Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މިޑްޓަރމް އިންތިޚާބު

ވެރިކަމުގެ ފަހު ދެ އަހަރު ޓްރަމްޕަށް ކުރިމަތިވާނީ ކޮން ގޮންޖެހުންތަކެއް؟

24 ނޮވެމްބަރު 2026 | އަންގާރަ 09:03

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކުރުމަކީ ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ރައްޔިތުން ދިން ވަރުގަދަ ރައްދެއް. މި ކާމިޔާބީއާއެކު ޓެކުސް އިސްލާހުކުރުމާއި ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ޑިމޮކްރެޓުން ވަނީ އަމާޒުހިފާފައި. ނަމަވެސް، ޓްރަމްޕްގެ ވީޓޯ ބާރާއި ހަރުކަށި ފިކުރުގެ މީހުން މަގާމުތަކަށް އައްޔަންކުރުމުގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރު ސިޔާސީ ހަމަނުޖެހުން ބޮޑުވާނެ ކަމަށް ބެލެވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 24 ނޮވެމްބަރު 2026 | އަންގާރަ 09:03
ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުރުހުން ފާޅުކުރައްވަނީ

ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުރުހުން ފާޅުކުރައްވަނީ | ރޮއިޓަރސް

އެމެރިކާގެ 2026 ވަނަ އަހަރުގެ މިޑްޓަރމް އިންތިޚާބުގެ އެންމެ ފަހު ދާއިރާތަކުގެ ވޯޓު ގުނުން ނިމުމަކާ ގާތްވަމުންދާއިރު، އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި (ކޮންގްރެސް) ޑިމޮކްރެޓިކް ޕާޓީން ހޯދާފައިވާ ތަނަވަސް އަޣުލަބިއްޔަތު އިތުރަށް ފުޅާކުރަމުންދާ ކަމަށް އެންމެ ފަހުގެ ނަތީޖާތަކުން ދައްކައިފި އެވެ.

ހޯމަ ދުވަހާ ހަމައަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި، 435 މެންބަރުންގެ މައްޗަށް އެކުލެވޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 258 ގޮނޑި ޑިމޮކްރެޓުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެ މަޖިލީހުގެ ބާކީ އޮތީ ނަތީޖާ ރަސްމީކޮށް އިއުލާނު ނުކުރެވޭ އެންމެ ހަތަރު ދާއިރާ އެވެ. ހަމަމިއާއެކު، 100 ގޮނޑީގެ ސެނެޓުގެ ހުރިހާ ދާއިރާއެއްގެ ނަތީޖާ މިހާރު ނިމިފައިވާއިރު، ޑިމޮކްރެޓުން ވަނީ 56 ގޮނޑިއާއެކު ސެނެޓްގެ އަޣުލަބިއްޔަތު ވެސް ހޯދާފަ އެވެ.

Advertisement - worldAdvertisement

ކޮންގްރެސްގެ ދެ ގޭގެ ކޮންޓުރޯލު ޑިމޮކްރެޓުންގެ އަތްމައްޗަށް ފުރޮޅިގެން ދިޔުމަކީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހު ދެ އަހަރުގެ ތެރޭގައި ގާނޫނުތައް ބައްޓަންކުރުމަށް އެ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އައު ކޮންގްރެސްގެ މެންބަރުން ހުވާކުރާނީ ޖަނަވަރީ 3 ވަނަ ދުވަހު އެވެ.

ތާރީޚީ އަޣުލަބިއްޔަތަކާއި ސިޔާސީ މެސެޖު

މިޑްޓަރމް އިންތިޚާބުގެ މި ނަތީޖާއަކީ 1992 ވަނަ އަހަރުގެ ފަހުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓުން ހޯދި އެންމެ ބޮޑު އަޣުލަބިއްޔަތެވެ. އަދި، މިއީ ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ޕާޓީން ސެނެޓުގައި ހޯދި އެންމެ ބޮޑު އަޣުލަބިއްޔަތު ވެސް މެ އެވެ. މިއާ ޚިލާފަށް، ރިޕަބްލިކަން ޕާޓީއަށް ހައުސްއިން ލިބުނު ގޮނޑީގެ އަދަދު ވަނީ 173 އަށް ވެއްޓިފަ އެވެ. މިއީ، ފާއިތުވި އަހަރުތަކުގައި އެ ޕާޓީއަށް ލިބުނު އެންމެ ދަށް އަދަދެވެ.

މި ވޯޓަކީ ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރާ ދެކޮޅަށް ރައްޔިތުން ދިން ވަރުގަދަ ރައްދެކެވެ. މި ގޮތުން، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައާއި، ހިޖުރަވެރިންނާ ދެކޮޅަށް ހިންގާ ހަރުކަށި ރޭޑުތަކުގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތަކާ މެދު އުފެދިފައިވާ ނުރުހުން ވޯޓުލީ މީހުން ވަނީ މި އިންތިޚާބުގައި ފާޅުކޮށްފަ އެވެ.

ޑިމޮކްރެޓުންގެ ކާމިޔާބީ އެ ޕާޓީއަށް ޒަމާނުއްސުރެ ތާއީދު އޮންނަ ވާތުފިޔައިގެ މަރުކަޒުތަކުން ބޭރަށް ވެސް ވަނީ ފުޅާވެފަ އެވެ. އޭގެ ތެރޭގައި ރިޕަބްލިކަން ޕާޓީން ވެރިކަންކުރާ ސްޓޭޓްތައް ކަމަށްވާ ޓެކްސަސް، މިސިސިޕީ އަދި ދެކުނު ކެރޮލައިނާއިން ޑިމޮކްރެޓިކް ކެންޑިޑޭޓުން ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެ އެވެ.

ނަތީޖާ ނުނިމި ހުރި ދާއިރާތައް

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ނަތީޖާ އިއުލާނު ނުކުރެވި ބާކީ އޮތް ހަތަރު ގޮނޑިއަކީ މިނެސޯޓާގެ އެއް ގޮނޑިއާއި، ޓެނެސީގެ އެއް ގޮނޑިއާއި، ލުއިޒިއާނާގެ ދެ ގޮނޑި އެވެ. ލުއިޒިއާނާގެ ދެ ގޮނޑީގެ ނަތީޖާ ކަނޑައެޅުމަށް ބާއްވާ ދެވަނަ ބުރުގެ އިންތިޚާބު އޮންނާނީ ޑިސެންބަރު 12 ވަނަ ދުވަހު އެވެ.

މި ހަތަރު ދާއިރާގެ ނަތީޖާއާއެކު ހައުސްގައި ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، މިހާރު އުފެދިފައިވާ މައިގަނޑު ސުވާލަކީ އެ ޕާޓީގެ އަޣުލަބިއްޔަތު އިތުރަށް ފުޅާވެގެންދާނީ ކިހާ މިންވަރަކަށްތޯ އެވެ.

ފުރަތަމަ 100 ދުވަހުގެ އެޖެންޑާއާއި ތަހުގީގުތައް

ކޮންގްރެސްގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ޓްރަމްޕްގެ ސިޔާސަތުތަކަށް ފާރަވެރިވެ ހަމަހަމަކަން ގާއިމުކުރުމަށް އެ ބާރުގެ ބޭނުން ހިފާނެ ކަމަށް ޑިމޮކްރެޓުން ގެންދަނީ ކުރިންސުރެ ބުނަމުންނެވެ. ނަމަވެސް، މިޑްޓަރމް އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީއާއެކު، ގާނޫނު ހެދުމުގެ ދާއިރާއިން މާ އުއްމީދީ އަދި ފުޅާ އެޖެންޑާއެއް ކުރިއަށް ގެންދިއުމާ މެދު އެ ޕާޓީގެ ތެރޭގައި ވަނީ މަޝްވަރާތައް ފެށިފަ އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޑިމޮކްރެޓުން އެކުލަވާލާފައިވާ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، މުއްސަނދިންނަށް ބޮޑަށް ފައިދާވާ ގޮތަށް ދީފައިވާ ޓެކުސް ލުއިތައް އުވާލުމުގެ އިޚުތިޔާރާއި، ޓްރަމްޕްގެ ވެރިކަމުގައި މުއްދަތު ހަމަވެފައިވާ ސިއްހީ ޚިދުމަތުގެ ސަބްސިޑީތައް އަލުން އިޢާދަކުރުން ހިމެނެ އެވެ.

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އެމެރިކާގެ ގާނޫނުއަސާސީގެ ދަށުން އަސްކަރީ އޮޕަރޭޝަންތަކަށް ހުއްދަ ދިނުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ކޮންގްރެސްއަށެވެ. ނަމަވެސް، ޓްރަމްޕްގެ އަސްކަރީ ފިޔަވަޅުތައް ހުއްޓުވާނެ ގޮތަކާމެދު ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. ހަނގުރާމައަށް ކުރާ ހަރަދުތައް ހުއްޓުވުން ފަދަ ހަރުދަނާ ފިޔަވަޅުތައް އެޅުމާ މެދު ޕާޓީގެ މެދުމިނުގެ ފިކުރުގެ މެންބަރުން ފަސްޖެހޭ ކަމަށް ޕްރޮގްރެސިވް ފެކްޝަންގެ މެންބަރުން ތުހުމަތުކުރެ އެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރާ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު ހަކީމް ޖެފްރީޒް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރާ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު ހަކީމް ޖެފްރީޒް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | އަނަދޮލު އޭޖެންސީ

މީގެ އިތުރުން، ވެރިކަން ހިންގާ ބާރަށް ފާރަވެރިވުމުގެ ގޮތުން ތަހުގީގުތައް ހިންގައި، މަޖިލީހަށް ހާޒިރުވުމުގެ އަމުރު ނުވަތަ 'ސުޕީނާ' ނެރޭނެ ކަމަށް ޑިމޮކްރެޓުން ވަނީ ވައުދުވެފަ އެވެ. ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮންނަ ކޮންގްރެސްއަކުން ކޮމްޕިއުޓަރ ޗިޕް އުފައްދާ ކުންފުނި އެންވިޑިއާގެ އަމަލުތަކާ ގުޅޭ ގޮތުން "އަވަސް، ފުރިހަމަ އަދި ފުޅާ ދާއިރާއެއްގެ" ތަހުގީގެއް ހިންގާނެ ކަމަށް ހައުސްގެ ރައީސްކަމަށް ކަނޑައަޅާފައިވާ ހަކީމް ޖެފްރީޒް ހޯމަ ދުވަހު ވިދާޅުވި އެވެ. އަދި، ކޮމަރސް ސެކްރެޓަރީ ހޮވަރޑް ލަޓްނިކް "ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި" މައްސަލަ ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މަތީ މަގާމުތަކަށް ޓްރަމްޕް ނަން ހުށަހަޅުއްވާ ބޭފުޅުންނަށް ރުހުން ނުދީ ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް ސެނެޓްގެ ޑިމޮކްރެޓުން ވަނީ ދީފަ އެވެ. އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނީ ސެނެޓުގެ ރުހުން ލިބިގެންނެވެ.

ޓްރަމްޕްގެ ވީޓޯ ބާރާއި އެއްބާރުލުން ދިނުމުގެ ފުރުސަތު

ކޮންގްރެސްގެ ދެ މަޖިލީހުގައި ޑިމޮކްރެޓުންނަށް ބޮޑު އަޣުލަބިއްޔަތެއް އޮތް ނަމަވެސް، ކޮންގްރެސްއިން ފާސްކުރާ ބިލުތައް ވީޓޯ ކުރުމުގެ ބާރު ރައީސް ޓްރަމްޕަށް އޮންނާނެ އެވެ. މިޑްޓަރމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، ޑިމޮކްރެޓުންނާ ގުޅިގެން މަސައްކަތް ކުރުމަކީ ޓްރަމްޕަށް ސިޔާސީ ގޮތުން ފައިދާހުރި ކަމަކަށް ވާނެކަން ވިސްނައިދިނުމަށް ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މި ގޮތުން، ޕްރޮގްރެސިވް ފިކުރުގެ ޒަމާންވީ އަމާޒެއް ކަމަށްވާ އެންމެންނަށް ޝާމިލުވާ ސިއްހީ ޚިދުމަތުގެ ނިޒާމަކަށް ޓްރަމްޕްގެ ތާއީދު ހޯދުމަ ށްޓަކައި، އެ ޕުރޮގުރާމަށް ޓްރަމްޕްގެ ނަންފުޅު ދެވިދާނެ ކަމަށް އިޝާރާތް ކުރައްވައި އަލަށް އިންތިޚާބުވި ސެނެޓަރު ޢަބްދުލް އަލް-ސައްޔިދު ވަނީ މީސްމީޑިއާގައި ސަމާސާ ރާގަކަށް ޕޯސްޓްތަކެއް ކުރައްވާފަ އެވެ. "ޑޮނަލްޑް، މި ފުރުސަތު މި އޮތީ ހުޅުވިފައި،" 'ޓްރަމްޕްކެއާ' ގެ ނަމުގައި ޚިޔާލީ ހެލްތު އިންޝުއަރެންސް ކާޑެއްގެ ފޮޓޯއާއެކު އަލް-ސައްޔިދު މީސްމީޑިއާގައި ލިޔުއްވި އެވެ. "އުފަންވީއްސުރެ މަރުވަންދެން ކޮންމެ އެމެރިކާ ރައްޔިތަކަށް ސިއްހީ ޚިދުމަތް ކަށަވަރުކޮށްދެއްވާ."

'ޓްރަމްޕްކެއާ' ގެ ނަމުގައި އެމެރިކާގެ ހުރިހާ ރައްޔިތުން ޝާމިލުވާ ސިއްހީ ފަރުވާގެ އިންޝުއަރެންސް ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅުއްވައި ސެނެޓަށް އިންތިޚާބުވެވަޑައިގަންނަވާފައިވާ ޑިމޮކްރެޓިކް ކެނޑިޑޭޓު ޢަބްދުލް އަލް-ސައްޔިދު ރަން ކުލައިގެ ކާޑެއްގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރެއްވުން

'ޓްރަމްޕްކެއާ' ގެ ނަމުގައި އެމެރިކާގެ ހުރިހާ ރައްޔިތުން ޝާމިލުވާ ސިއްހީ ފަރުވާގެ އިންޝުއަރެންސް ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅުއްވައި ސެނެޓަށް އިންތިޚާބުވެވަޑައިގަންނަވާފައިވާ ޑިމޮކްރެޓިކް ކެނޑިޑޭޓު ޢަބްދުލް އަލް-ސައްޔިދު ރަން ކުލައިގެ ކާޑެއްގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރެއްވުން | އިންސްޓަގްރާމް

ނަމަވެސް، މިޑްޓަރމް އިންތިޚާބަށް ފަހު ޓްރަމްޕް އޭނާގެ ސިޔާސީ މިސްރާބު ބަދަލުކުރައްވަން އުޅުއްވާ ކަމުގެ މާ ބޮޑު ހެއްކެއް ފެންނާކަށް ނެތެވެ. އިންތިޚާބު ނިމުނުތާ ހަފުތާއެއްގެ ތެރޭގައި، ހިޖުރަވެރިންނާމެދު ހަރުކަށި ސިޔާސަތުތަކެއް އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ސްޓީވަން މިލަރ ވަނީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކުރައްވާފަ އެވެ. މިއީ، ކަނާތުފިޔައިގެ ސިޔާސަތުތަކަށް އިތުރަށް ބާރުއެޅުމުގެ ގޮތުން ގެނައި ބަދަލެއްގެ ގޮތުގައި ވަނީ ސިފަކުރެވިފަ އެވެ.

ޑިމޮކްރެޓިކް މެންބަރުންނާއެކު މަސައްކަތް ކުރެވިދާނެ ކަމަށް ޓްރަމްޕް ބައެއް ފަހަރު އިޝާރާތް ކުރެއްވި ނަމަވެސް، އޭނާގެ ވީޓޯގެ ބާރު ބޭނުންކުރައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގަންނަވާފަ އެވެ. ހަމަމިއާއެކު، 2021 އިން 2025 އަށް ސެނެޓުގެ އަޣުލަބިއްޔަތު ލީޑަރުކަން ކުރެއްވި އަދި އަލުން އެ މަގާމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާ ޗަކް ޝޫމަރ ކުޑައިމީސްކުރައްވައި ޓްރަމްޕް ވަނީ މީސްމީޑިއާގައި ފާޑުވިދާޅުވެފަ އެވެ.

"ޗަކް ޝޫމަރ ސެނެޓުގެ އަޣުލަބިއްޔަތު ލީޑަރަކަށް ވެވަޑައިގަންނަވަފި ނަމަ، އޭނާއާއެކު މަސައްކަތް ކުރުމަކީ އަޅުގަނޑަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ،" ޓްރުތު ސޯޝަލްގައި އާދީއްތަ ދުވަހު ޓްރަމްޕް ލިޔުއްވި އެވެ. "މީގެ ކުރިން ވެސް 'ލީޑަރެއްގެ' ގޮތުގައި އޭނާ ވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފައި. އެއީ، ތާރީޚުގައި ވެސް ފެނުނު އެންމެ ދަށް އެއް ދައުރު. އަދި، އޭނާ އަލުން ނާކާމިޔާބުވާނެ ކަމާމެދު އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް."

މީގެ އިތުރުން، ކޮންގްރެސްގެ ޑިމޮކްރެޓުން ފާރަވެރިވުމުގެ ބާރު ހަރުކަށި ގޮތެއްގައި ބޭނުންކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕްގެ ވައިޓް ހައުސްއިން ވަނީ ދީފަ އެވެ. "އައު ކޮންގްރެސްގެ މެންބަރުން ވަނީ،" އެ ބޭފުޅުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ އިމުން ބޭރުވުމުގެ "ސާފު ނިޔަތެއް ދައްކަވާފައި،" ކަމަށް ކޮންގްރެސްއިން ހިންގަން ރާވާ ތަހުގީގުތަކަށް އިޝާރާތް ކުރައްވައި،  ނޮވެންބަރު 9 ވަނަ ދުވަހު ވައިޓް ހައުސްގެ ކައުންސެލް ވިލް ޝާފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާޑޮނަލްޑް ޓްރަމްޕްޑިމޮކްރެޓިކް ޕާޓީ - އެމެރިކާރިޕަބްލިކަންް ޕާޓީ - އެމެރިކާކޮންގްރެސްއެމެރިކާ-އީރާން

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި

23 ނޮވެމްބަރު 2026
އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި
23 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި

23 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި
23 ނޮވެމްބަރު 2026

330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި

23 ނޮވެމްބަރު 2026
330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި
23 ނޮވެމްބަރު 2026

ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

23 ނޮވެމްބަރު 2026
ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
22 ނޮވެމްބަރު 2026

ރަން ކުލައިގެ އިންޝުއަރެންސް ކާޑަކާއެކު 'ޓްރަމްޕްކެއާ' އުފެއްދުމަށް ޑިމޮކްރެޓިކް މެންބަރު އަލް-ސައްޔިދު ދެއްވި ދައުވަތަށް ރައީސް ޓްރަމްޕް ތާއީދުކުރައްވާކަމުގެ އިޝާރާތެއް

22 ނޮވެމްބަރު 2026
ރަން ކުލައިގެ އިންޝުއަރެންސް ކާޑަކާއެކު 'ޓްރަމްޕްކެއާ' އުފެއްދުމަށް ޑިމޮކްރެޓިކް މެންބަރު އަލް-ސައްޔިދު ދެއްވި ދައުވަތަށް ރައީސް ޓްރަމްޕް ތާއީދުކުރައްވާކަމުގެ އިޝާރާތެއް
22 ނޮވެމްބަރު 2026

"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ

22 ނޮވެމްބަރު 2026
"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ
19 ނޮވެމްބަރު 2026

ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް

19 ނޮވެމްބަރު 2026
ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް
18 ނޮވެމްބަރު 2026

ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ

18 ނޮވެމްބަރު 2026
ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ
17 ނޮވެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް

17 ނޮވެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް
16 ނޮވެމްބަރު 2026

ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ

16 ނޮވެމްބަރު 2026
ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް