Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ޖަނަވަރީ މަހުގެ ނިޔަލަށް އީރާން ހަނގުރާމަ ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެމެރިކާގައި އެބަހުރި: ޓްރަމްޕް

28 ނޮވެމްބަރު 2026 | ހޮނިހިރު 08:03

އީރާނުގެ އަސްކަރީ ގާބިލުކަން ނައްތާލާފައިވާ ކަމަށް ވިދާޅުވެ، ޑިމޮކްރެޓުންގެ ފާޑުކިޔުންތަކާ ގުޅިގެން ހަނގުރާމަ ކުރިއަށް ގެންދާނެ ބަޖެޓު އެބަހުރި ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ. އީރާނުގެ ވެރިކަން ބަދަލުކުރުމަކީ މައިގަނޑު މަގުސަދު ނޫން ކަމަށާއި، އެމެރިކާގެ ހަމައެކަނި ބޭނުމަކީ އެ ގައުމުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުން ކަން ވެސް އޭނާ ފާހަގަކުރެއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 28 ނޮވެމްބަރު 2026 | ހޮނިހިރު 08:03
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލެއް އަޑުއައްސަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލެއް އަޑުއައްސަވަނީ | އޭޕީ

އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ވޮޝިންގޓަނުގައި އެބަހުރި ކަމަށާއި، ބޭނުންފުޅު ކޮންމެ ވަގުތަކު އެ ހަނގުރާމަ ނިންމަވާލެއްވުމުގެ އިހުތިޔާރު އެމެރިކާއަށް އޮތް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ޝާއިއުކުރި 'ނިއު ޔޯކް ޕޯސްޓް' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ އެމެރިކާގެ ކޮންގްރެސްގައި ތިއްބެވި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހަނގުރާމައިގެ އަސްކަރީ ހަރަކާތްތައް ހަނިކުރުމަށް ޑިމޮކްރެޓުން ކުރާ މަސައްކަތްތަކުގެ ސަބަބުން، އެމެރިކާއިން ހޯދާފައިވާ ކާމިޔާބީ ނާކާމިޔާބީއަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

Advertisement - worldAdvertisement

"އެ ބޭފުޅުން ފުރިހަމަ ކާމިޔާބީއެއް ނާކާމިޔާބީއަކަށް ބަދަލުކޮށްލާނެ،" އީރާނުގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންނާއި، ވައިގެ ދިފާއީ ނިޒާމުތައް ސުންނާފަތިކޮށްލައި އެ ގައުމުގެ އިސްވާރުން ނައްތާލެވިފައިވާ ކަމަށް ދައުވާކުރައްވަމުން ޓްރަމްޕް ފާހަގަކުރެއްވި އެވެ.

އަންނަ ޖަނަވަރީ މަހު ކޮންގްރެސްގެ ކޮންޓުރޯލު ޑިމޮކްރެޓުންނަށް ލިބިއްޖެ ނަމަ، އަސްކަރީ ގޮތުން އެޅުއްވެން ހުރި ފިޔަވަޅުތައް ހަނިވެގެން ހިނގައިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެ މުއްދަތާ ހަމައަށް އަސްކަރީ އޮޕަރޭޝަންތައް ދެމެހެއްޓުމަށް އެކަށީގެންވާ ބަޖެޓު އޭނާގެ ސަރުކާރުގައި އެބަހުރި ކަމަށެވެ.

"ހަގީގަތުގައި ޖަނަވަރީ މަހުގެ ނިޔަލަށް، ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި،" އެ ނޫހަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވިދާޅުވި އެވެ.

ހަމަމިއާއެކު، ވޮޝިންގޓަނުން ބޭނުން ކޮންމެ ވަގުތަކު މި ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް ބަޔާންކުރެއްވީ، "އަޅުގަނޑުމެން ބޭނުން ކޮންމެ އިރަކު ތިޔަ ހަނގުރާމަ ނިންމާލެވިދާނެ" ކަމަށެވެ.

މި ބަސްދީގަތުމުގައި ޓްރަމްޕް ވަނީ އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ފުރުސަތާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އެއީ "ފަހަރެއްގައި ކުރެވިދާނެ ކަމެއް،" ކަމަށް ސިފަކުރެއްވި ނަމަވެސް، އީރާނުގެ ވެރިކަން ބަދަލުކުރުމަކީ އޭނާގެ މައިގަނޑު މަގުސަދު ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ހަމައެކަނި އެ މީހުންގެ އަތުގައި ނިއުކްލިއަރ ހަތިޔާރެއް ނެތުން. އަޅުގަނޑަކީ ދުވަހަކު ވެސް ވެރިކަން ބަދަލުކުރުމާ އެއްކޮޅު ނުވަތަ ދެކޮޅު މީހެއް ނޫން. އެއީ، ދުވަހަކު ވެސް އަޅުގަނޑު ގެންގުޅުނު މިންގަނޑެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

މަސްދަރު: ޓީއާރްޓީ ވަރލްޑް

ޑޮނަލްޑް ޓްރަމްޕްވޮޝިންޓަންޑިމޮކްރެޓިކް ޕާޓީ - އެމެރިކާކޮންގްރެސްއީރާން-އެމެރިކާ

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

4

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2026

ތެޔޮ ޓޭންކަރުތަކާއި މަނަވަރަށް ހަމަލާދިން ކަމަށް އީރާނުން ކުރާ ދައުވާގައި އަސްލެއް ނެތް: އެމެރިކާ

28 ނޮވެމްބަރު 2026
ތެޔޮ ޓޭންކަރުތަކާއި މަނަވަރަށް ހަމަލާދިން ކަމަށް އީރާނުން ކުރާ ދައުވާގައި އަސްލެއް ނެތް: އެމެރިކާ
27 ނޮވެމްބަރު 2026

ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟

27 ނޮވެމްބަރު 2026
ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟
27 ނޮވެމްބަރު 2026

ރަޝިއާއިން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވާކަމުގެ އިންޒާރު ޒެލެންސްކީ ދެއްވައިފި

27 ނޮވެމްބަރު 2026
ރަޝިއާއިން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވާކަމުގެ އިންޒާރު ޒެލެންސްކީ ދެއްވައިފި
27 ނޮވެމްބަރު 2026

"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ

27 ނޮވެމްބަރު 2026
"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ
26 ނޮވެމްބަރު 2026

ޗައިނާއާއި އީޔޫއާ ދެކޮޅަށް ޓްރަމްޕްގެ އައު ޓެރިފްތަކެއް: އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، ބައިނަލްއަގުވާމީ އިގުތިސާދީ ހާލަތު ހޫނުވެއްޖެ

26 ނޮވެމްބަރު 2026
ޗައިނާއާއި އީޔޫއާ ދެކޮޅަށް ޓްރަމްޕްގެ އައު ޓެރިފްތަކެއް: އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، ބައިނަލްއަގުވާމީ އިގުތިސާދީ ހާލަތު ހޫނުވެއްޖެ
25 ނޮވެމްބަރު 2026

އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"

25 ނޮވެމްބަރު 2026
އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"
25 ނޮވެމްބަރު 2026

ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދޭ ހަމަލާތަކާ ގުޅިގެން ޕުޓިންގެ ހަރުކަށި އިންޒާރެއް!

25 ނޮވެމްބަރު 2026
ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދޭ ހަމަލާތަކާ ގުޅިގެން ޕުޓިންގެ ހަރުކަށި އިންޒާރެއް!
24 ނޮވެމްބަރު 2026

ވެރިކަމުގެ ފަހު ދެ އަހަރު ޓްރަމްޕަށް ކުރިމަތިވާނީ ކޮން ގޮންޖެހުންތަކެއް؟

24 ނޮވެމްބަރު 2026
ވެރިކަމުގެ ފަހު ދެ އަހަރު ޓްރަމްޕަށް ކުރިމަތިވާނީ ކޮން ގޮންޖެހުންތަކެއް؟
23 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި

23 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި
23 ނޮވެމްބަރު 2026

330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި

23 ނޮވެމްބަރު 2026
330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް