Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ހުރްމުޒް ކަނޑުއޮޅީގައި ޓޭންކަރެއްގައި ރޯވެ އަނދަމުންދާއިރު، އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރަނީ

29 ނޮވެމްބަރު 2026 | އާދީއްތަ 05:36

ހުރްމުޒް ކަނޑުއޮޅީގެ މަނާ ސަރަހައްދަކަށް ވަން ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި އަލިފާން ރޯވުމާ ގުޅިގެން، އީރާނުގެ ޝަރުތުތައް ފުރިހަމަވަންދެން އެ ސަރަހައްދު ބަންދުކޮށްފައި އޮންނާނެ ކަމަށް އެ ގައުމުން އަނެއްކާ ވެސް ބުނެފި. މި ނުތަނަވަސްކަމުގެ ތެރެއިން ޤަޠަރާއި ޕާކިސްތާން މެދުވެރިކޮށް އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށްދާއިރު، މީގެ ކުރިން ވެވުނު ފަހުމުނާމާ ވަނީ ރޫޅިފައި

ނިއުސް ޓީމް
ނިއުސް ޓީމް | 29 ނޮވެމްބަރު 2026 | އާދީއްތަ 05:36

އީރާނުގެ ހުއްދަނެތި އެމެރިކާގެ އަސްކަރީ ހިމާޔަތުގައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރަނިކޮށް ނޮވެންބަރު 24 ވަނަ ދުވަހު އައިއާރްޖީސީން ހަމަލާދިން ކަމަށް ބުނާ އުޅަނދެއްގައި ރޯވެ، އަނދަމުންދާ މަންޒަރު | އެކްސް

ހުރްމުޒް ކަނޑުއޮޅީގެ މަނާ ސަރަހައްދަކަށް ވަން ތެޔޮ ޓޭންކަރެއް ކަނޑުއަޑީގައި އޮތް މައިނެއްގައި ޖެހި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފި އެވެ. ނޮވެންބަރު 29 ވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި މި ވަނީ، ހުޅަނގު އޭޝިއާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ޤަޠަރާއި ޕާކިސްތާން މެދުވެރިކޮށް އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރަމުންދާ ކަން ތެހެރާނުން ކަށަވަރުކޮށްދީފައިވާ ދަނޑިވަޅެއްގަ އެވެ.

ހުރްމުޒް ކަނޑުއޮޅީގެ ހާދިސާއާއި ކަނޑުމަތީގެ ފިޔަވަޅުތައް

ތިން ތެޔޮ ޓޭންކަރެއް އޭގެ އައިޑެންޓިފިކޭޝަން އަދި ނެވިގޭޝަން ނިޒާމުތައް ނިއްވައިލުމަށް ފަހު، ހުރްމުޒް ކަނޑުއޮޅީގެ އިރުމަތީގައި އޮންނަ މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުންޏެވެ. މި ގޮތުން މައިނެއްގައި ޖެހި އަލިފާން ރޯވުމުގެ ސަބަބުން އޭގެ ތެރެއިން އެއް ޓޭންކަރު އެއްކޮށް ހުއްޓުނު ކަމަށާއި، މިއާއެކު ދެން އޮތް ދެ ޓޭންކަރަށް ގަލްފާ ދިމާލަށް އަނބުރާލަން މަޖުބޫރުވި ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

Advertisement - worldAdvertisement

އެ ޓޭންކަރުތަކުގެ ވަނަވަރެއް ނުވަތަ އެ ހާދިސާގައި މީހަކަށް ޒަހަމުވި ކަމުގެ އެއްވެސް މައުލޫމާތެއް ކަނޑުގެ ސިފައިން ހާމަކޮށްފައެއް ނުވެ އެވެ. ހަމަމިއާއެކު، "އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުގައި އީރާނުގެ ޝަރުތުތައް ފުރިހަމަވަންދެން" ހުރްމުޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށް ކަނޑުގެ ސިފައިން ތަކުރާރުކޮށް ބުންޏެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން އަލުން ހަމަލާތައް ފެށިތާ ހަތަރު ދުވަސް ފަހުން، ޖުލައި 12 ގައި ތެހެރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި އަލުން ބަންދުކުރިކަން އިއުލާނުކޮށްފަ އެވެ. އީރާނުން ކަނޑައަޅާފައިވާ މަގުން ބޭރުވާ ނުވަތަ ހުއްދަ ނެތި އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތެހެރާނުން ދަނީ ދެމުންނެވެ.

ޤަޠަރާއި ޕާކިސްތާން މެދުވެރިކޮށް ކުރިއަށްދާ ހާރިޖީ މަސައްކަތް

ކަނޑުމަތީގައި މި ނުތަނަވަސްކަން ހިނގަމުންދާއިރު، ޤަޠަރާއި ޕާކިސްތާން މެދުވެރިކޮށް އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރަމުންދާ ކަމަށް ޕާކިސްތާނުގައި ހުންނަވާ އީރާނުގެ ސަފީރު ރިޒާ އަމީރީ މުޤައްދަމް ނޮވެންބަރު 28 ގައި ވިދާޅުވި އެވެ. މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ މި ދެ ގައުމުން ހުށަހަޅާފައިވާ ގިނަ ހިޔާލުތަކަކާއި ހުށަހެޅުންތަކެއް ތެހެރާނުން ދަނީ ދިރާސާކުރަމުން ކަމަށް އޭނާއާ ހަވާލާދީ އީރާނުގެ މެހްރު ނޫސް އޭޖެންސީން ރިޕޯޓުކުރި އެވެ.

މި މަޝްވަރާތަކުގައި އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އަމީރީ މުޤައްދަމް ވިދާޅުވި އެވެ. ނަމަވެސް، ބަދަލުކުރެވޭ ހުށަހެޅުންތަކުގެ ތަފްސީލެއް ސަފީރު ހާމައެއް ނުކުރައްވަ އެވެ. މީގެ އިތުރުން، ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި "އެ ސަރަހައްދުގެ ހަގީގީ ހާލަތު" ގަބޫލުކުރުމަށް ޗައިނާއާއި ރަޝިއާއިން އިސްނަގައިގެން ކުރިއަށްގެންދާ ހާރިޖީ މަސައްކަތްތަކަށް އީރާނުން މަރުހަބާ ކިޔާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހަނގުރާމައިގެ ފަހަތާއި ސުލްހައިގެ ފަހުމުނާމާ ރޫޅުން

މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ހޫނުވެފައި ވަނީ، ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީ ސިފައިން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށި ހިސާބުންނެވެ. އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ތެހެރާނުން މުޅި ސަރަހައްދަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވައި، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ނުހަނު މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އަމަލީ ގޮތުން ބަންދުކުރި އެވެ. ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.

ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށްޓަކައި ޖޫން މަހު އިބުތިދާއީ ފަހުމުނާމާއެއްގައި ސޮއިކުރެވުނު ނަމަވެސް، ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރު ދަތުރުކުރުމާ ގުޅޭ ގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކާއެކު އެ އެއްބަސްވުން ފަހުން ވަނީ ރޫޅިފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ހުރްމުޒް ކަނޑުއޮޅިއީރާންއެމެރިކާގަތަރުޕާކިސްތާންއައްބާސް އަރަގްޗީއީރާން-އެމެރިކާ

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވަނީ!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

4

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2026

އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސްގެ މަދަރުސާއެއްގެ ކައިރީގައި އެއްޗެއް ގޮވައި ހަ ދަރިވަރަކު މަރުވެ، 97 މީހުން ޒަހަމުވެއްޖެ

28 ނޮވެމްބަރު 2026
އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސްގެ މަދަރުސާއެއްގެ ކައިރީގައި އެއްޗެއް ގޮވައި ހަ ދަރިވަރަކު މަރުވެ، 97 މީހުން ޒަހަމުވެއްޖެ
28 ނޮވެމްބަރު 2026

އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ ބޮޑު ކްލައުޑް ނިޒާމު ހެކްކޮށް، މިސައިލާއި ރާޑަރުގެ މައުލޫމާތުތަކަށް ނުރައްކާވެއްޖެ

28 ނޮވެމްބަރު 2026
އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ ބޮޑު ކްލައުޑް ނިޒާމު ހެކްކޮށް، މިސައިލާއި ރާޑަރުގެ މައުލޫމާތުތަކަށް ނުރައްކާވެއްޖެ
28 ނޮވެމްބަރު 2026

ޖަނަވަރީ މަހުގެ ނިޔަލަށް އީރާން ހަނގުރާމަ ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެމެރިކާގައި އެބަހުރި: ޓްރަމްޕް

28 ނޮވެމްބަރު 2026
ޖަނަވަރީ މަހުގެ ނިޔަލަށް އީރާން ހަނގުރާމަ ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެމެރިކާގައި އެބަހުރި: ޓްރަމްޕް
28 ނޮވެމްބަރު 2026

"ޙޫޘީންގެ ހަމަލާތައް ބަލައެއް ނުގަނެވޭނެ": ސަޢުދީގެ ދިފާއުގައި މައްކާ އިއްތިހާދުގެ ބާރުތައް އެއްގަލަކަށް

28 ނޮވެމްބަރު 2026
"ޙޫޘީންގެ ހަމަލާތައް ބަލައެއް ނުގަނެވޭނެ": ސަޢުދީގެ ދިފާއުގައި މައްކާ އިއްތިހާދުގެ ބާރުތައް އެއްގަލަކަށް
28 ނޮވެމްބަރު 2026

ތެޔޮ ޓޭންކަރުތަކާއި މަނަވަރަށް ހަމަލާދިން ކަމަށް އީރާނުން ކުރާ ދައުވާގައި އަސްލެއް ނެތް: އެމެރިކާ

28 ނޮވެމްބަރު 2026
ތެޔޮ ޓޭންކަރުތަކާއި މަނަވަރަށް ހަމަލާދިން ކަމަށް އީރާނުން ކުރާ ދައުވާގައި އަސްލެއް ނެތް: އެމެރިކާ
27 ނޮވެމްބަރު 2026

ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟

27 ނޮވެމްބަރު 2026
ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟
27 ނޮވެމްބަރު 2026

"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ

27 ނޮވެމްބަރު 2026
"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ
26 ނޮވެމްބަރު 2026

އެމެރިކާގެ މިސިސިޕީގެ އައްސޭރިފަށަށް ކުޑަ މަތިންދާބޯޓެއް ވެއްޓި، ތިން ކުޑަކުދިން ހިމެނޭހެން ދެ އާއިލާއެއްގެ ހަ މީހުން މަރުވެއްޖެ

26 ނޮވެމްބަރު 2026
އެމެރިކާގެ މިސިސިޕީގެ އައްސޭރިފަށަށް ކުޑަ މަތިންދާބޯޓެއް ވެއްޓި، ތިން ކުޑަކުދިން ހިމެނޭހެން ދެ އާއިލާއެއްގެ ހަ މީހުން މަރުވެއްޖެ
25 ނޮވެމްބަރު 2026

ޕާކިސްތާނުގެ ހުވަފެންތަކާއެކު ޒީޝާން ޢަލީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް

25 ނޮވެމްބަރު 2026
ޕާކިސްތާނުގެ ހުވަފެންތަކާއެކު ޒީޝާން ޢަލީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް
25 ނޮވެމްބަރު 2026

އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"

25 ނޮވެމްބަރު 2026
އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް