Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ތެޔޮ ޓޭންކަރުތަކާއި މަނަވަރަށް ހަމަލާދިން ކަމަށް އީރާނުން ކުރާ ދައުވާގައި އަސްލެއް ނެތް: އެމެރިކާ

28 ނޮވެމްބަރު 2026 | ހޮނިހިރު 05:13

އެމެރިކާގެ މަނަވަރަކަށް ހަމަލާދީ ތެޔޮ ޓޭންކަރުތަކެއް އަތުލައިގަތް ކަމަށް ބުނެ އީރާނުން ކުރި ދައުވާތައް ސެންޓްކޮމުން ދޮގުކޮށްފި. އީރާނުގެ ބަނދަރުތައް ހިސާރުކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަން ހާމަކުރަމުން، އެމެރިކާއިން ބުނީ އީރާނުން ދައްކަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް. ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް ދަނީ ހިނގަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 28 ނޮވެމްބަރު 2026 | ހޮނިހިރު 05:13
އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު 'ޔޫއެސްއެސް އަބްރަހަމް ލިންކަން' އާއެކު ޑިސްޓްރޯޔަރ މަރުކާގެ މަނަވަރު 'ޔޫއެސްއެސް ފްރެންކް އީ ޕީޓަރސަން ޖޫނިއަރ' ދަތުރުކުރަނީ

އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު 'ޔޫއެސްއެސް އަބްރަހަމް ލިންކަން' އާއެކު ޑިސްޓްރޯޔަރ މަރުކާގެ މަނަވަރު 'ޔޫއެސްއެސް ފްރެންކް އީ ޕީޓަރސަން ޖޫނިއަރ' ދަތުރުކުރަނީ | ސެންޓްކޮމް

އެމެރިކާ ސިފައިން އީރާނުގެ ދެ ތެޔޮ ޓޭންކަރު އަތުލައިގަނެފައިވާ ކަމަށާއި، އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރަކަށް ހަމަލާދިން ކަމުގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރުން އެމެރިކާއިން ފީއެއް ނަގަމުންދާ ކަމަށް އީރާނުގެ އަސްކަރީ ކޮމާންޑަރަކު ކުރެއްވި ދައުވާތައް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑްއިން (ސެންޓްކޮމް) ދޮގުކޮށްފި އެވެ.

އީރާނުގެ އަސްކަރީ ކޮމާންޑަރު ސިފަކުރެއްވި މުޅި ހާލަތަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް، މީސްމީޑިއާގައި ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ސެންޓްކޮމުން ބުންޏެވެ. "އީރާނުގައި މިހާރު ކަނޑުގެ ސިފައިންނެއް ނެތް. އީރާނުގެ އަސްކަރީ ކޮމާންޑަރު ސިފަކުރެއްވި މުޅި ހާލަތަކީ އަނެއްކާ ވެސް އުފައްދައިގެން ދައްކާ ދޮގު ވާހަކަތަކެއް،" އެ ބަޔާނުގައިވެ އެވެ.

Advertisement - worldAdvertisement

އެމެރިކާ ސިފައިން އީރާނުގެ ދެ ތެޔޮ ޓޭންކަރު "ވަގަށް ނެގި" ނަމަވެސް، އެ އުޅަނދުތަކުގައި ތިބި އެމެރިކާ ސިފައިން ނިދާފައި ތިއްބައި އީރާނުގެ ސިފައިން އަރައި އެ ދެ އުޅަނދު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ޝަހްރާމް އީރާނީ ވިދާޅުވި ކަމަށް، އެ ގައުމުގެ ދައުލަތާ ގުޅުން އޮންނަ ފާސް ނޫސް އޭޖެންސީން ހުކުރު ދުވަހު ރިޕޯޓްކުރި އެވެ. ނަމަވެސް، އެމެރިކާ ސިފައިން އީރާނުގެ އެއްވެސް ތެޔޮ ޓޭންކަރެއް އަތުލައިގަނެފައި ނުވާ ކަމަށާއި، އަދި އީރާނުގެ ސިފައިން އެ ފަދަ އުޅަނދުތަކެއް އަނބުރާ ހޯދާފައި ވެސް ނުވާ ކަމަށް ސެންޓްކޮމުން ބުންޏެވެ.

މީގެ އިތުރުން، 'އޮޕަރޭޝަން އެޕިކް ފިއުރީ' ގެ ނަމުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށި ފުރަތަމަ ދުވަހު އީރާނުގެ ކަނޑުގެ ސިފައިން އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު 'ޔޫއެސްއެސް އަބްރަހަމް ލިންކަން' އަށް ހަމަލާދިން ކަމަށާއި، އޭގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަމަށް އެދެން އެމެރިކާ ސިފައިންނަށް މަޖުބޫރުވި ކަމަށް ތެހެރާނުން ވަނީ ދައުވާކޮށްފަ އެވެ. އެ ތުހުމަތުތައް ދޮގުކުރަމުން ސެންޓްކޮމުން ބުނީ، އެ މަނަވަރަށް އެއްވެސް ހަމަލާއެއް އަމާޒުވެފައި ނުވާ ކަމަށެވެ. އަދި، ވަރުގަދަ ދިފާއީ ރައްކާތެރިކަމާއެކު މެދުއިރުމަތީގައި ތާރީހީ ކާމިޔާބު އަސްކަރީ އޮޕަރޭޝަނެއް ފުރިހަމަކުރުމަށްފަހު، މިދިޔަ މަހު އެ މަނަވަރު ވަނީ ރައްކާތެރިކަމާއެކު އެމެރިކާއަށް އެނބުރި ގޮސްފައިވާ ކަން ވެސް އެ ކޮމާންޑުން ފާހަގަކުރި އެވެ.

ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި، އުޅަނދުފަހަރުގެ ވެރިންގެ އަތުން އެމެރިކާ ސިފައިން 2.5 މިލިޔަން އެމެރިކާ ޑޮލަރުގެ ފީއެއް ނަގާ ކަމަށް ވެސް އީރާނުން ވަނީ ތުހުމަތުކޮށްފަ އެވެ. އެމެރިކާއިން އެއްވެސް އުޅަނދަކުން ފީއެއް ނުނަގާ ކަމަށާއި، ބައިނަލްއަގުވާމީ އެ ކަނޑުއޮޅި ހުރަސްކޮށް ވިޔަފާރި އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެ ކަމަށް، އެ ތުހުމަތަށް ރައްދު ދެމުން ސެންޓްކޮމުން ޔަގީންކޮށްދިނެވެ.

ހަމަމިއާއެކު، އީރާނުގެ ބަނދަރުތައް ހިސާރުކުރުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ކުރިއަށްދާ ކަމަށް ސެންޓްކޮމުން ބުންޏެވެ. މި ގޮތުން، އެ ފިޔަވަޅުތަކާ ހިލާފުވާން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ ޕަލާއޫގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ޢުމާން ކަނޑުން އެމެރިކާގެ މަތިންދާބޯޓަކުން ހަމަލާދީ ހުއްޓުވާފައިވާ ކަން ވެސް އެ ކޮމާންޑުން އިއުލާނުކުރި އެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީ ދައުލަތުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީ ދައުލަތަށާއި ޢަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. ޕާކިސްތާނު މެދުވެރިވެގެން ޖޫން 18 ވަނަ ދުވަހު ސޮއިކުރި އިބުތިދާއީ ސުލްހައިގެ އެއްބަސްވުން ހުރްމުޒް ކަނޑުއޮޅީގައި ދަތުރުކުރުމާ ގުޅޭގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި ހުއްޓިފައިވާއިރު، ޖުލައި މަހުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް ދޭތެރެދޭތެރެއިން ދަނީ ހިނގަމުންނެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ސެންޓްކޮމްހުރްމުޒް ކަނޑުއޮޅިޔޫ.އެސް.އެސް އަބްރަހަމް ލިންކަންއޮޕަރޭޝަން އެޕިކް ފިއުރީއީރާން-އެމެރިކާ

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

3

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

4

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

5

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2026

ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟

27 ނޮވެމްބަރު 2026
ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟
27 ނޮވެމްބަރު 2026

"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ

27 ނޮވެމްބަރު 2026
"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ
25 ނޮވެމްބަރު 2026

އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"

25 ނޮވެމްބަރު 2026
އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"
23 ނޮވެމްބަރު 2026

އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި

23 ނޮވެމްބަރު 2026
އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި
23 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި

23 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި
22 ނޮވެމްބަރު 2026

"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ

22 ނޮވެމްބަރު 2026
"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ
22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
17 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރުތަކަށް ހަމަލާ އަމާޒުވެ، ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ނުރައްކާ ބޮޑުވެއްޖެ

17 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރުތަކަށް ހަމަލާ އަމާޒުވެ، ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ނުރައްކާ ބޮޑުވެއްޖެ
16 ނޮވެމްބަރު 2026

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

16 ނޮވެމްބަރު 2026
ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި
16 ނޮވެމްބަރު 2026

ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ

16 ނޮވެމްބަރު 2026
ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް