Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ. ތިނަދޫ

ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

20 ސެޕްޓެމްބަރު 2026 | އާދީއްތަ 12:53

ތިނަދޫ އިން އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީއާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީ އިން ޕީޖީއަށް ފޮނުވައިފި. މި ބޭފުޅުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ. އޭސީސީއިން ބުނީ ބީލަމަށް ނުލައި ވިޔަފާރި ބޭނުމަށް ބިން ދޫކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 12:53
ތިނަދޫ ސިޓީ

ތިނަދޫ ސިޓީ | ސޯޝަލް މީޑިއާ

ތިނަދޫ ސިޓީގައި ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި އެ ސިޓީގެ މޭޔަރާއި 3 ކައުންސިލަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ. 

އާދިއްތަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް،  ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކޮށް ނިންމާފައިވަނީ އިއުލާނުކުރުމަކާ ނުލައި ގަވާއިދާ ޚިލާފަށް އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކަމަށެވެ. 

 އެ ކުންފުންޏަށް ގަވާއިދާ ޚިލާފަށް ބިމެއް ދޫކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައި ވަނިކޮށް، 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރު ސައުދު އަލީ ސޮއިކުރައްވައި، 2000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ގަވާއިދާ ޚިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ. 

 މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އެ ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 10 ސެޕްޓެންބަރު 2026 ގަ އެވެ.

އެގޮތުން، މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމާފައިވަނީ، ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްގެ މަޤާމުގައި ހުރި ސައުދު އަލީއާއި ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. 

މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީޕްރޮސެކިއުޓަރ ޖެނެރަލްގދ. ތިނަދޫ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި

20 ސެޕްޓެމްބަރު 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި
12 ސެޕްޓެމްބަރު 2026

"އޭސީސީއަކީ ސަރުކާރަށް ޤާނޫނީ ލަފާދޭ ތަނެއް ނޫން، އެހިސާބުން އޭސީސީ ވަނީ ސަރުކާރުގެ އިދާރާއަކަށް"

12 ސެޕްޓެމްބަރު 2026
"އޭސީސީއަކީ ސަރުކާރަށް ޤާނޫނީ ލަފާދޭ ތަނެއް ނޫން، އެހިސާބުން އޭސީސީ ވަނީ ސަރުކާރުގެ އިދާރާއަކަށް"
11 ސެޕްޓެމްބަރު 2026

ނުއަގުގައި ހުޅުމާލޭން ގޯތި ވިއްކިޔަސް، އެ މުއާމަލާތް ހުއްޓާލާކަށް އޭސީސީއިން އަދިވެސް ނާންގާ!

11 ސެޕްޓެމްބަރު 2026
ނުއަގުގައި ހުޅުމާލޭން ގޯތި ވިއްކިޔަސް، އެ މުއާމަލާތް ހުއްޓާލާކަށް އޭސީސީއިން އަދިވެސް ނާންގާ!
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
02 ސެޕްޓެމްބަރު 2026

މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި

02 ސެޕްޓެމްބަރު 2026
މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި
01 ސެޕްޓެމްބަރު 2026

ތިނަދޫ މޭޔަރު ސައުދު އަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް، އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން: ނަޝީދު

01 ސެޕްޓެމްބަރު 2026
ތިނަދޫ މޭޔަރު ސައުދު އަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް، އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން: ނަޝީދު
01 ސެޕްޓެމްބަރު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

01 ސެޕްޓެމްބަރު 2026
ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި
27 އޯގަސްޓު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައުލޫމާތުގެ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދިއްޖެ

27 އޯގަސްޓު 2026
ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައުލޫމާތުގެ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދިއްޖެ
21 އޯގަސްޓު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް ޕީޖީން އަނބުރާ ގެންގޮސްފި

21 އޯގަސްޓު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް ޕީޖީން އަނބުރާ ގެންގޮސްފި
19 އޯގަސްޓު 2026

މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި

19 އޯގަސްޓު 2026
މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް