Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި

23 ނޮވެމްބަރު 2026 | ހޯމަ 09:18

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތައް އޮކްޓޫބަރު މަހު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ކަން ތަފާސްހިސާބުތަކުން ހާމަވެއްޖެ. އީރާނުގެ ތެލުގެ އާމްދަނީ ދަށްވެ، އެމެރިކާއިން އެ ގައުމުގެ ބަނދަރުތައް ހިސާރުކުރުމާ ގުޅިގެން މަސްރަހު ގޯސްވެފައިވާއިރު، މިދިޔަ ހަފުތާ ބަންދުގައި ވެސް ތިން ޓޭންކަރަކަށް ވަނީ ހަމަލާދީފައި. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށާއި ތެލުގެ ވިޔަފާރިއަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 23 ނޮވެމްބަރު 2026 | ހޯމަ 09:18

ޢުމާނުގެ އައްސޭރިފަށުން ދަތުރުކުރަނިކޮށް ހަމަލާއެއް އެރިކަމަށް ބުނެވޭ ކެމިކަލް އުފުލާ ޓޭންކަރެއް ކަމަށްވާ 'ކެޕްޓަން ލިއޯން' ގައި ރޯވެ، އަނދަމުންދާ މަންޒަރު | އެކްސް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓެމުންދާ ދަނޑިވަޅެއްގައި، އިސްތިރާޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރު އަލުން ގާއިމުކުރުމަށް ތެހެރާނުން ކުރަމުންދާ މަސައްކަތާއެކު، އެ ކަނޑުއޮޅިއާއި އެ ސަރަހައްދުމް ދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތައް އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް އަރާފައިވާ ކަމަށް ކަނޑު ދަތުރުފަތުރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީއާ ގުޅިފައިވާ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރަށް (ޔޫކޭއެމްޓީއޯ) އޮކްޓޫބަރު މަހު ރިޕޯޓުކުރި ހަމަލާތަކުގެ އަދަދު ވަނީ 30 އަށްވުރެ އިތުރުވެފަ އެވެ. މިއީ، ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އީރާނުގެ ހަނގުރާމަ ފެށުނު ފަހުން، އެއް މަހެއްގެ ތެރޭގައި މި އަދަދު 30 އިން މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

Advertisement - worldAdvertisement

އާދީއްތަ ދުވަހާ ހަމައަށް ނޮވެންބަރު މަހުގެ ތެރޭގައި ގާތްގަނޑަކަށް 22 ހަމަލާ ރިޕޯޓުކޮށްފައިވާ ކަމަށް، ޔޫކޭއެމްޓީއޯގެ ތަފާސްހިސާބުތަކުން ހާމަވެ އެވެ. މިއީ، ހަނގުރާމަ ފެށުނު ފަހުން ދެވަނައަށް އެންމެ ގިނަ ހަމަލާ ރިޕޯޓުކުރެވުނު މަހެވެ. އެ އިދާރާއިން މައުލޫމާތު އެއްކުރާ ސަރަހައްދުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅިއާއި، ފާރިސީ ކަނޑުއޮޅީގެ ޢުމާން ކަނޑު ހިމެނެ އެވެ.

ނަމަވެސް، އިނގިރޭސިވިލާތުގެ ކަނޑު ދަތުރުފަތުރު މޮނިޓަރުކުރާ މި އިދާރާގެ އަދަދުތަކަކީ ހަގީގީ އަދަދަށްވުރެ މަދު އަދަދަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެ އިދާރާއިން ރިޕޯޓުކުރަނީ ހަމައެކަނި މައިގަނޑު މަސްދަރުތައް މެދުވެރިކޮށް ކަށަވަރުކުރެވޭ ހާދިސާތައް އެކަނި ކަމަށްވާތީ އެވެ. "މީގެ އިތުރު ހާދިސާތަކެއް ހިނގާފައިވާ ކަން އެނގުނު ނަމަވެސް، މިނިވަންކަމާއެކު އެ ކަންކަން ކަށަވަރުކުރެވޭކަށް ނެތް،" ހުކުރު ދުވަހު ޝާއިއުކުރި ހަފުތާގެ ޚުލާސާ ރިޕޯޓުގައި ޔޫކޭއެމްޓީއޯއިން ބުންޏެވެ.

މި އިސްތިރާޖީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތައް ފަހަކަށް އައިސް އިތުރުވެފައިވާއިރު، ހަމަލާތަކުން ސަލާމަތްވުމަށް ޓަކައި ގިނަ އުޅަނދުތަކަކުން އެ އުޅަނދުފަހަރުގެ ވިޔަފާރި ޓްރެކިން އާލާތްތައް ނިއްވާލާފައިވާ ކަމަށް ބެލެވެ އެވެ. "ހަމަލާ އަމާޒުވާ ގިނަ އުޅަނދުތަކުން ޔޫކޭއެމްޓީއޯއަށް ރިޕޯޓުކުރުމަށް ދެކޮޅު ހަދަމުންދާތީ، ހަމަލާތަކުގެ ހަގީގީ އަދަދު ސައްހަކޮށް ރިޕޯޓުކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައި،" އޮކްޓޫބަރު މަހުގެ މެދުތެރޭގައި އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުންޏެވެ.

ހަމަމިއާއެކު، ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރާ ގުޅުންހުރި ހާދިސާތައް ކޮންމެ ދުވަހަކުހެން ހިނގާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އަދި، އެ ހާދިސާތަކަކީ ޑްރޯން ނުވަތަ މިސައިލް ހަމަލާތަކުގެ ބަދަލުގައި ކަނޑު އަޑީގައިވާ މައިންތަކުގެ ސަބަބުން ހިނގާ ހާދިސާތަކެއް ކަމަށް އީރާނުން ގިނަ ފަހަރު ބުނެ އެވެ.

އޮކްޓޫބަރު މަހުގެ ކުރިން އެ ސަރަހައްދުގައި ރިޕޯޓުކުރެވުނު ހަމަލާތަކުގެ އަދަދު ހުރީ މަހަކު އެވްރެޖްކޮށް 10 ގަ އެވެ. އެކި މަސްދަރުތަކުގެ އަދަދުތަކުގައި ތަފާތުތަކެއް ހުރި ނަމަވެސް، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ހަމަލާތައް ކަށަވަރުކުރެވިފައި ވަނީ އޮކްޓޫބަރު މަހު ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.

ހަނގުރާމަ ފެށުނު ފަހުން ހުރްމުޒް ކަނޑުއޮޅި ވަނީ ވަރަށް ބޮޑަށް ވާދަވެރިކަން އުފެދިފައިވާ މައިދާނަކަށް ބަދަލުވެފަ އެވެ. އެ ސަރަހައްދުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން ތެލާއި ގޭސް އުފުލުމަށް ބުރޫއަރައި، ދުނިޔޭގެ އިގުތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.

މި ހަނގުރާމަ ފެށުމަށް މެދުވެރިވި އެމެރިކާއާއި ޔަހޫދީން ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓުވުމަށް މަސައްކަތް ފަށާފަ އެވެ. އޭގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް ހިސާރުކޮށްފަ އެވެ. ނަމަވެސް، ގަލްފުގެ ތެޔޮ އުފައްދާ ގައުމުތަކުން އެ ކަނޑުއޮޅި ހުރަސްކޮށް އުޅަނދުފަހަރު ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހޯދާފައިވާ ކަމަށް މި މަސްރަހު ދިރާސާކުރާ ދާރިސުން ފާހަގަކުރެ އެވެ.

ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލި މި ކަނޑުއޮޅީގެ ވިޔަފާރި ދަތުރުފަތުރު، 2025 ވަނަ އަހަރުގެ މިންގަނޑާ އަޅާބަލާއިރު އަދިވެސް އޮތީ ދަށް މިންވަރެއްގަ އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓި، އީރާނުގެ ސާފުނުކުރާ ތެލުގެ އާމްދަނީއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާތީ ތެހެރާނުން ދަނީ ހަމަލާތައް އިތުރުކުރަމުންނެވެ. ކަނޑުއޮޅީގެ މައްޗަށް އީރާނަށް އޮތް ނުފޫޒު ގެއްލެމުންދާތީ، ވޮޝިންގޓަނަށް ދޫދިނުމަށް މަޖުބޫރުކުރުވުމުގެ ގޮތުން އީރާނުން ހަމަލާތައް އިތުރަށް ވަރުގަދަކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދާރިސުން ބުނެ އެވެ.

އެއްބަސްވުމެއް ބޭނުންނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން

ފަހަކަށް އައިސް ތެލުގެ އަގު ވެއްޓެން މެދުވެރިވި ސަބަބަކީ ގަލްފުގެ ގައުމުތަކުން ތެޔޮ ބޭރުކުރާ މިންވަރު އަލުން އިތުރުވުން ކަމަށް އިންޓަނޭޝަނަލް އެނަރޖީ އޭޖެންސީން ދެކެ އެވެ. މިއާއެކު، އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ނަތީޖާއަށްފަހު، މެދުއިރުމަތީގައި އެމެރިކާއިން އަލުން އަސްކަރީ ހަރަކާތެއް ހިންގާފާނެ ކަމަށް އޮތް ބިރު ކުޑަވުމުން ވެސް ތެލުގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ.

"ފުރިހަމަ ހަނގުރާމައަކަށް އަލުން އެނބުރި ދިއުމަކީ ނާދިރު ކަމެއް ކަމަށާއި، ތެލުގެ ސަޕްލައި މަޑުމަޑުން އާންމު ހާލަތަކަށް އަންނާނެ ކަމަށް މާކެޓުތަކުން ދަނީ ބޮޑަށް ގަބޫލުކުރަމުން،" ތިންކް ޓޭންކެއް ކަމަށްވާ އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުގެ (އައިސީޖީ) އީރާނާ ބެހޭ އިސް ދާރިސް ޙަމީދުރިޒާ ޢަޒީޒީ ވިދާޅުވި އެވެ. "ނަމަވެސް، ކުރިމަތިލުންތައް އިތުރަށް ވަރުގަދަކުރުމަށް އީރާނުން ނިންމައިފިނަމަ، އެ ވިސްނުން ވަރަށް އަވަހަށް ބަދަލުވެދާނެ."

މި ގޮތުން، އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އީރާނުން ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްއެޅި، އެ ގައުމުގެ އެތެރޭގެ ތެލުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ކަނޑު ދަތުރުފަތުރުގެ މައުލޫމާތު ބަލަހައްޓާ ކެޕްލަރގެ ރިޕޯޓުތަކުން ދައްކަ އެވެ.

"މި މަހުގެ ކުރީކޮޅު ޗައިނާއަށް އެންމެ ފަހުގެ ތެޔޮ ޝިޕްމަންޓްތައް ބޭލުމާއެކު، އެމެރިކާގެ ހިސާރު ސަރަހައްދުން ބޭރުގައި ކަނޑުމަތީގައި ހުރި އީރާނުގެ ތެލުގެ މިންވަރު ވަނީ ސުމަކަށް ވެއްޓިފައި. ނަތީޖާއެއްގެ ގޮތުން، ޑިސެންބަރު މަހުގެ މެދުތެރޭގައި އީރާނުގެ ތެލުގެ އާމްދަނީ ސުމަކަށް ވެއްޓިދާނެ،" އޮކްޓޫބަރު މަހުގެ ފަހުކޮޅު ކެޕްލަރއިން ނެރުނު ރިޕޯޓެއްގައި ބުންޏެވެ.

ތެހެރާނާއެކު "އެއްބަސްވުމެއް ބޭނުންނުވާ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހު ވަނީ ވިދާޅުވެފަ އެވެ. އަދި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްގެ ސަމާލުކަން އެހެން ކަންކަމަށް އަނބުރާލުމަށް ޓްރަމްޕް ވަނީ އަންގަވާފަ އެވެ.

"އަޅުގަނޑުމެން އީރާނާއެކު އެއްބަސްވުމެއް ބޭނުމެއް ނޫން. އެ ދުވަސްތައް މާޒީވެ ހިނގައްޖެ!" ޓްރުތު ސޯޝަލްގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ. "އެ މީހުންގެ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ފައިސާ އޮތީ އަޅުގަނޑުމެންގެ އަތުގައި، އަދި އެ މީހުންގެ ކަނޑުއޮޅި ވެސް އޮތީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައި!" ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި އީރާނަށް އަލުން އަސްކަރީ ހަމަލާތައް ދިނުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޓްރަމްޕް ފަހުން އިޝާރާތް ކުރެއްވި އެވެ.

ހުކުރު ދުވަހުން ފެށިގެން ހުރްމުޒް ކަނޑުއޮޅީގައި ތިން ޓޭންކަރަކަށް ހަމަލާދިނުން

އެންމެ ފަހުން ދިން ހަމަލާތަކުގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހުރްމުޒް ކަނޑުއޮޅިން ނުކުންނަން ދަތުރުކުރި ތިން ޓޭންކަރަކަށް ޕްރޮޖެކްޓައިލްތަކަކުން ނުވަތަ މިސައިލްތަކަކުން ހަމަލާދީފައިވާ ކަމަށް، ކަނޑު ދަތުރުފަތުރުގެ ހިރާސްތައް ބަލަހައްޓާ ކުންފުންޏެއް ކަމަށްވާ މެރިސްކްސްއިން ހާމަކުރި އެވެ. މި ހަމަލާތަކުގެ ފަހަތުގައި ވަނީ ކޮން ބައެއްކަން މެރިސްކްސްއިން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، މި ކަމުގައި އީރާނުގެ ބައިވެރިވުން އޮތް ކަމަށް "ބެލެވޭ" ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުކުރު ދުވަހު ޔޫޓީސީ ގަޑިން މެންދުރުފަހު 3:00 ގައި، މާޝަލް އައިލެންޑްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކެމިކަލް އަދި ތެޔޮ އުފުލާ ޓޭންކަރެއް ކަމަށްވާ 'ކެޕްޓަން ލިއޯން' ގެ ކުރީކޮޅަށް ހަމަލާއެއް އެރުމާ ގުޅިގެން އެ އުޅަނދުގައި ވަނީ އަލިފާން ރޯވެފަ އެވެ. ނަމަވެސް، އެ އުޅަނދުގެ ހުރިހާ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް މެރިސްކްސްއިން ބުންޏެވެ.

ހޮނިހިރު ދުވަހު ޔޫޓީސީ ގަޑިން ފަތިހު 5:00 ގައި، ހޮންގްކޮންގްގައި ރަޖިސްޓަރީ ކޮށްފައިވާ ސާފުނުކުރާ ތެޔޮ އުފުލާ ޓޭންކަރެއް ކަމަށްވާ 'ޓޯކެލް' ގެ ފަހަތުކޮޅަށް ހަމަލާއެއް އެރުމުގެ ސަބަބުން އެ ޓޭންކަރުގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ. އޭގެ ގަޑިއެއްހާއިރު ވެސް ނުވަނީސް، ހޮންގްކޮންގްގައި ރަޖިސްޓަރީ ކޮށްފައިވާ އެހެން ޓޭންކަރެއް ކަމަށްވާ 'އަރީނާ' ގެ އިންޖީނު ރޫމަށް ވަނީ މިސައިލް ހަމަލާއެއް އަރާފަ އެވެ.

މި ހަމަލާތަކުން ދައްކުވައިދެނީ އެ ސަރަހައްދުގެ ވިޔަފާރި ދަތުރުފަތުރަށް އޮތް "ނުރައްކާތެރި ބިރުވެރިކަން ދެމިއޮތް" މިންވަރު ކަމަށް މެރިސްކްސްއިން ބުންޏެވެ. ހާއްސަކޮށް އީރާނުން ވަރަށް ބޮޑަށް ދެކޮޅުހަދާ، ޢުމާންގެ އައްސޭރިފަށާ ކައިރިން އޮންނަ 'ދެކުނު ކޮރިޑޯ' ނުވަތަ ދެކުނު މަގު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް މި ނުރައްކާ ބޮޑު ކަން އެ ކުންފުނިން ފާހަގަކުރި އެވެ.

މަސްދަރު: ސީއެންއެން

ހުރްމުޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕްޔޫކޭއެމްޓީއޯޕާރޝިއަން ގަލްފްތެލުގެ އަގުއީރާން-އެމެރިކާ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި

23 ނޮވެމްބަރު 2026
330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި
23 ނޮވެމްބަރު 2026

ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

23 ނޮވެމްބަރު 2026
ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
22 ނޮވެމްބަރު 2026

ރަން ކުލައިގެ އިންޝުއަރެންސް ކާޑަކާއެކު 'ޓްރަމްޕްކެއާ' އުފެއްދުމަށް ޑިމޮކްރެޓިކް މެންބަރު އަލް-ސައްޔިދު ދެއްވި ދައުވަތަށް ރައީސް ޓްރަމްޕް ތާއީދުކުރައްވާކަމުގެ އިޝާރާތެއް

22 ނޮވެމްބަރު 2026
ރަން ކުލައިގެ އިންޝުއަރެންސް ކާޑަކާއެކު 'ޓްރަމްޕްކެއާ' އުފެއްދުމަށް ޑިމޮކްރެޓިކް މެންބަރު އަލް-ސައްޔިދު ދެއްވި ދައުވަތަށް ރައީސް ޓްރަމްޕް ތާއީދުކުރައްވާކަމުގެ އިޝާރާތެއް
22 ނޮވެމްބަރު 2026

"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ

22 ނޮވެމްބަރު 2026
"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ
22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
19 ނޮވެމްބަރު 2026

ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް

19 ނޮވެމްބަރު 2026
ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް
18 ނޮވެމްބަރު 2026

ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ

18 ނޮވެމްބަރު 2026
ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ
17 ނޮވެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް

17 ނޮވެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް
17 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރުތަކަށް ހަމަލާ އަމާޒުވެ، ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ނުރައްކާ ބޮޑުވެއްޖެ

17 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރުތަކަށް ހަމަލާ އަމާޒުވެ، ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ނުރައްކާ ބޮޑުވެއްޖެ
16 ނޮވެމްބަރު 2026

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

16 ނޮވެމްބަރު 2026
ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް