Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނީފުގެ މަރު

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

މީގެ ކުރިންވެސް އެ ސަރަހައްދުގައި ހަތަރުމީހުން މަރުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2017 | ހޯމަ 02:36
ހަނީފާއި އޭނާގެ އަންހެނުން ލަބީނާ

ހަނީފާއި އޭނާގެ އަންހެނުން ލަބީނާ

މިދިޔަ ބުދަ ދުވަހުގެ ހެނދުނު 9 އަކާއި 10.00 އާއި ދެމެދު ގއ. ވިލިނގިލި ކައިރީ އެއް ފަޅެއްގައި އޮންނަ ރައިވެށްރެހާ އަށްގޮސް މޫދަށްއެރިލުމަށްފަހު އެނބުރި ވިލިނގިއްޔަށް އައިތަނުން އެ ދެމެދުގައި އޮންނަ ފުންތަނަށް ގެނބިގެން ފުލުހުންގެ ކޮންސްޓަބަލް މުހައްމަދު ހަނީފު، 32، މަރުވި ހާދިސާއާއިއެކު މުޅި ވިލިނގިލި ސިއްސުވާލިއެެވެ.

ރައިވެއްރެހާ ކިޔާ މި ކުޑަރަށަކީ، ގއ. ވިލިނގިއްޔާ އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ރާއްޖެއެމްވީގެ ޓީމެއް މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިގިއްޔަށްކުރި ދަތުރުގައި އެ ސަރަހައްދަށް ޒިޔާރަތްކުރީމެވެ. ވިލިނގިލީގައި ހުރެ ރައިވެއްރެހާއަށް ބަލާލާއިރު އެ ދެމެދުގައި މާކަބޮޑު ދުރުމިނެއްނެތެވެ. ގޮވާލީމައި ރީއްޗަށް އަޑު އިވޭހާވެސް ކައިރިއެެވެ. އެރަށުގެ އިސް ބައެއް ރަށްވެހިން ކިޔައިދިން ގޮތުގައި، އިހުޒަމާނުގައި، އެއްވެސް ދަތިކަމެއް ނެތި ހިކި ދިޔައިގައި ހިނގާލާފައިގޮސް އެރަށަށް އެރެއެވެ. ނަމަވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި ފަތާފައި އެ ދުވަސްވަރު އެ ރަށަށް ދިޔުމަކީ ދަތި ކަމމެއް ކަމަށް އެމީހުން ބުންޏެވެ.

ވިލިނގިލީ ބިން ހިއްކުމަށް ހިންގި މަޝްރޫގައި ވިލިނގިލިން ރާވެއްރެހާއަށް ހިނގާފައި ދެވޭގޮތަށް ފާލަމެއްވެސް ހެދިއެވެ. ނަމަވެސް އެ ސަރަހައްދުގެ އޮއިވަރާ ހެދި އެ ތަންވަނީ މިހާރު އެއްކޮންހެން ގިރާލާފައެވެ. ރަށުކައުންސިލުން ބުނީ، ވިލިނގިލީ މަގުތައް ހެދުމަށް އެ ރަށަށް ދިޔަ ކުންފުނިން ރައިވެއްރެހާ ދިމާލުން ވެލި ނެގުމުގެ ސަބަބުން އެތަން ވަރަށް ފުންވެފައިވާކަމަށެވެ. އަދި ގާތްގަނޑަކަށް ފުންމިނުގައި 20 މީޓަރު ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހަނީފުގެ މަރުގެ ހާދިސާއަށް ފަހު އޭނާ ވަޅުލުމަށްޓަކައި ގެންދެވުނީ އޭނާގެ އުފަން ރަށް ކާށިދޫއަށެވެ. އަޅުގަނޑުމެންނާއި ބައްދަލުވީ ހަނީފުގެ އަންހެނުން ލަބީނާގެ އެއްބަނޑު އެއްބަފާ ދައްތަ އާއެވެ. މުޅި އެ ގެއަށްވަނީ ފަޅުކަންވެރިވެފައެވެ. ދެމަފިރިން ދިރިއުޅުނު ކޮޓަރީގައި ވެސް ފަޅުކަމެވެ. ފާރުތަކުގައި ހުރީ އެކުގައި ނަގާފައިވާ ފޮޓޯތަކެވެ. ލަބީނާގެ ދައްތަ ބުނިގޮތުގައި ހަނީފްގެ ޑިއުޓީ ގަޑި ފިޔަވައި ދެމީހުން އަބަދުހެން އުޅޭނީ އެކުއެކީގައެވެ.

"ހަނީފަކީ ވަރަށް ވަރަށް ރަނގަޅު ޅިޔަނެއް. ވަރަށް މަޖާވާނެ....ރޮމުން އޭނާ ކިޔައިދިނެވެ. "ހީވަނީ ދުނިޔޭގައި އުޅޭހެން އަދިވެސް"

ލަބީނާގެ ދައްތަ ބުނިގޮތުގައި އެދުވަހު ދެމީހުން އެކުގައި މޫދަށް އެރިލުމަށްކަމަށް ބުނެ ދިޔައިރުވެސް އެއްވެސް ކަހަލަ އާދަޔާޚިލާފްކަމެއް ފާހަގައެއް ނުވެއެވެ. ލަބީއަށް ފަތަން ނޭނގުނަސް ހަނީފަށް ފަތަން އެނގެއެވެ. އެކަމަކު މޫދަށް އެރިލުމަށްފަހު އެނބުރި އައި މަގުމަތީގައި އޭނާއަށް ކޮންމެވެސް ގޮތެއް ވާކަމަށް ހަނީފު ބުނިކަމަށްވެއެވެ. އަދި އޮއިވަރާއިއެކު ހަނީފު ފުންތަނަށް ދަމައިގަތެވެ. މައުލޫމާތު ދިން ބައެއް މީހުން ބުނިގޮތުގައި، ހަނީފު އޭނާގެ އަންހެނުން ލަބީ ބާރަށް ދުރަށްކޮށްޕާލިއެވެ. އެއީ ލަބީގެ ސަލާމަތަށްޓަކައެވެ. ލަބީ ސަލާމްތްވީ އޭނާގެ ނަސީބު ރަނގަޅު ކަމުންނެވެ.އޭގެ މަދު ސިކުންތުކޮޅެއް ފަހުން ލަބީނާއަށް އެނާގެ ފިރިމީހާ ލޯމަތިން ގެއްލުނެވެ. ފެނޭތޯ އެކި ދިމަދިމާބަލައި އަޑުގެ ކޮޅަށް ގޮވާވެސް ހެދިކަމަށްވެއެއެވެ. އެހެނަސް އެ އަޑު އިވޭހިސާބަށްވުރެ މާ ދުރަށް ހަނީފު ހިގައްޖެކަމެއް ލަބީނާއަކަށް ނޭނގުނެވެ.

ރައިވެއްރެހާއަށް ދިއުމަށްޓަކައި އޮންނަ މަގަކީ މީހުން އާއްމުކޮށް ގޮސް ނޫޅޭ ސަރަހައްދެކެވެ. އެހެން ނަމަވެސް އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތުގައި އެ ދުވަހުވެސް ބައެއް މީހުން ހަރުގެ ތަކުގައި އުޅުނެވެ. ލަބީނާ ދެއަތަށް ހޫރެމުން ކަހަލަގޮތަކަށް ހިނގާފައި އާދެވުނީ އެތަނުން ހަރުގެއަކާއި ހަމައަށެވެ. އެ ތަނުގައި އޭނާއާއި ދެބޭންގެ ދެދަރި މީހަކު ހުއްޓެވެ. ހާދިސާ ހިނގިވާހަކައާއިއެކު، ޝުހޫދު އަވަސްވެގަތީ ޑިންގީއެއްގައި އެކުވެރިންކޮޅަކާއިއެކު ހަނީފު ހޯދުމަށެވެ. ފުރަތަމަ ކުރި މަސައްކަތުން އޭނާގެ އެއްވެސް ހިލަމެއް ނުވިއެވެ. އެހެނަސް ފަހުން ފިނާ މީހުންކޮޅަކާއި އަދި އެރަށުގައި ހުރި އެމްއެންޑީއެފްގެ ބޭކަލެއްގެ އެހީގައި ހަނީފު ފެނުނީ، އޭނާ ގެނބުނު ކަމަށް ބުނި ސަރަހައްދާއި މާދުރުން މޫދު އަޑިން 10 މީޓަރު އަޑިންނެވެ. ޝުހޫދު ބުނިގޮތުގައި ހަނީފު މޫދުން ނެގިއިރު އޮތީ ވަރަށް ބޮޑަށް ހަރުވެފައެވެ. އެންމެ އާދަޔާ ޚިލާފް ކަމަކަށް ފާހަގަކުރެވުނީ އޭނާ ފެނުން މައްޗަށް ނެގިއުރުވެސް އޭނާގެ ސައިކަލުގެ ތަޅުދަނޑި މުއްކެވިފައިވާ އަތުގައި އޮތްކަމެވެ. އެހެންކަމުން ބައެއް މީހުން ބުނާގޮތުގައި ހަނީފު އަކުނިވަޔަށް ދެމުންކަހަލަ ކޮންމެވެސް ކަމެއް ވަނީ ދިމާވެފައެވެ.

ހަނީފުގެ މަރާއެކު މުޅި ނިލިނގިއްޔަށްވެސް ވަނި ފުންހިތާމައެއްވެރިވެފައެވެ. އެ ރަށުގެ އިސް ރަށްވެހިން ބުނާގޮތުގައި ހަނީފަކީ އެ ސަރަހައްދުގައި ގެނބިގެން މަރުވި ފަސްވަނަ މީހާއެވެ. މީގެ 13 ވަރަކަށް އަހަރުކުރިން އެ ސަރަހައްދަށް މޫދަށް އެރިއުޅުނު 14 ވަރަކަށް އަހަރުގެ ސްކޫލް ކުއްޖަކު ވަނީމަރުވެފައެވެ. އަދި އޭގެ ކުރިން އެ ސަރަހައްދަށް މޫދަށް އެރި އުޅުނު މާބަނޑު އަންހެނަކުވެސް ވަނީ ނިޔާވެފައެވެ. މީގެ އިތުރުންވެސް އިތުރު ދެމީހަކު ކުރިންވަނީ އެ ސަރަހައްދަށް ގަބައިގަތުމުގެ ސަބަބުން ނިޔާވެފައެވެ.

އޮއިގަދަ ބިރުވެރި އެ ސަރަހައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެރަށުގެ ގިނަބަޔަކު ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު