Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ

27 ނޮވެމްބަރު 2026 | ހުކުރު 05:18

ކުވައިތަށް ދިން ޑްރޯން ހަމަލާގައި އީރާނުގެ ބައިވެރިވުމެއް އޮތްކަމަށް ކުރެވޭ ތުހުމަތުތައް އެ ގައުމުގެ ހާރިޖީ ވަޒީރު ދޮގުކުރައްވައި، އެ ހާދިސާ ތަހުގީގުކުރުމަށް ކުވައިތާއި އިޓަލީވިލާތަށް އެއްބާރުލުން ދިނުމަށް ހުށަހަޅުއްވައިފި. އިޓަލީވިލާތުގެ ދެ މީހުން މަރުވި މި ހަމަލާއަކީ ހަނގުރާމައަކަށް މަގުފަހިކުރުމަށް ބަޔަކު ރާވައިގެން ހިންގި އަމަލެއް ކަމަށް އީރާނުން ތުހުމަތުކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 27 ނޮވެމްބަރު 2026 | ހުކުރު 05:18
އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | އަނަދޮލު އޭޖެންސީ

ކުވައިތަށް ދިން ޑްރޯން ހަމަލާގެ ފަހަތުގައި ތެހެރާން ނެތްކަމުގެ ޔަގީންކަން އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ، ކުވައިތުގެ ހާރިޖީ ވަޒީރަށް ދެއްވައި، އެ ހާދިސާ ތަހުގީގުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ބުރާސްފަތި ދުވަހު ހުށަހަޅުއްވައިފި އެވެ.

މީސްމީޑިއާގައި ޢަރާޤްޗީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިޓަލީވިލާތުގެ ހާރިޖީ ވަޒީރު އެންތޯނިއޯ ތައްޔާނީ އަދި ކުވައިތުގެ ހާރިޖީ ވަޒީރު ޝައިޚް ޖައްރާޙް ޖާބިރު އަލް-އަޙްމަދު އަލް-ޞަބާޙާ ވަކިވަކިން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މި ގޮތުން، އެ ހަމަލާގައި އިޓަލީވިލާތުގެ ދެ ރައްޔިތުން މަރުވުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް ތައުޒިޔާ ދަންނަވާފައިވާ ކަމަށް ޢަރާޤްޗީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

"މި ހާދިސާއަކީ ޝައްކުއުފެދޭ، އަދި ކުރީބައިގައި ރާވައިގެން ހަނގުރާމައަކަށް މަގުފަހިކުރުމަށް ހިންގާފައިވާ ކަމެއް ފަދަ ހާދިސާއް،" ޢަރާޤްޗީ ވިދާޅުވި އެވެ. ހަމަމިއާއެކު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އީރާނުގެ ހާރިޖީ ވުޒާރާއިން ބުނީ، ކުވައިތުގެ ހާރިޖީ ވަޒީރާއެކު ކުރެއްވި ފޯނު ކޯލުގައި، އެ ޑްރޯން ހަމަލާގައި ތެހެރާންގެ ބައިވެރިވުން އޮތްކަމަށް ކުރެވޭ ތުހުމަތުތައް ޢަރާޤްޗީ "މުޅިން ދޮގުކުރައްވާފައިވާ" ކަމަށެވެ. ޢަރާޤްޗީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، ކުވައިތުގެ ތުހުމަތުތައް އީރާނުގެ އަސްކަރީ ތަރުޖަމާނު ދޮގުކުރައްވައި، ޔަހޫދީ އިސްރާއީލާއި އެމެރިކާއިން އޮޅުވައިލައިގެން ދޭ 'ފޯލްސް-ފްލޭގް' ހަމަލާތަކެއްގައި ބައިވެރިވާކަމަށް ތުހުމަތުކުރެއްވިތާ ކުޑައިރުކޮޅެއް ފަހުންނެވެ.

އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރްއެންއޭއިން ރިޕޯޓްކުރި އެ ބަޔާނުގައިވާ ގޮތުން، އެ ހާދިސާގައި މީހުންގެ ފުރާނަ ގެއްލި، މުދަލަށް ލިބުނު ގެއްލުންތަކާމެދު ޢަރާޤްޗީ ހިތާމަފާޅުކުރެއްވި އެވެ. އަދި، ހާދިސާ ހިނގައިދިޔަ ގޮތާއި، އެ ކަމަށް މެދުވެރިވި ސަބަބުތަކާއި މެދުވެރިވި ކަންކަން ދެނެގަތުމަށް ކުވައިތާއެކު ގުޅިގެން ތަހުގީގެއް ހިންގުމަށް އީރާނުގެ ހާރިޖީ ވަޒީރު ހުށަހެޅުއްވި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ބުރާސްފަތި ދުވަހުގެ ކުރީކޮޅު ކުވައިތުގެ އަސްކަރިއްޔާއިން ބުނީ، އެ ގައުމުގެ ވައިގެ ސަރަހައްދަށް ދުޝްމަނުންގެ ގިނަ އަދަދެއްގެ ޑްރޯންތަކެއް ވަދެ، އީރާނަށް ނިސްބަތްކުރެވޭ ހަމަލާއެއް އެ ގައުމުގެ މުހިންމު މަރުކަޒަކަށް އަމާޒުވެފައިވާ ކަމަށެވެ. މި ހަމަލާގައި ބަޔަކަށް އަނިޔާވެ، މުދަލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ކުވައިތުގެ އަސްކަރިއްޔާއިން ބުންޏެވެ.

ޑްރޯންތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ފުރަތަމަ ޒަހަމުވި ކަމަށް ރިޕޯޓްކޮށްފައި ވަނީ އިޓަލީވިލާތުގެ ދެ ރައްޔިތުންނާއި، ކުވައިތުގެ ރައްޔިތެއްގެ އިތުރުން ޕާކިސްތާނުގެ ރައްޔިތެއް ހިމެނޭހެން ޖުމުލަ ހަތަރު މީހުންނެވެ. ނަމަވެސް، ލިބުނު ޒަހަމުތަކަށް ފަރުވާދެމުން ދަނިކޮށް އިޓަލީވިލާތުގެ ދެ ރައްޔިތުން މަރުވެފައިވާ ކަން ކުވައިތުގެ ދިފާއީ ވުޒާރާއިން ފަހުން ކަށަވަރުކޮށްދިނެވެ.

މިއާއެކު، އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ތަރުޖަމާނު އަބުލްފަޟްލު ޝަކަރްޗީ ވެސް ވަނީ، ކުވައިތުގެ މުހިންމު މަރުކަޒަކަށް އީރާނުން ހަމަލާދިން ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އަދި، ޔަހޫދީ ދައުލަތާއި އެމެރިކާއިން ސަރަހައްދުގައި ނުރައްކާތެރި ހަރަކާތްތައް ހިންގައި، އޮޅުވައިލައިގެން ދޭ ހަމަލާތަކުގައި ބައިވެރިވާކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ކުވައިތުއީރާންއައްބާސް އަރަގްޗީއިޓަލީއީރާން-އެމެރިކާ

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި

23 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި
23 ނޮވެމްބަރު 2026

ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި

23 ނޮވެމްބަރު 2026
ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި
22 ނޮވެމްބަރު 2026

ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވައިލައްވައި، ރައީސް ޢައުން އީރާނުގެ ނުފޫޒު ކުށްވެރިކުރައްވައިފި

22 ނޮވެމްބަރު 2026
ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވައިލައްވައި، ރައީސް ޢައުން އީރާނުގެ ނުފޫޒު ކުށްވެރިކުރައްވައިފި
22 ނޮވެމްބަރު 2026

"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ

22 ނޮވެމްބަރު 2026
"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ
22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
16 ނޮވެމްބަރު 2026

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

16 ނޮވެމްބަރު 2026
ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި
16 ނޮވެމްބަރު 2026

ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް

16 ނޮވެމްބަރު 2026
ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް
16 ނޮވެމްބަރު 2026

ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ

16 ނޮވެމްބަރު 2026
ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ
15 ނޮވެމްބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

15 ނޮވެމްބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
15 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ބާރުގަދަ ގޮވުންތަކެއް، މައިންތަކެއްގައި ޖެހި ތެޔޮ ޓޭންކަރުތަކެއްގައި ހުޅުހިފައިފި

15 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ބާރުގަދަ ގޮވުންތަކެއް، މައިންތަކެއްގައި ޖެހި ތެޔޮ ޓޭންކަރުތަކެއްގައި ހުޅުހިފައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް