ ވެސް އެކުގައި ހުންނަވައި ޓީވީ މެެދެވެރިކޮށް ދެއްވި ތަގުރީރެއްގައި ޕުޖްމޮންޓް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިޔަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ވޯޓްގެ ނަތީޖާ ކެޓަލޯނިއާގެ ޤާނޫނުހަދާ މަޖިލީހަށް ފޮނުވާނެ ކަމަށާއި އޭރުން ފެންނަ ނުފެންނަ ވޯޓުން ކަނޑައެޅި ނަތީޖާއާ އެއްގަޮތަށް ގާނޫނީ ގޮތުން މަސައްކަތްކުރެވޭނެ ކަމަށެވެ.

ވޯޓް ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ.

ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމްކޮރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

މިނިވަންކަމަށް ތާއީދުކުރި ފަރާތްތަކުން ވަނީ ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާގެ މެދުތެރެއަށް އާދީއްތަ ދުވަހު ހަވީރު އެއްވެ ދިދަ ވިހުރުވައި ކެޓަލޯނިއާގެ ގައުމީ ސަލާން ކިޔާފައެވެ.

މިނިވަންކަމާ ދެކޮޅު ފަރާތްތަކުން ވެސް ވަނީ ބާސެލޯނާއާ ސްޕެއިިންގެ އެހެން ސިޓީތަކުގައި ވެސް އެއްވުއްތައް ބާއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

07 ޖޫން 2017
އެފްބީއައިގެ ކުރީގެ ޑިރެކްޓަރަކީ "ގަމާރެއް"، ވަކިކުރެވުނީތީ ބޮލަށް ފަސޭހަ: ޓްރަމްޕް

އެފްބީއައިގެ ކުރީގެ ޑިރެކްޓަރަކީ "ގަމާރެއް"، ވަކިކުރެވުނީތީ ބޮލަށް ފަސޭހަ: ޓްރަމްޕް

20 މެއި 2017
އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި

އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި

10 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު