Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ. ތިނަދޫ

ވ. ތިނަދޫ ގެސްޓްހައުސެއްގައި އެއްޖިންސުން ކައިވެނި ކޮށްދިން މައްސަލަ ކައުންސިލުން ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅައިފި

26 ނޮވެމްބަރު 2026 | ބުރާސްފަތި 08:20

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި ދެ އަންހެން ފަތުރުވެރިއަކު އެއްޖިންސުން ކައިވެނިކުރި މައްސަލަ އެ ރަށު ކައުންސިލުން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި. އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރަށުގެ ތަސައްވުރު ކިލާފުވާނެތީ، އެ މައްސަލަ ސީރިއަސްކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 08:20
ވ، ތިނަދޫ

ވ، ތިނަދޫ

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި ދެ އަންހެނުން އެއްޖިންސުން ކައިވެނިކޮށްދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެ ރަށު ކައުންސިލުން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިފި އެވެ.

ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރަށުގައި ރެޖިސްޓްރީކޮށްގެން ހިންގާ އިކޯބޫ މޯލްޑިވްސް ގެސްޓްހައުސްގައި ނޮވެމްބަރު 23، 2026 ވަނަ ދުވަހު އެއްޖިންސުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވައި ކައިވެނިކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ހަފުލާގައި ދެ އަންހެނަކު ކައިވެނިކޮށްދީފައިވާތީ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކައުންސިލުން ބުނީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު ހަރަކާތްތައް ހިންގުމަކީ ކައުންސިލުން ތާއީދު ނުކުރާނެ ކަމެއް ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ. މިފަދަ ކަންކަމަކީ ދިވެހި މުޖުތަމައުގައި ގަބޫލުކުރެވޭ ކަންކަމެއް ނޫންކަން ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

ތިނަދޫ ކައުންސިލުން މި މައްސަލަ ސީރިއަސްކޮށް ބަލައި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާއިރު، މި ފަދަ ކަންކަން ރަށުގައި ހިނގުމަށް ތާއީދު ނުކުރާނެކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، ރަށުގެ އާއްމު ސަރަހައްދުތަކާއި ގެސްޓްހައުސްގެ ބީޗު ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާ އުސޫލުގައި ވެސް، އެ ތަންތަން ބޭނުންކުރަންވާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް، ހުއްދަކޮށްފައިވާ ހަރަކާތްތަކަށް އެކަނި ކަމަށް ކައުންސިލުން ބަޔާންކޮށްފައިވެ އެވެ. އަދި އެއް ޖިންސުން ކައިވެނި ކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ހުރިހާ ކަމަކީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި މަނާކޮށްފައިވާ ކަންކަމަށްވާއިރު އެފަދަ ނާތަހުޒީބު އަމަލުތަކާ ހެދި އެ ރަށާ މެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭނެކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. 

ގދ. ތިނަދޫ

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

5

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލަ: މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި

10 ނޮވެމްބަރު 2026
 ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލަ: މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި
20 ސެޕްޓެމްބަރު 2026

ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

20 ސެޕްޓެމްބަރު 2026
ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
01 ސެޕްޓެމްބަރު 2026

ތިނަދޫ މޭޔަރު ސައުދު އަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް، އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން: ނަޝީދު

01 ސެޕްޓެމްބަރު 2026
ތިނަދޫ މޭޔަރު ސައުދު އަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް، އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން: ނަޝީދު
01 ސެޕްޓެމްބަރު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

01 ސެޕްޓެމްބަރު 2026
ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި
09 ޖޫން 2026

މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެއްޖެ: މައުރޫފް

09 ޖޫން 2026
މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެއްޖެ: މައުރޫފް
30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
22 ސެޕްޓެމްބަރު 2025

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި
05 ސެޕްޓެމްބަރު 2025

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް
04 ސެޕްޓެމްބަރު 2025

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ
22 ސެޕްޓެމްބަރު 2024

މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި

22 ސެޕްޓެމްބަރު 2024
މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް