Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ ސިޓީ

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

1 ސެޕްޓެމްބަރު 2026 | އަންގާރަ 08:56

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް، އެ ރަށު މޭޔަރު ސައުދު އަލީގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައިފި. އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ. މި ކުށްތައް ސާބިތުވެއްޖެ ނަމަ ދެ އަހަރާ ގާތްކުރާ މުއްދަތެއްގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ސެޕްޓެމްބަރު 2026 | އަންގާރަ 08:56
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ | ސޯޝަލް މީޑިއާ

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެ ދައުވާއެއް އުފުލައިފި އެވެ.

މި މައްސަލައިގައި ސައުދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

Advertisement - newsAdvertisement

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދުގެ މައްޗަށް ކުރަނީ، ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބުމަށް ބޭނުންވާ 10،000 މީހުންގެ އާބާދީ ހަމަވާ ރަށެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައިވާތީ އެވެ. އެގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އޭނާ ސޮއިކޮށް ފޮނުވި އާބާދީ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މީގެ އިތުރުން، އެލްޖީއޭއިން އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެދުމުން، ސައުދު ސޮއިކޮށް ފޮނުވި ދެވަނަ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވާކަން ތަހުގީގަށް ހާމަވެފައިވާކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެ ލިސްޓުގައި ތިނަދޫގެ އާބާދީއަކީ 10،150 މީހުން ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މި ކުށް ސާބިތުވެއްޖެނަމަ، ކުށުގެގެ އަސާސީ އަދަބެއްގެ ގޮތުގައި 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

ސައުދުގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ ކަމަށްވާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލާފައިވަނީ، މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

އަދި ފުލުހުންގެ ހިދުމަތުން މި މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާކުރުމަށް އެދުމުން، އެފަދަ ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ސައުދު ސޮއިކޮށް ފެކްސް މެސެޖެއް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މި ދައުވާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގަ އެވެ.

ގދ. ތިނަދޫސައުދު އަލީޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

5

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

ތިނަދޫ މޭޔަރު ސައުދު އަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް، އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން: ނަޝީދު

01 ސެޕްޓެމްބަރު 2026
ތިނަދޫ މޭޔަރު ސައުދު އަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް، އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން: ނަޝީދު
31 އޯގަސްޓު 2026

ތިނަދޫ ސިޓީގެ ކުޅިއަށް ކެމިކަލާއި ސިމެންތި ފެން އެޅި މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް!

31 އޯގަސްޓު 2026
ތިނަދޫ ސިޓީގެ ކުޅިއަށް ކެމިކަލާއި ސިމެންތި ފެން އެޅި މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް!
23 އޯގަސްޓު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ

23 އޯގަސްޓު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ
19 އޯގަސްޓު 2026

ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!

19 އޯގަސްޓު 2026
ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!
11 އޯގަސްޓު 2026

ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި

11 އޯގަސްޓު 2026
ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި
03 އޯގަސްޓު 2026

އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި

03 އޯގަސްޓު 2026
އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި
19 ޖުލައި 2026

ޖޫން މަހު 265 މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ އުފުލައިފި

19 ޖުލައި 2026
ޖޫން މަހު 265 މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ އުފުލައިފި
11 ޖުލައި 2026

ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދައުވާކޮށްފި

11 ޖުލައި 2026
ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދައުވާކޮށްފި
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
23 ޖޫން 2026

ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

23 ޖޫން 2026
ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް