Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ. ތިނަދޫ

ތިނަދޫ މޭޔަރު ސައުދު އަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް، އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން: ނަޝީދު

1 ސެޕްޓެމްބަރު 2026 | އަންގާރަ 19:23

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ހުށަހެޅި ކަމަށް ބުނެ އެ ރަށުގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕީޖީ އޮފީހުން ދެ ދައުވާއެއް އުފުލާފައިވާއިރު މި ދައުވާތަކަކީ އިންތިޚާބީ ކައުންސިލުތަކަށް ބިރުދެއްކުމަށް ކުރާ ސިޔާސީ ކަމެއް ކަމަށް ވިދާޅުވެ، އެ ދައުވާތައް އަނބުރާ ގެންދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ސެޕްޓެމްބަރު 2026 | އަންގާރަ 19:23
ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ

ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ | ތިނަދޫ ސިޓީ ކައުންސިލް

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެ ދައުވާއެއް އުފުލާފައިވާ އިރު، އެ ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މޭޔަރު ސައުދު އަށް މި ސަރުކާރުން ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި އެއީ އިންތިޚާބީ ކައުންސިލުތަކަށް ޖަލުގެ ބިރު ދެއްކުމަށް މި ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށާއި އެކަން ބަލައި ނުގަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ސައުދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދުގެ މައްޗަށް ކުރަނީ، ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބުމަށް ބޭނުންވާ 10،000 މީހުންގެ އާބާދީ ހަމަވާ ރަށެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައިވާތީ އެވެ. އެގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އޭނާ ސޮއިކޮށް ފޮނުވި އާބާދީ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މީގެ އިތުރުން އެލްޖީއޭއިން އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެދުމުން، ސައުދު ސޮއިކޮށް ފޮނުވި ދެވަނަ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވާކަން ތަހުގީގަށް ހާމަވެފައިވާކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެ ލިސްޓުގައި ތިނަދޫގެ އާބާދީއަކީ 10،150 މީހުން ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ދައުވާގައި ބުނެފައިވެ އެވެ. މި ކުށް ސާބިތުވެއްޖެނަމަ، ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

ސައުދުގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ ކަމަށްވާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލާފައިވަނީ، މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

މީގެއިތުރުން ފުލުހުންގެ ހިދުމަތުން މި މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާކުރުމަށް އެދުމުން، އެފަދަ ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ސައުދު ސޮއިކޮށް ފެކްސް މެސެޖެއް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. މި ދައުވާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގަ އެވެ.

ގދ. ތިނަދޫސައުދު އަލީމުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

01 ސެޕްޓެމްބަރު 2026
ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި
31 އޯގަސްޓު 2026

ތިނަދޫ ސިޓީގެ ކުޅިއަށް ކެމިކަލާއި ސިމެންތި ފެން އެޅި މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް!

31 އޯގަސްޓު 2026
ތިނަދޫ ސިޓީގެ ކުޅިއަށް ކެމިކަލާއި ސިމެންތި ފެން އެޅި މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް!
29 އޯގަސްޓު 2026

މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު

29 އޯގަސްޓު 2026
މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު
20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

12 އޯގަސްޓު 2026

10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

12 އޯގަސްޓު 2026
10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި
12 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު

12 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު
11 އޯގަސްޓު 2026

ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު

11 އޯގަސްޓު 2026
ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
30 ޖުލައި 2026

ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަޝީދު

30 ޖުލައި 2026
ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަޝީދު
30 ޖުލައި 2026

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު

30 ޖުލައި 2026
އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް