Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާގެ މިނިވަންކަން

ކެޓަލޯނިއާގެ މިނިވަންކަން އިޢުލާން ކުރުން ފަސްކޮށްފި

10 އޮކްޓޯބަރު 2017 | އަންގާރަ 19:50

މިނިވަންކަން އިޢުލާން ކުރުން ފަސްކުރިކަން އިޢުލާން ކުރީ ކެޓަލޯނިއާގެ ލީޑަރު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 10 އޮކްޓޯބަރު 2017 | އަންގާރަ 19:50
ކެޓަލޯނިއާ ސަރުކާރުގެ ރައީސް ކާލްސް ޕުއިޖްޑެމޮން، އަންގާރަ ދުވަހު ބޭއްވި ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމަށް ވަދެވަޑައިގަންނަވަނީ

ކެޓަލޯނިއާ ސަރުކާރުގެ ރައީސް ކާލްސް ޕުއިޖްޑެމޮން، އަންގާރަ ދުވަހު ބޭއްވި ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމަށް ވަދެވަޑައިގަންނަވަނީ

ކެޓަލޯނިއާގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަށްފަހު، ކެޓަލޯނިއާގެ ސަރަޙައްދީ ޕާލިމަންޓްގައި އެކަމާއިމެދު ގޮތެއް ނިންމުން ފަސްކޮށްފި އެވެ.

އެމައްސަލާގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ރައީސް ކާލްސް ޕުއިޖްޑެމޮން ވިދާޅުވީ، ކެޓަލޯނިއާގެ ރައްޔިތުން ނިންމީ ސްޕެއިންގެ މައި ސަރުކާރުގެ ކިބައިން މިނިވަންވާން ކަމަށާއި، އެހެންނަމަވެސް އޭނާ ބޭނުންވަނީ ސްޕެއިންގެ މައި ސަރުކާރާއެކު މަޝްވަރާކޮށް، އެމައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމަށް ކަމަށެވެ.

އަދި މަޝްވަރާތަކަށް ވަގުތު ދިނުމުގެ ގޮތުން، އެކަމާއި މެދު ގޮތެއް ނިންމުން ފަސްކޮށްދިނުމަށް ކެޓަލޯނިއާގެ ސަރަޙައްދީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.

ކެޓަލޯނިއާގެ މިނިވަންކަމާއިމެދު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި މީހުންގެ 90 އިންސައްތަ މިނިވަންކަމަށް ތާއީދުކޮށްފައިވާ ކަމަށް ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުން ބުނެ އެވެ.

އެހެންނަމަވެސް ސްޕެއިންގެ މައި ސަރުކާރުން އެވޯޓަކީ ސައްހަ ވޯޓެއް ކަމަށް ގަބޫލެއް ނުކުރެއެވެ. މީގެ އިތުރުން ސްޕެއިންގެ ދުސްތޫރީ ކޯޓުން ވަނީ އެވޯޓު ސަސްޕެންޑް ކުރުމަށް އަމުރުކޮށްފަ އެވެ.

ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާ ވަކިވުމަށް ތާއީދު ނުކުރާ ކެޓަލޯނިއާގެ ރައްޔިތުން ބޯއިކޮޓް ކުރި މި ވޯޓުގައި ބައިވެރިވެފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 43 ސައްތަ އެވެ. އަދި ވޯޓުގައި ހަމަނުޖެހޭ ކަންކަން ހުރި ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓް ކުރެއެވެ.

މިވޯޓާއި ގުޅިގެން ގިނަ ބަޔަކު ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާގެ މަގުތަކަށް ނިކުމެ އިހްތިޖާޖް ކުރިއިރު، ވޯޓު ލީ ދުވަހު ސްޕެއިންގެ ފުލުހުން ނިކުމެ ވޯޓަށް ހުރަސް އެޅުމަށް ވޯޓުލާ ބައެއް މަރުކަޒުތައް ބަންދުކޮށްފައިވެއެވެ. މީގެ އިތުރުން އިހްތިޖާޖަށް ނިކުތް އާއްމުންނާއި ފުލުހުން ކުރިމަތިލައި، ބައެއް މީހުން ހައްޔަރުކޮށް، ބައެއް ފަރާތްތަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ކެޓަލަން ޕާލިމަންޓްގެ ބައްދަލުވުމުގައި ޕުއިޖްޑެމޮން ވިދާޅުވީ، ކެޓަލޯނިއާގެ ރައްޔިތުންގެ ނިންމުމަކީ މެޑްރިޑްގެ ސަރުކާރުގެ ކިބައިން މިނިވަންވުން ކަމަށާއި، އެހެންނަމަވެސް މިމައްސަލާގެ ސަބަބުން ހޫނުވެފައިވާ މަޝްރަޚް ފިނިކުރުމަށް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ކެޓަލޯނިއާގެ މިނިވަން ކަމަށް ކުރާ މަސައްކަތަށް ތާއީދުކޮށް، އެކަމާއި ދެކޮޅަށް ސްޕެއިންގެ މައި ސަރުކާރުގެ އަމަލުތައް ބެހެއްޓި ގޮތް ކުށްވެރި ކުރައްވާފައެވެ، އަދި މިމައްސަލާގައި ދެން ވާނެ ގޮތަކާއި މެދު ކެޓަލޯނިއާގެ ރައްޔިތުންނާއި ސްޕެއިންގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ގަބޫލް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެޓަލޯނިއާ އަކީވެސް މުޖުތަމައުގެ އެއް ބައެއް ކަމަށާއި، އެންމެން އެކުގައި ކުރިއަށް ދާން ޖެހޭ ކަމަށެވެ. އަދި ކުރިއަށް ދެވޭނެ ހަމައެކަނި މަގަކީ ޑިމޮކްރެސީ އަދި ސުލްހައިގެ މަގު ކަމަށް އޭނާ ވިދާޅުވި އެވެ.

ކެޓަލޯނިއާގެ ޕާލިމަންޓްގެ ބައްދަލުވުން ކުރިއަށް ދިޔައިރު، ސްޕެއިންގެ ފުލުހުން ވަނީ އެސަރަހައްދު އާއްމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. ޕާލިމަންޓްގެ ބައްދަލުވުން ކުރިއަށް ދިޔައިރު، މިނިވަން ކަމަށް ތާޢީދު ކުރާ އެތައް ބަޔަކު ވަނީ ބާސެލޯނާގައި މުޒާހަރާކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
31 މެއި 2017

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް
23 މެއި 2017

ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

23 މެއި 2017
ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި
02 މެއި 2017

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

02 މެއި 2017
އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ
18 އެޕްރީލު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

18 އެޕްރީލު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
22 މާރިޗު 2017

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް