Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮޮހިންޖާ ޓެލެތޯން

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

މިއީ ރާއްޖޭގެ ތާރީޚްގައިވެސް ރެކޯޑް ޓެލެތޯނެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 18:13
ޓެލެތޯނުން ލިބުނު ފައިސާގެ ޗެކު ރެޑްކްރެސެންޓާ ހަވާލު ކުރަނީ

ޓެލެތޯނުން ލިބުނު ފައިސާގެ ޗެކު ރެޑްކްރެސެންޓާ ހަވާލު ކުރަނީ

ރޮހިންޖާ މުސްލިމުންނަށް ދޭ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް މުޅި ރާއްޖެ ވަނީ ތެދުވެފައެވެ. އެއަނިޔާއާއެކު ހާލުގައި ޖެހެމުން ދިޔަ މުސްލިމުންނަށް އެހީވުމަށް ދިވެހިން ތިބީ ނުހަނު ބޭނުން ވެފައެވެ. އެފަދަ ފުރުސަތަކަށް އެންމެހާ ދިވެހިން ތިބީ އެދިއެދިއެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީއެއް ވެދެވޭނެ ގޮތެއް ހޯދުމަށް ރާއްޖެ ޓީވީން އިސްނެގީ އެސަބަބަށް ޓަކައެވެ. ޤައުމީ ކަންކަމުގައި އަބަދުވެސް ރާއްޖެ ޓީވީން އިސްނަގާ ބީދައިންނެވެ. އެކަމަށްޓަކައި ބޭއްވި ފުރަތަމަ މީޓިންގގައިވެސް މުޅި ރާއްޖެ ޓީވީގެ ޓީމަށް އިއްތިފާގު ވެވުނީ ރާއްޖެ ޓީވީން ކޮންމެ ކަމެއްގައި ވެސް ގެންގުޅޭ އެންމެ އިސްމޮޓޯ އިޚްތިޔާރު ކުރުމަށެވެ. "އަހަރެން ނޫނެކޭ ނުބުނާނަން. އަދި އަހަރެންނަށް ނުކުރެވޭނެ ކަމެއް ނުހުންނާނެ" މިއަށް ރަނގަޅަށް ތަބާވުމެވެ.

ޓީމުތައް ބެހިއްޖެއެވެ. ކަންކަން ހަވާލުކުރެވި ކުރާންވީ ކަންކަން ސީދާ ގަނޑަށް ތިރިކުރެވުނެވެ. ކަންކަން ކުރުމުގައި ކިތައްމެ ބިޒީވިއަސް އެހެންކަމެއްވެސް އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ގޮތަށެވެ. އެއީ 24 ގަޑިރު ހިންގާ ޓީވީ ސްޓޭޝަނެއްކަމާއި އެއްވެސް ޚަބަރު ގަޑިއަކަށް ބުރޫ ނޭރުމެވެ. ޤައުމުގައި ހިނގަމުންދާ އެއްވެސް ކަމަކަށް އެޓެންޑް ނުވެވޭގޮތައް ކަންތައްތައް ނުރޭވުމެވެ. ޕްރެސް ކޮންފަރެންސްތައް ލައިވް ކުރުމާއި ހިނގަމުންދާ ކަންކަމުގެ ޚަބަރުތައް ވަގުތުން ވެބްސައިޓަށް އެރުން ނޫން ގޮތެއް ނޯންނާނެ ގޮތަށެވެ. ކުރުގޮތަކަށް ބުނަންޏާ ދުވަހުން ދުވަހަށް ހިންގަން ޖެހޭ އޮޕަރޭޝަންއަށް ކުޑަވެސް އެނގުމެއް އައިސްގެން ނުވާނެ ގޮތަށެވެ.

ރާއްޖެ ޓީވީގެ ހީވާގި ޓީމުން އެމަސައްކަތް ކުރަން އަތުކުރި އޮޅާލީ ނުހަނު ކެރިގެން ތިބެއެވެ. ދުވަހުގެ މަސައްކަތައް ދޭން ޖެހޭ ވަގުތުކޮޅުގެ އިތުރުން އިތުރު 8 ގަޑިއިރު ޓެލެތޯންގެ މަސައްކަތައްވެސް ހުސްކޮށްގެންނެވެ. އެގޮތުން ރޭގަނޑު ދަންވަރުވުމުން ހެނދުނު ބިޒީ ޝެޑިއުލް ފެށުމުގެ ކުރިން ގިނަކަންކަން ނިންމަން ފެށިއެވެ.

ޓެލެތޯން ބާއްވަން ހަމަޖެހިފައިވާ ވަގުތު ކުޑަތަން ވެއްޖެއެވެ. އޭރުވެސް އެއްބަޔަކު އުޅުނީ ރިޕޯޓްތައް ނުނިންމިދާނެތީއެވެ. 24 ގަޑިރަށް ފަށާ ބޮޑު ޓެލެތޯނެއްގެ ތެރެއިން ވައި އަނގަ ނުތަޅާ ރައްޔިތުންނަށް މަންޒަރު ކިޔައިދެވޭތޯއެވެ. އިންފޯރ ގްރެފިކްސްތަކައިގެން އެޑިޓަރުންވެސް ހޭބޯ ނާރައެވެ. ގެސްޓުންނަށް ގުޅުމުގައި ފޯނުން އަތްދޫކޮށްލެވޭވަރެއް ނުވެއެވެ. ރަށްރަށުގެ ކައުންސިލްތަކާއި ކްލަބު ޖަމްއިޔާތަކުގެ ފޯނު ނަގާފައި ރިސެޕްޝަނަށް އެހެން ކަމަކަށް ފުރުސަތެއް ނުލިބުނެވެ. ސްޕޮންސަރެއްގެ ނަމެއް ވެއްޓިދާނެތީ މާކެޓިންގ ޑިޕާޓްމަންޓުންވެސް ދެލޯ މުދުނަށް އަރާފައެވެ. ބޭރުކުރަން ޖެހޭ ފޮށިތަކުގައި އިސްޓިކާ ތަތްކޮށް ގަޑިއަށް ނުގެންދެވިދާނެތީވެސް އުޅުނީ އެއްބަޔަކެވެ. ރިޕޯޓްތަކަށް އެހެން އަޑުތައް އަރާފާނެތީ ކިތައްމެ ހޭލަމޭލައަށް އުޅުނަސް އެންމެންގެ ތެރޭގައި ހުންނަ އަޑު އަޅާ ބޫތު ކައިރީގައި ބާރަށް މީހަކަށް ގޮވާލެވޭކަށް ވެސް ނެތެވެ. ކެމެރާތަކުގެ ފޯކަސް ރަނގަޅު ކުރުމާއި ޓޯކްބެކުން ގުޅުން ރަނގަޅުކޮށް މައިކްތަކުގެ އަޑު ހެޔޮވަރު ކުރުމުގައި ވެސް ވަކި އިތުރު ބަޔަކު ނެތެވެ. ރަނިން އޯޑަރަށް އައިޓަމްތައް އެޅުމާއި މަޅިއެއް ނާރާ އޮމާންކޮށް ގެންދެވޭތޯ ޕްރޮޑިއުސަރުންނާ އޮންއެއަރ ކުދިންވެސް ހަމަ ހުއްޓިއެއް ނުތިބެއެވެ.

ނިންޖެއް ކަމެއް ނެތި ވަރުބަލިކަމުގައި ނުތިބެ އެންމެން އެންމެނަށް މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް އެދިޔައީ މުޅި އިމާރާތުން ކަރަންޓެވެ. އޭރު އެއޮތީ ޓެލެތޯން ފަށަން އެންމެ 15 ވަރަކަށް މިނެޓަށް ވެފައެވެ. އަމިއްލަ ބާރުން ހުރިހާ ކަމެއް ވެސް ބީވެގެން ދިޔައީއެވެ. އެންމެން ވެސް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެން ހަދާނީ ކިހިނެއްހޭ ބުނާ ކަހަލަ ގޮތަކަށެވެ. ނަސީބު މާ ގޯހެއް ނޫނެވެ. ޓެލެތޯން ފަށަން ހަމަޖެހިފައި އޮތް ގަޑިއަށް ވުރެ ލަސްވީ އެންމެ 12 ވަރަކަށް މިނިޓެވެ. ކަރަންޓު ލިބުނެވެ. ގެއްލުނު ވަގުތު ކޮޅަށް އައި ހުރަހެއް ނެތެވެ. އިސާހިތަކު 2:42 ގައި ޓެލެތޯން އެއޮތީ ފެށިފައެވެ. ބެކަޕެއް ނެތުމުން ކޮމްޕިއުޓަރުތަކުގައި ސޭވް ވެފައި ނެތް އެއްޗެހި އިތުރު ހިތްވަރަކާއެކު ނިންމައިގެން ހަމަ ޓީވީ ސްކްރީނުން ފެންނަން ޖެހޭ ހުރިހާ ބައިތަކާވެސް އެކުގައެވެ.

ޓެލެތޯން ފެށުމާއެކު އަދި މަޑުން ތިބެވޭ ގޮތެއް ނުވިއެވެ. އޮންއެއާގައި ތިބެން ޖެހުނީ ވެސް ހަމަ އެއްބައެކެވެ. ސްޓޫޑިއޯއިން ފޭބުމަށް ފަހު އެމީހަކު ދުއްވައިގަންނަން ޖެހެނީ ފޮށްޓެއް ހިފައިގެން ކޮންމެވެސް ސަރަހައްދަކަށެވެ. ޓީޝާޓް ވިއްކާށެވެ. ނޫންނަމަ އެވަގުތަކު ހިނގަމުންދާކަމެއްގެ ޚަބަރު ހެދުމަށެވެ. ކުރިއަށް ހުރި ގަޑިތަކުގައި ރައްޔިތުން އިތުރަށް މިކަމުގެ ތެރެއަށް ވަންނާނޭފަދަ ގޮތަކަށް މަންޒަރުތައް ދައްކުވައިދެވޭތޯއެވެ. އެފަދަ ރިޕޯޓްތައް ތައްޔާރު ކުރުމަށެވެ. މިއީ ޓީވީއަށް އަރާތިބޭ ނޫސްވެރިންނާ ނިއުސް ޑައިރެކްޓަރުގެ ހާލަތެވެ.

އެވެރިންނަށް ދޫކޮށްލާފައި ކެމެރާމަނުން ވެސް ވަކި ސަހަލެއް ނޫނެވެ. ސްޓޫޑިއޯ ކެމެރާއިން އަތް ދޫކޮށްލެވޭއިރު ޝެޑިއުލްގެ އެހެން ހިސާބެއްގައި އޭނާގެ ނަން އެއޮތީ ވިދިގެންނެވެ. ދޭތެރެއަކުން ކޮންމެވެސް ޕްރެސްއަކަށް ނުވަތަ ކޮންމެވެސް އިވެންޓެއް ނަގަން ޖެހިއްޖިއްޔާ އެކަމެއްވެސް ދޫކޮށްލެވޭކަށް ނޯވެއެވެ.

އެޑިޓް ކުރާ ކުދިންގެ ހިތްވަރު ވަކި ކުޑައެއް ނޫނެވެ. ހަދަން ޖެހުނު އިތުރު ގްރެފިކްސްތައް ހަމަ ބޯގޮވާވަރަށެވެ. ޓެލެތޯނަށް ލިބުނު ކާމިޔާބާއެކު ޓީވީން ދައްކަން ޖެހުނު ސްލައިޑްތަކާއި އަރުވަންޖެހުނު ކުންފުނިތަކުގެ ލޯގޯތައް ތައްޔާރު ކުރުމުގައި ގޮނޑިން ތެދުވާނެ އިރެއް އެވެރިންނަކަށް ނުލިބުނެވެ. ކޮމްޕިއުޓަރުތަކަށް ނުކަތައިގެން ހުއްޓުން އަރާއިރު ވެސް އެވެރިން ތިބެން ޖެހުނީ ހަމަ އެމަސައްކަތުގައ އަވަދި ނެތިއެވެ. މާކެޓިންގ ޑިޕާޓްމަންޓާއި ދެންތިބި ވެރިން ވެސް ތިބީކީ ދޫކުރާ ގޮތަކަށް ނޫނެވެ. އިތުރު ދިމަދިމާތަކުން އެހީ ހޯދުމާއި އިތުރު ގެސްޓުން ގެނައުމާއި މުޅި އޮޕަރޭޝަން ބެލެހެއްޓުމުގައި އެވެރިންތިބީ ތާއްޔަކަށްވެސް ޖެހިނުލައެވެ.

އެޗްއާރުގެ ފޯރިވެސް ކުޑައެއް ނޫނެވެ. ރިސެޕްޝަނާއި ގުޅިގެން އެވެރިންވެސް އުޅުނީ ހުއްޓުމެއް ނެތިއެވެ. ކޮފީއާއި ސަޔާއި ގަޑިން ގަޑިއަށް ހަމަޖައްސަމުންދިޔަ ކެއުމާއެކު ގެއަށް ނުގޮސް 24 ގަޑިއިރު މަސައްކަތް ކުރާކަށް މުވައްޒަފުން ބަހަނާއެއް ނުދައްކައެވެ.

މުޅި އޮޕަރޭޝަންގެ އާރުކާޓީ ހުންނެވީ ނިދުމެއް އަރާމުކުރުމެއް ނެތި އިށީނދެވެސް ނުލައި ދިމާ ކޮޅަށެވެ. 5 މިނިޓް އޮފީސް ތެރޭގައި ހޭދަކޮށްލެއްވުމަށް ފަހު ނުކުމެވަޑައިގެން އަނެއް 5 މިނިޓް ހާލަތު ދެނެގަތުމުގައި އޮފީސް ދޮރުމަތީގައެވެ. އެމްޑީގެ މިމަންޒަރު ފެނިފައިވެސް މުވައްޒަފުންނަށް ލިބުނީކީ އަމަށަކު ހިތްވަރެއް ނޫނެވެ.

ޓެލެތޯނަށް ލިބުނު އިންތިހާ ތަރުހީބުގެ އިތުރުން ފުރަތަމަ 12 ގަޑިއިރު ނުނިމެނީސް ލިބެމުންދިޔައީ މުޅިން އެހެން މެސެޖެކެވެ. ޓެލެތޯންގެ މުއްދަތު އިތުރުކޮށް ދިނަމަށެވެ. ބައިވެރި ނުވެވި ގިނަ ފަރާތްތައް ބައިވެރިކޮށްދިނުން އެދިއެވެ. އެޚިޔާލަށް ވޯޓަކަށް އަހާލިއިރު މުޅި ރާއްޖެ ޓީވީ އިއްތިފާގުވިއެވެ. ކިތައްމެ ވަރުބަލިވެ ވެއްޓޭވަރުވެފައި ތިއްބާވެސް މެއެވެ. އިސާހިތަކު ޓެލެތޯންގެ ވަގުތައް އިތުރު 6 ގަޑިއިރު އިތުރުކޮށް 30 ގަޑިއިރަށް ދިގުދަންމާލިއެވެ.

ކޮންމެއަކަސް ބޮޑު ސިންގާހާ ޓީމަކުން ކުރާ ވަރުގެ ބޮޑުކަމެއް ކުޑަކުޑަ ޓީމަކުން ކޮށް ނިންމާލީއެވެ. އަންތަރީސްވާވަރުގެ ކާމިޔާބާއެކުގައެވެ. ކިތަންމެ ވަސީލަތް މަދަސް ބެލުންތެރިންނަށް އެކަން ރޭކާވެސް ނުލާނޭހެން ކޮށް ނިންމާލީއެވެ. ރާއްޖެޓީވީން އަނެއްކާ ވެސް މިގިރާކުރީ އިތުރު ހަރުފަތެކެވެ. ރާއްޖެ ޓީވީއަށް ވާނެއެވެ. ނުވާނެ ކަމެއް ނުހުންނާނެއެވެ. އެކަން އަނެއްކާ ވެސް މިވަނީ ދައްކާލާފައެވެ. މިބޮޑު ކާމިޔާބާއެކު އަޅުގަނޑުމެން މިތިބީ ނުހަނު ހިތްހަމަ ޖެހިގެންނެވެ. ބެލުންތެރިންގެ ތައުރީފްގެ ފަށުވި ބަސްތަކުން މުޅި ޓީމު މިއޮތީ އުފަލުން ހިތްތައް ފޮޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު