Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާގެ މިނިވަންކަން

ރައްޔިތުންނަށް އިހުމާލުވެފައިވާކަމަށް ބުނެ ކެޓަލޯނިއާގެ ލީޑަރު ރަސްގެފާނަށް ފާޑުވިދާޅުވެއްޖެ

ފެންނަ ނުފެންނަ ވޯޓްގައި 90 ޕަސެންޓް މީހުން މިނިވަން ވަކި ދައުލަތެއް ގާއިމް ކުރުމަށް ތާއީދުކުރި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 04:52
ރަސްގެފާނު ފެލިއްޕޭ ހަވަނަ(ކ) އަދި ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑިމޮންޓް

ރަސްގެފާނު ފެލިއްޕޭ ހަވަނަ(ކ) އަދި ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑިމޮންޓް

އެތައް މިލިއަން މީހުންނާމެދު ގަސްތުގައި އިހުމާލުވި ކަމަށް" ވިދާޅުވެ ސްޕެއިންގެ ރަސްގެފާނު ފެލިޕޭ ހަވަނަ އަށް ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑިމޮންޓް ފާޑު ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ޕުޖްޑިމޮންޓް ވަނީ ސްޕެއިން ސަރުކާރުގެ ނިންމުން ރަސްގެފާނު ބަލައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

" މި ދަނޑިވަޅު ގޮވަނީ މެދުވެރިއަކަށް" އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ކެޓަލޯނިއާއަށް އަންނަ ހަފްތާގައި މިނިވަންކަން އިއުލާނު ކުރެވޭނެކަމުގެ އިޝާރާތެއް ދެއްވާފައެވެ.

އަންގާރަ ދުވަހު ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބް ކުރައްވާ ރަސްގެފާނު ފެލިޕޭ ވަނީ އާދީއްތަ ދުވަހު ކެޓަލޯނިއާގައި ނެގި ފެންނަ ނުފެންނަ ވޯޓަކީ ޣައިރު ގާނޫނީ އަދި ޑިމޮކްރެސީއާ ބީރަށްޓެހި ވޯޓެއްކަމަށް ވިދާޅުވެފައެވެ.

އޭގެ ސައުވީސް ގަޑިއިރު ފަހުން ޕުޖްޑިމޮންޓް ވަނީ ގާނޫނު އަސާސީން ރަސްގެފާނާ މަތިކޮށްފައިވާ ގޮތުގެ މަތިން މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް އެ މަނިކުފާނު ދެކޮޅު ހައްދަވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ކެޓަލޯނިއާގެ ލީޑަރަށް ރައްދު ދެއްވަމުން މެޑްރިޑްގެ ސަރުކާރުން ބުނެފައިވަނީ "ބްލެކް މެއިލް"ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.

އެއްވެސް މަޝްވަރާއެއް ކުރުމުގެ ކުރިން ގާނޫނުގެ މަގަށް ޕުޖްޑިމޮންޓް ރުޖޫއަ ވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ސްޕެއިން ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.

ރަސްގެފާނަށް އޭނާ ފާޑުކިއުމުން ދައްކުވައި ދެނީ"ހަގީގަތާ ދުރުގައި އޭނާ ހުންނެވި ވަރު"ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަންގާރަ ދުވަހު ބީބީސިއަށް ދެއްވި އިންޓަވިއުއެއްގައި ޕުޖްޑިމޮންޓް ވަނީ "މި ހަފްތާ ނިމޭއިރު ނޫނީ އަންނަ ހަފާތާގެ ކުރީކޮޅު"މިނިވަންކަން އިއުލާނު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކެޓަލޯނިއާގެ ސަރުކާރުންވަނީ ފެންނަ ނުފެންނަ ވޯޓުން ނުކުތް ނަތީޖާއާމެދު މަޝްވަރާކުރުމަށް ގާނޫނުހަދާ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް އޮންނާނެ ކަމަށް ބުނެފައެވެ.

ކެޓަލަންގެ އޮފިޝަލުން ވިދާޅުވީ އާދީއްތަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓްގައި 90 ޕަސެންޓް މީހުން މިނިވަން ވަކި ދައުލަތެއް ގާއިމް ކުރުމަށް ތާއީދުކޮށް ވޯޓް ދީފައިވާ ކަމަށެވެ.

ވޯޓް ލުމަށް ނުކުމެފައި ވަނީ 42.3 ޕަސެންޓް މީހުންެނެވެ.

ސްޕެއިންގެ ދުސްތޫރީ ކޯޓުން މި ވޯޓަކީ ޣައިރުގާނޫނީ ވޯޓެއް ކަމަށް ކަނޑައަޅާފައިވާއިރު ވޯޓް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރުުމުން އެތައް ސަތޭކަ މީހުން ވަނީ ޒަޚަމްވެފައެވެ.

ފުލުހުންވަނީ ވޯޓް ކަރުދާހާ ވޯޓްލާ މަރުކަޒުތަކުގައި ހުރި ވޯޓް ފޮށިތައް ވެސް ދަމައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު