Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެކްސިޑެންޓު

އެމެރިކާގެ މިސިސިޕީގެ އައްސޭރިފަށަށް ކުޑަ މަތިންދާބޯޓެއް ވެއްޓި، ތިން ކުޑަކުދިން ހިމެނޭހެން ދެ އާއިލާއެއްގެ ހަ މީހުން މަރުވެއްޖެ

26 ނޮވެމްބަރު 2026 | ބުރާސްފަތި 06:07

މަސްދަތުރަކަށްފަހު އެނބުރި ގެއަށް ދަތުރުކުރި ދެ އާއިލާއެއްގެ ހަ މީހުން މަރުވި މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވެ ބޯޓަށް ދިމާވި ފަންނީ މައްސަލައަކުން ކަމަށް ބެލެވޭތީ، އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ބޯޓު ވެއްޓުނީ އުސްމިނުގައި ދަތުރުކުރަނިކޮށް ކުއްލިއަކަށް ކޮންޓުރޯލު ނެއްޓިގެން ކަމަށްވާއިރު، މީގެ ތެރޭގައި މޫސުމީ ގޮތުން ބޯޓުގައި ގަނޑުފެން ހަރުވުން ފަދަ ސަބަބެއް އޮތްތޯ ބެލުން މުހިންމު

ނިއުސް ޓީމް
ނިއުސް ޓީމް | 26 ނޮވެމްބަރު 2026 | ބުރާސްފަތި 06:07
މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި ބްރެންޓް ސްޓޯކްސްއާއި އޭނާގެ އަންހެނުންނާއި ދެ ކުދިން

މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި ބްރެންޓް ސްޓޯކްސްއާއި އޭނާގެ އަންހެނުންނާއި ދެ ކުދިން | އޭޕީ

އެމެރިކާގެ މިސިސިޕީގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދަށް ކުޑަ މަތިންދާބޯޓެއް ވެއްޓި، ތިން ކުޑަކުދިން ހިމެނޭހެން ދެ އާއިލާއެއްގެ ހަ މީހުން މަރުވެއްޖެ އެވެ. މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ހޯދާފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބު ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މީހުން ދަތުރުކުރަމުން ދިޔައީ މަސްދަތުރަކަށްފަހު އެނބުރި ގެއަށް ދިއުމަށް ކަމަށް އާއިލާގެ މެންބަރުން ބުންޏެވެ.

Advertisement - worldAdvertisement

އެ ބޯޓުން ދަތުރުކުރީ ލުއިޒިއާނާގެ ނިއު އޯލީންސް ލޭކްފްރަންޓް އެއާޕޯޓުން ފުރައިގެން، ފްލޮރިޑާގެ ފޯޓް މަޔަރސްގައި ހުންނަ އެ މީހުންގެ ގެއަށް އެނބުރި ދިޔަ ދެ އާއިލާއެއްގެ މެންބަރުންނެވެ.

ބޯޓު ދުއްވަން އިނީ ފޯޓް މަޔަރސްގައި ހިންގާ މެރިން ކޮންޓްރެކްޓިންގ ކުންފުންޏެއްގެ ރައީސް، އުމުރުން 50 އަހަރުގެ ބްރެންޓް ސްޓޯކްސް ކަމަށް ޖެކްސަން ކައުންޓީގެ ކޮރޯނަރ ބްރޫސް ލިންޑް ޖޫނިއަރ ވިދާޅުވި އެވެ. ސްޓޯކްސްގެ ކުންފުނީގެ ވެބްސައިޓުގައި އޭނާ ސިފަކޮށްފައި ވަނީ "މަސްވެރިކަމަށް ނުހަނު ލޯބިކުރާ އަދި މުޅި އުމުރު ބޯޓު ދުއްވުމުގައި ހޭދަކުރި މީހެއް" ގެ ގޮތުގައެވެ.

މި ހާދިސާގައި ދެން މަރުވެފައި ވަނީ ސްޓޯކްސްގެ 16 އަހަރުގެ ފިރިހެން ދަރިފުޅު ހަންޓަރއާއި، ސްޓޯކްސްގެ އަންހެން ކޮއްކޮ، އުމުރުން 43 އަހަރުގެ އާލީން ނޮކްސްއާއި، އޭނާގެ ފިރިމީހާ، އުމުރުން 43 އަހަރުގެ މައިކަލް ނޮކްސްގެ އިތުރުން އެ ދެމަފިރިންގެ ދެ ފިރިހެން ދަރިން ކަމަށްވާ 12 އަހަރުގެ ޗާލްސް ހޮލްޑަން ނޮކްސް އަދި 10 އަހަރުގެ ޓްރުއެޓް ނޮކްސް އެވެ.

ބްރެންޓް ސްޓޯކްސްއާއި ޕައިލެޓް ލައިސަންސް އޮންނަ މައިކަލް ނޮކްސްގެ ހަށިގަނޑުގެ އޮޓޮޕްސީ މިހާރު ހަދަމުން އަންނަ ކަމަށް ލިންޑް ހާމަކުރެއްވި އެވެ.

ބޯޓު ގެއްލުމާއެކު އެތައް ގަޑިއިރެއް ވަންދެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، އެންމެ ފުރަތަމަ ފެނުނީ ކަނޑުމަތީގައި އޮޔާދާ ތިން ލައިފް ޖެކެޓާއި، ލައިފް ރާފްޓަކާއި ބޯޓުގެ ކެބިންގެ ބައެއް ކަމަށް ކޯސްޓްގާޑުގެ ތަރުޖަމާނު ހުއާން ރޮސް ވިދާޅުވި އެވެ.

މިސިސިޕީގެ ޕަސްކަގޫލާއާއި ގަލްފް އައިލެންޑްސް ނޭޝަނަލް ސީޝޯގެ ބައެއް ކަމަށްވާ ހޯން ޖަޒީރާއާ ދެމެދު އޮންނަ ގަލްފް އޮފް މެކްސިކޯގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ސެސްނާ 210 މަރުކާގެ އެ ބޯޓުގެ މައިގަނޑު ބައިގެ ތެރެއިން އެ ހަ މީހުންގެ ހަށިގަނޑު ފެނުނީ ޑައިވަރުން ކުރި މަސައްކަތުންނެވެ.

ނޮކްސް އަދި ސްޓޯކްސްގެ އާއިލާއިން ވަނީ އެ ހަ މީހުން މަރުވި ކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ. "އެ މީހުން މަރުވީ އެ މީހުން އެންމެ ލޯބިކުރާ ކަންތައް ކުރަމުން ދަނިކޮށް؛ އާއިލާގެ ދެން ތިބި މެންބަރުންނާ ބައްދަލުކުރުމަށް ގެއަށް ދިއުމުގެ ކުރިން، އުފާވެރި ޗުއްޓީ މޫސުމެއްގެ ފެށުން ފާހަގަކުރުމަށް އެކުގައި ދިޔަ މަސްދަތުރެއްގައި،" އެ ދެ މީހުންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މޫސުމުގެ އަސަރު ކުރި ކަމުގެ ޝައްކު

އަލަބާމާގެ މޮބައިލްގައި ހުންނަ އެއާ ޓްރެފިކް ކޮންޓުރޯލު ސަރަހައްދީ ޓަވަރުން އެމެރިކާ ގަޑިން އަންގާރަ ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 3:45 ގައި އެ ބޯޓާ ގުޅުން ކެނޑުނުކަން ރިޕޯޓުކޮށްފައިވާ ކަމަށް ކޯސްޓްގާޑުން ބުންޏެވެ. ބޯޓާ ގުޅުން ކެނޑުމުގެ ކުޑައިރުކޮޅެއް ކުރިން، ގަލްފްޕޯޓް-ބިލޮކްސީ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓުރޯލަރަކު ވަނީ އެ ސަރަހައްދަށް ވާރޭވެހި މޫސުން ގޯސްވަމުންދާ ކަމުގެ މައުލޫމާތު ޕައިލެޓަށް ދީފަ އެވެ.

ބޯޓު ދަތުރުކުރަމުން ދިޔައީ ވިލާތަކުގެ ތިރީ ފަށަލައަށްވުރެ މަތިން ގާތްގަނޑަކަށް 9,000 ފޫޓު އުސްމިނުގައި ކަމަށާއި، ނަމަވެސް ކުއްލިއަކަށް ކަނާތްފަރާތަށް އަނބުރާލުމާއެކު ބޯޓު ވަރަށް ބާރުމިނުގައި ތިރިއަށް ވެއްޓެން ފެށި ކަމަށް، ވައިގެ ދަތުރުފަތުރުގެ 50 އަހަރުގެ ތަޖުރިބާ ހުންނެވި ރިޓަޔަރޑް އެއާލައިން ކެޕްޓަނެއް ކަމަށްވާ ސްޓީވެން އަރޯޔޯ، ފްލައިޓްއެވެއާގެ ޓްރެކިންގ ޑޭޓާ ދިރާސާކުރެއްވުމަށްފަހު ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑަށް އާދަޔާ ހިލާފު ކަމެއް. މި ބޯޓަށް ވަރަށް ސީރިއަސް މައްސަލަތަކެއް ދިމާވި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ،" އަރޯޔޯ ވިދާޅުވި އެވެ.

އާންމުކޮށްފައިވާ އޯޑިއޯ ރެކޯޑިންތަކަށް ބަލާއިރު އާދަޔާ ހިލާފު ކަމެއް ހިނގާފައިވާ ކަމަކަށް ނުދައްކާ ކަމަށް ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރެއް އަދި ބޯއިންގ ކުންފުނީގެ ކުރީގެ ސޭފްޓީ އިންޖިނިއަރެއް ކަމަށްވާ ޓޮޑް ކަރޓިސް ވިދާޅުވި އެވެ.

ނަމަވެސް، ފިނިހޫނުމިން ސުމަކަށްވުރެ ދަށުގައި ހުންނަ ވަގުތުތަކުގައި ވާރޭވެހުމުގެ ސަބަބުން ނުރައްކާތެރި ގޮތަކަށް ބޯޓުގައި ގަނޑުފެން ޖެހުމުގެ ފުރުސަތު އޮންނަ ކަމަށާއި، އޭގެ ސަބަބުން ބޯޓުގެ އާލާތްތަކުން ނުބައި މައުލޫމާތު ދެއްކުން ނުވަތަ ބޯޓު ވައިގެ ތެރޭގައި ހިފެހެއްޓުމުގެ ބާރު ގެއްލުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެ ބޯޓުގައި ގަނޑުފެން ވިރުވާ ނިޒާމެއް ހަރުކޮށްފައި ހުރި ކަން އަދި ސާފެއް ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

މިސިސިޕީފްލޮރިޑާލޫސިއާނާސެސްނާ 210ގަލްފް އޮފް މެކްސިކޯއެމެރިކާއެކްސިޑެންޓު

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

5

އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
14 ނޮވެމްބަރު 2026

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި

14 ނޮވެމްބަރު 2026
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި
14 ނޮވެމްބަރު 2026

މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގަޑިއިރުތަކަކަށް ހުއްޓާލި އެމެރިކާގެ ވައިގެ އުދުހުންތައް އަލުން ފަށައިފި

14 ނޮވެމްބަރު 2026
މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގަޑިއިރުތަކަކަށް ހުއްޓާލި އެމެރިކާގެ ވައިގެ އުދުހުންތައް އަލުން ފަށައިފި
12 ނޮވެމްބަރު 2026

ސީޕްލޭނެއް ފާލަމުގައި ޖެހި ހިނގި ހާދިސާ މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ތަހުގީގު ކުރަނީ

12 ނޮވެމްބަރު 2026
ސީޕްލޭނެއް ފާލަމުގައި ޖެހި ހިނގި ހާދިސާ މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ތަހުގީގު ކުރަނީ
08 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް

08 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް
07 ނޮވެމްބަރު 2026

ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި

07 ނޮވެމްބަރު 2026
ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި
06 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

06 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި
04 ނޮވެމްބަރު 2026

އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް: ސެނެޓާއި ހައުސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް

04 ނޮވެމްބަރު 2026
އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް: ސެނެޓާއި ހައުސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް
02 ނޮވެމްބަރު 2026

ފްލޮރިޑާގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް މަތިންދާބޯޓެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ

02 ނޮވެމްބަރު 2026
ފްލޮރިޑާގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް މަތިންދާބޯޓެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ
31 އޮކްޓޯބަރު 2026

ދެ މިލިޔަން ފީފާގެ ތެލާއެކު ދަތުރުކުރި ސުޕަޓޭންކަރެއް މައިނެއްގައި ޖެހި އަލިފާން ރޯވެއްޖެ

31 އޮކްޓޯބަރު 2026
ދެ މިލިޔަން ފީފާގެ ތެލާއެކު ދަތުރުކުރި ސުޕަޓޭންކަރެއް މައިނެއްގައި ޖެހި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް