Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅުދުއްފުށި އެއާޕޯޓް

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

މީގެ ކުރިން އީއައިއޭ ރިޕޯޓާއިމެދު ގޮތެއް ނިންމަނީ އީޕީއޭއިން، މިނިސްޓަރެއް ނޫން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 21:17
ކުޅުދުއްފުށީ ޗަސްބިން. އެއަރޕޯޓް ހެދުމަށް މިބިންތައް ހިއްކުމުން ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ

ކުޅުދުއްފުށީ ޗަސްބިން. އެއަރޕޯޓް ހެދުމަށް މިބިންތައް ހިއްކުމުން ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ

ކުޅުދުއްފުށީ އެއަރޕޯޓް ޕްރޮޖެކްޓާއި ގުޅޭގޮތުން ނެރުނު އީއައިއޭ ރިޕޯޓް ނެރުމާއިއެކު އެންމެންވެސް ހީކޮށްގެން ތިބީ މިމައްސަލައިގައި ސަރުކާރުންނާއި ކަމާއި ބެހޭ އެހެން ފަރާތްތަކުން މަޝްވަރާތަކެއްކޮށް، ހުރި ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކުއްލިއަކަށް އިވިގެން ދިޔައީ އީއައިއޭ ރިޕޯޓް ކޮންމެ ގޮތަކަށް އޮތްނަމަވެސް އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ހުއްދަ ދެއްވިތަނެވެ.

މިހާ ހިސާބުން 900 އަހަރަށްވުރެ ގިނަ ދުވަސްވީ ކުޅުދުއްފުށީގެ ކުޅީގެ ވާހަކަޔަށް ނިމުމެއް އައީކަން ކަށަވަރުވީއެވެ. އެތަކެއް ޖީލުތަކެއްގެ ހަނދާންތަކާއި ގުޅިފައިވާ ކުޅިއާއި ކަނޑޫފާތައް ނެތިގެންދަނީއެވެ. މިކުޅިއަކީ ކުޅުދުއްފުށީގެ ތާރީޚާއި، އެރަށުގެ ޤުދުރަތީ ރައްކާތެރިކަމާއި އެކަނި ގުޅިފައިވާ ކުޅިއެއް ނޫނެވެ. މިއީ ރާއްޖެއަށް ހިޖުރަކުރާ އެތަކެއް ދޫންޏަކާއި، ހިމާޔަތްކޮށްފައިވާ ބައެއް ބާވަތްތަކުގެ ދޫނިތައް ދިރިއުޅޭ މާހައުލެވެ. އެސޮރުމެންގެ ޤުދުރަތީ މާހައުލު މިހަލާކުކޮށްލަނީ ވިސްނުމެއް ނެތި މީހަކަށް ވޯޓުކޮޅެއްގެ ބޭނުމުގައި ދެއްކުނު ވާހަކައެއްގެ ސަބަބުންނެވެ. މިކުޅި ހިމެނޭ ސަރަހައްދުގައި ހެދިފައިވާ ކަނޑޫފާތަކަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެކެވެ. ރާއްޖެ ބަލައިގަންނާނެ ޖަމާޢަތެއް ނެތް މިދަނޑިވަޅުގައި ރާޖެ ބަލައިގަންނަ ކުދި ޖަޒީރާ ޤައުމުތަކަށްވެސް ރާއްޖެއިން މިދެނީ ކޮން ކަހަލަ މެސެޖެއްތޯއެވެ؟ ރާއްޖޭގައި ބަޔޯޑައިވަރސިޓީގެ ގޮތުން އެންމެ މުއްސަނދި އެއް ސަރަހައްދު ހަލާކުކޮށްލުމަށް އަވަސް އަރުވާލައިގެން މިނިސްޓަރ ތޯރިޤް އިބްރާހިމް ހުއްދަ ދެއްވުމަށްފަހު، ޕޯޑިއަމްތަކަށް އަރާވަޑައިގެން ތިމާވެއްޓޭ ވިދާޅުވާން ލަދުފުޅު ގަންނަން ޖެހޭނެއެވެ.

އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓް ޕްރޮޖެކްޓްގެ އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް އެޕްރޫވްކޮށް، މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަޒީރު 'ގޯ އަހެޑް' ދެއްވުމުން އެކަމުގައި ސުވާލުތަކެއް އުފެދެއެވެ. އީޕީއޭގެ އުޞޫލުތައް އޮންނަ ގޮތުން، މިއަދާއި ހަމަޔަށްވެސް އީއައިއޭ ރިޕޯރޓްތަކާއި ބެހޭ ގޮތުން ގޮތް ނިންމައި، މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުއްދަ ދެނީ އީޕީއޭއިންނެވެ. 2012ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ 'ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ޤަވާއިދު'ގެ ދަށުން އަމަލުކުރަމުން އަންނަނީ މި އުޞޫލުންނެވެ. އެހެން ނަމަވެސް މިއަދު ކުއްލިއަކަށް އީއައިއޭ ރިޕޯރޓެއް އެޕްރޫވްކުރުމުގެ މަސައްކަތާއި އިއްޒަތްތެރި ވަޒީރު ހަވާލުވެވަޑައިގެންނެވީއެވެ. މިއީކީ ހައިރާން ނުވާންވީ ކަމެއްވެސް ނޫނެވެ. ކޮމިޝަންތަކުގެ މެމްބަރުން ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކުގެ ގޮނޑިތައް އަތުރަން އުޅުއްވާއިރު، ވަޒީރަކު މިފަދަ މަސައްކަތްތަކަށް އެޕްރޫވަލް ދެއްވުން ދެން މައްސަލައެއް ނޫންކަމަށް ހަދަމާތޯއެވެ؟ ހައްތަހާވެސް ސިޔާސީ ކަންކަމެވެ.

ދެން އޮތީ އަނެއްކާވެސް ޤަވާޢިދާއި ޚިލާފަށް މިކަމުގައި ސަރުކާރުން ހިންގާފައިވާ ކަންކަމެވެ. ކުރިން މިދެންނެވި 'ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ޤަވާއިދު'ގެ 13ވަނަ މާއްދާގެ (ނ)ގައި ބުނާގޮތުން އީއައިއޭ ރިޕޯޓް ނެރުމަށްފަހު ކަމާއި ބެހޭ ފަރާތްތަކުން އެއަށް ޚިޔާލު ހުށަހަޅަން 5 ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ކަމާއި ބެހޭ ފަރާތްތަކުން ހުށަހަޅާ ކަންކަމަށް، ރިޕޯޓާއިމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަން ޖެހެއެވެ.

އަދި މި މާއްދާގެ (ރ)ގައި ބުނާ ގޮތުން އާއްމުންނަށް މި ރިޕޯޓަށް ޚިޔާލު ހުށަހެޅުމަށް 10 ދުވަސް ދޭން ޖެހޭނެއެވެ. މި ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލައެވެ. މިދިޔަ އަންގާރަ ދުވަހު ނެރުނު 235 ވަރަކަށް ސަފްހާގެ އިލްމީ ރިޕޯޓެއް ދިރާސާކޮށް އެއަށް ޚިޔާލު ހުށަހަޅަން ވަގުތު ލިބުނީ ކޮން އިދާރާއަކަށް ނުވަތަ ކޮން ފަރުދަކަށްތޯއެވެ؟

2012ވަނަ އަހަރު އެކުލަވާލެވުނު މި ޤަވާޢިދު ތަންފީޒުކުރަމުން އަންނަނީ ޤަވާޢިދުގެ 5ވަނަ މާއްދާގެ ދަށުން އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީއިންނެވެ. އަދި މިއަދާއި ހަމަޔަށް އަމަލުކުރަމުން އަންނަނީ މިއުޞޫލުންނެވެ. އީއައިއޭ ރިޕޯޓާއިމެދު ގޮތެއް ނިންމުން އީޕީއޭގެ ބެލުމުގެ ދަށުގައި އޮންނަ މައިގަނޑު އެއް ސަބަބަކީ އީއައިއޭ ރިޕޯޓަކަށް ރިޢާޔަތްކޮށް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދިޔުމަށް އީޕީއޭއިން އަންގައިފިނަމަ، އެމައްސަލަ އިސްތިއުނާފަށް ހުށަހެޅޭނީ މިނިސްޓަރަށް ކަމަށްވާތީއެވެ.

ޤަވާއިދުގެ 15ވަނަ މާއްދާގެ ދަށުން އީއައިއޭ ރިޕޯޓާއިމެދު ނިންމި ގޮތެއް، ނިންމުން ނިންމަތާ 10 ދުވަސްތެރޭ، މިނިސްޓަރަށް އެޑްރެސްކޮށް އިސްތިއުނާފަށް ހުށަހެޅޭނެއެވެ. އެހެން ނަމަވެސް މިއަދު ފެނިގެން ދިޔައީ މިނިސްޓަރ އެ ނިންމެވުން ނިންމެވިތަނެވެ. ދެން އިސްތިއުނާފަށް ހުށަހަޅާނީ ކާކަށްތޯއެވެ؟ ތިމާވެއްޓަށް ބޮޑު ގެއްލުމެއްދޭއިރު، އެގެއްލުމުން ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރަން ދާނީ ދެން މިވީގޮތުން ކާކުގެ އަރިހަށްތޯއެވެ؟ ހުކުމް އެއިއްވީ މިމައްސަލައިގެ އެންމެ އިސް ފަނޑިޔާރެވެ. މިނިސްޓަރ ތޯރިޤް ކުޅުދުއްފުށި އެއަރޕޯޓްގެ އީއައިއޭ ރިޕޯޓާއިމެދު ޕޮޒިޓިވް ޖަވާބެއް ދެއްވައި، މަސައްކަތް ކުރިއަށް ގެންދަން އާނ ބަސް ދެއްވީ އީޕީއޭއިން އެރިޕޯޓަށް ދެކޮޅު ހަދާފާނެތީކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ.

ދެން އޮތީ އެކަން ކުރެއްވި ގަޑިއެވެ. ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެން ދައުލަތުގެ ވުޒާރާތަކާއި އޮފީސްތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ރަސްމީ ގަޑި ނިމޭ އިރަށް އޮފީސްތައް ބަންދުކުރަން އަންގައި ސަރކިއުލަރތަކާއި އެއްޗެހި ނެރެފައިވަނިކޮށް ހަފްތާ ބަންދާއި ދިމާވާ ގޮތަށް ބުރާސްފަތި ދުވަހު އޮފީސް ބަންދުކޮށްފައި ހުންނަން ޖެހޭ ވަގުތެއްގައި ވަޒީރު މަނިކުފާނު އޮފީސް ހުޅުއްވައިގެން މިފަދަ ކަމެއް ކުރައްވާނީ އެކަމުގެ އަޑީގައި ކޮންމެވެސް ސިއްރުތަކެއް ހުރީމައެވެ. އެހެން ނޫންކަމަށް މި އީއައިއޭ ރިޕޯޓަށް ބަހެއް ބުނަން މީހުންނަށް ފުރުސަތުދީ އަންނަ ހަފްތާގައި ރިޕޯޓާއިމެދު ގޮތެއް ނިންމަވަން މަޑުކުރައްވަންވީ ނޫންތޯއެވެ؟ ހަމަ މިއަދު އޮފީސް ބަންދުކުރަން ޖެހޭ ގަޑިއެއްގައި އެކަން ކުރަން ޖެހޭތޯއެވެ؟ ގައިމު ތި މަހާ ޖައްރާފެއް މަސައްކަތަށް ތައްޔާރުކުރަން އަދި މަދުވެގެން ހަފްތާއެއް ނަގާނެއެވެ. އެޔަށް އެހެން މަސައްކަތެއް ކުރަން ގައިމު ތަނަކުން ކޯލެއް އެއްޗެއްވެސް ހަގީގަތުގައި އައީކީއެއްވެސް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ކުޅި ހިއްކައިފި ނަމަ ރަށުގައި ފެން ބޮޑުވެ ފެން ލޮނުވެދާނެ!

ކުޅުދުއްފުށީ ކުޅި ހިއްކައިފި ނަމަ ރަށުގައި ފެން ބޮޑުވެ ފެން ލޮނުވެދާނެ!

24 އޮކްޓޯބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017
ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ

ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ

21 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު