Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުވާ ނުކުރި މައްސަލަ

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި މައްސަލައިގައި 191.92 ގުރާމްގެ މަސްތުވާތަކެތި ފެނިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ސެޕްޓެމްބަރު 2025 | ހޯމަ 02:53
ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދުގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދުގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

ގދ. ތިނަދޫ އިން ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ މުހައްމަދު ސާޖިދު އަހުމަދުގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފިއެވެ.

ފުލުހުންގެ އިދާރާގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ސާޖިދު ހައްޔަރުކުރެވުނީ އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތުއެވެ. މި މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކް، ވޭޕް، ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ސާޖިދުގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށްދިޔައިރު، ސާޖިދު ވަނީ އޭނާ ފުލުހުންގެ ހުވާ ނުކުރާކަމަށް ބުނެފައެވެ. ނަމަވެސް ހުވާ ނުކުރިނަމަވެސް ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލްއެއްގެ ވަޒީފާ އަދާކޮށް، ވަޒީފާގެ މުސާރަ ނަގަމުން ގެންދިޔަކަން އޭނާ އެއްބަސްވެފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމަމުން ފާހަގަކުރި ގޮތުގައި، ރަސްމީ ގޮތެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ގާނޫނީގޮތުން ކުރަންޖެހޭ ހުވައެއް ކުރުމަށް ހާޒިރުވެ، އެތައް ދުވަހެއް ވަންދެން ވަޒީފާ އަދާކުރުމަށްފަހު، ރަސްމިއްޔާތުގައި ބައިވެރިވިނަމަވެސް ހުވާ ނުކުރާކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ސާޖިދުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

މުހައްމަދު ރާގިބު އަހުމަދުގދ. ތިނަދޫހައި ކޯޓުސުޕްރީމް ކޯޓުމަސްތުވާތަކެތި ޓްރެފިކްކުރުންސްޕެޝަލް ކޮންސްޓެބުލަރީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
05 ޑިސެމްބަރު 2025

މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

05 ޑިސެމްބަރު 2025
މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ
03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު