Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުވާ ނުކުރި މައްސަލަ

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް ސާޖިދު ހައްޔަރުކުރެވުނީ މަސްތުވާތަކެއްޗާއި އީ-ސިނގިރޭޓް ބެހޭ މައްސަލައެއްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ސެޕްޓެމްބަރު 2025 | ހުކުރު 08:19
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާ، އޭނާގެ ބަންދު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ގދ. ތިނަދޫ މުހައްމަދު ސާޖިދު އަހުމަދު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، އޭނާ 20 ދުވަހުގެ މުއްދަތަށް އަލުން ހައްޔަރުކުރުމާ ގުޅިގެންނެވެ. އޭނާ އަލުން ހައްޔަރުކުރީ ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި މައްސަލައިގައި ސާޖިދުއަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ދަށު ކޯޓުން ކަނޑައެޅުމުންނެވެ.

ސާޖިދަކީ ފުލުހުންގެ އިދާރާގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާ ހައްޔަރުކުރެވުނީ އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ. މި މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ.

ހައިކޯޓުގެ ޝަރީއަތުގައި ސާޖިދު ބުނެފައިވަނީ އޭނާ ފުލުހުންގެ ހުވާ ނުކުރާ ކަމަށެވެ. ނަމަވެސް ހުވާ ނުކުރިޔަސް ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލްއެއްގެ ވަޒީފާ އަދާކޮށް، ވަޒީފާގެ މުސާރަ ވެސް ނަގާފައިވާކަމަށް އޭނާ އެއްބަސްވިއެވެ.

ހައިކޯޓުން މައްސަލަ ނިންމިއިރު ފާހަގަކޮށްފައިވަނީ، ރަސްމީ ގޮތެއްގައި ބޭއްވި ރަސްމިއްޔާތަކަށް ގާނޫނީގޮތުން ކުރަންޖެހޭ ހުވައެއް ކުރުމަށް ހާޒިރުވެ، އެތައް ދުވަހެއް ވަންދެން ވަޒީފާ އަދާކުރުމަށްފަހު، ރަސްމިއްޔާތުގައި ބައިވެރިވިނަމަވެސް ހުވާ ނުކުރާކަމަށް ބުނުން ގަބޫލުކުރެވެން ނެތް ކަމަށެވެ.

މި މައްސަލައިގައި ސާޖިދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ގދ. ތިނަދޫގައި ހިނގި ވޭޕު މައްސަލައެއްގައި ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލްއެއް އެ މަގާމަށް ހުވާކޮށްފައި ނުވާކަމަށް ޝަރިއަތުގެ އަޑު އެހުމުގައި އޭނާ ވަނީ ބުނެފައެވެ. ޝަރީއަތުގެ މަޖިލީހުގައި އިތުރަށް ބުނެފައިވަނީ ވަޒީފާގެ ހުވާ ލައިދޭ މަޖިލީހުގައި ބައިވެރިވިކަމަށާއި، ހުވާ ލައިދިން ވަގުތުގައި ހުވާ ނުކިޔާކަމަށެވެ.

މުހައްމަދު ރާގިބު އަހުމަދުސުޕްރީމް ކޯޓުހައި ކޯޓުޢާއިޝަތު އާޒިމާ ޝަކޫރުގދ. ތިނަދޫމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު