Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕެންޝަން ފައިސާ

މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެއްޖެ: މައުރޫފް

ވެމްކޯގެ މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ޖަމާނުކުރާތާ 19 މަސްވެފައިވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލި ތިނަދޫ ބްރާންޗުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން ގާނޫނީ ވަކީލު އަހުމަދު މައުރޫފް ކަންބޮޑުވުން ފާޅުކުރައްވައިފި. ޕެންޝަނަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށްވާއިރު، އެ ހައްގު ހޯދަން ވަކާލާތުކުރާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖޫން 2026 | އަންގާރަ 08:13
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް | ރާއްޖެއެމްވީ

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެފައިވާކަމަށް ޤާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް އެހެން ވިދާޅުވީ ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާތާ އެތަކެއް މަހެއްވުމުން، އެކަމާ ދެކޮޅަށް މުޒާހަރާ ކުރި ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ، ޕެންޝަން ލިބުމުގެ ހައްގަކީ ގާނޫނުއަސާސީގެ 38 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި ވިދާޅުވީ، 2009 ވަނަ އަހަރު އަމަލުކުރަން ފެށި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް އެ އިނާޔަތް ފޯރުކޮށްދިނުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ކަން އެހެން އޮތްނަމަވެސް، ޑރ. މުޙައްމަދު މުއިއްޒުގެ ނާގާބިލު ސަރުކާރުން މި ގާނޫނީ ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ކަމަށެވެ. އަދި މި އަސާސީ ހައްގު ހޯދުމަށް ވަކާލާތުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަން މިހާރު ފަށާފައިވާކަން ފާހަގަ ކުރައްވައި މައުރޫފް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ޕެންޝަންގެ ގޮތުގައި އުނިކުރާ ފައިސާ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާނުކޮށް 19 މަސް ދުވަސް ވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ މައްސަލަ މިހާރު ވަނީ މަޖިލީހަށްވެސް ހުށަހެޅިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މިކަން މަޖިލީހުގެ ސަމާލު ކަމަށް ވަނީ ގެނަސްފަ އެވެ. މެންބަރުގެ ސިޓީގައި ބުނީ ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ވެމްކޯއިން އެންމެ ފަހުން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައި ކަމަށެވެ.

އޭގެ ފަހުން މިހާތަނަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާއިރު، އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކުވެސް ޕެންޝަނަށްވާ ފައިސާ އުނިކުރަމުންދާކަން ފާހަގަ ކޮށްފައިވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއަހްމަދު މައުރޫފްވެމްކޯގދ. ތިނަދޫރިޓަޔަމަންޓު ޕެންޝަން ސްކީމުޕެންޝަން ގާނޫނު

އިތުރަށް ކިޔާލަން

09 ޖޫން 2026

ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!

09 ޖޫން 2026
ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!
09 ޖޫން 2026

އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް

09 ޖޫން 2026
އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް
09 ޖޫން 2026

އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް

09 ޖޫން 2026
އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް
08 ޖޫން 2026

ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި
08 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

08 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު