Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެކްސިޑެންޓު

އިންޑޮނޭޝިއާގެ ރަން ނަގާ މައިނެއްގެ ތެރޭގައި ތާށިވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް

26 ނޮވެމްބަރު 2026 | ބުރާސްފަތި 08:03

އިންޑޮނޭޝިއާގެ ބޮގޯރް ސަރަހައްދުގައި ހުރި ނުގަވާއިދުން ހިންގާ ރަން ނަގާ މައިނެއްގައި ފެންބޮޑުވެ، 100 މީޓަރު އަޑީގައި ތާށިވި 26 މަސައްކަތްތެރިންގެ ތެރެއިން 13 މީހަކު މަރުވެއްޖެ. މޫސުން ގޯސްވުމާއި މައިނުގެ ނުރައްކާތެރިކަމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 26 ނޮވެމްބަރު 2026 | ބުރާސްފަތި 08:03
އިންޑޮނޭޝިއާގެ މައިނެއްގެ ތެރޭގައި ފެންބޮޑުވެ، ތާށިވެގެން މަރުވި މީހެއްގެ ހަށިގަނޑު ނަގައި، އެމްބިއުލާންސަކަށް އަރުވަނީ

އިންޑޮނޭޝިއާގެ މައިނެއްގެ ތެރޭގައި ފެންބޮޑުވެ، ތާށިވެގެން މަރުވި މީހެއްގެ ހަށިގަނޑު ނަގައި، އެމްބިއުލާންސަކަށް އަރުވަނީ | އޭއެފްޕީ

އިންޑޮނޭޝިއާގެ ހުޅަނގު ޖާވާ ޕްރޮވިންސްގައި ނުގަވާއިދުން ހިންގާ ރަން ނަގާ މައިނެއްގެ ތެރޭގައި ތާށިވެފައިވާ 13 މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ބުރާސްފަތި ދުވަހު އަލުން ފަށާނެ ކަމަށް، އެ ގައުމުގެ ފުލުހުންނާއި މީހުން ސަލާމަތްކުރާ އިދާރާތަކުން ބުނެފި އެވެ. މި ހާދިސާގައި މިހާތަނަށް 13 މީހުން މަރުވެފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކަރްތާގެ ދެކުނުން އޮންނަ ބޮގޯރް ސަރަހައްދުގައި ހުންނަ މި މައިނަށް ޖުމުލަ 26 މަސައްކަތްތެރިން ވަދެފައި ވަނީ ހޯމަ ދުވަހު އެވެ. އެ މީހުން ބިމުގެ އަޑިން 100 މީޓަރު  އަޑީގައި ތާށިވީ، ބޯކޮށް ވާރޭވެހި މައިނުގައި ފެންބޮޑުވުމުގެ ސަބަބުންނެވެ.

Advertisement - worldAdvertisement

ހުޅަނގު ޖާވާގެ ފުލުހުންގެ ވެރިޔާ ހެންގްކީ ވިދާޅުވީ، މަރުވި 13 މީހުންގެ ތެރެއިން ހަ މީހެއްގެ ހަށިގަނޑު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި، މޫސުން ގޯސްނުވާ ނަމަ ބުރާސްފަތި ދުވަހު ވެސް މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައިނުގެ ވަޅުގަނޑުގެ ހަނިކަމާއި، ކައްސާ ގޮތް ހުރުމުގެ އިތުރުން އަނދިރިކަމުގެ ސަބަބުން އެ ތަނުގެ ތެރެއަށް ވަނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

އިންޑޮނޭޝިއާގެ ސަރޗް އެންޑް ރެސްކިއު އޭޖެންސީން ހާމަކުރި ގޮތުގައި، ރެސްކިއު ޓީމުތަކުން މަސައްކަތް އަމާޒުކޮށްފައި ވަނީ މައިނުގެ ދެ ވަޅުގަނޑަކަށެވެ. އެ ވަޅުގަނޑުތަކަށް ފޭބުމަށް ވާ ބޭނުންކުރަމުން ދިޔަ ނަމަވެސް، ކޮނެފައިވާ ތަނުގެ 100 މީޓަރުގެ ފުންމިނުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ނުގަވާއިދުން ހިންގާ 'މައިނިންގ' ނުވަތަ ބިމުގެ އަޑިން މައުދަން ނެގުމުގެ މަސައްކަތްތަކުގެ ސަބަބުން އިންޑޮނޭޝިއާގައި މީގެ ކުރިން ވެސް ސިލްސިލާ ހާދިސާތަކެއް ހިނގާފައިވެ އެވެ. މީގެ މައިގަނޑު ސަބަބަކީ ގުދުރަތީ މައުދަންތައް ހުންނަނީ އެ ގައުމުގެ ކަމާބެހޭ އިދާރާތަކަށް ބަލަހައްޓަން އުނދަގޫ، ދުރު ސަރަހައްދުތަކުގައި ކަމަށް ވުމެވެ.

މި ގޮތުން، ހަމަ އެ ސަރަހައްދުގައި ހުއްދަ ނެތި ހިންގާ ރަން ނަގާ މައިނެއްގައި ޖަނަވަރީ މަހު 'ކާބަން މޮނޮކްސައިޑް' ވިހަވެގެން ގިނަ އަދަދެއްގެ މަސައްކަތްތެރިންތަކެއް މަރުވި ކަމަށް، އެ ގައުމުގެ ނޫހެއް ކަމަށްވާ ޑެޓިކްއިން ރިޕޯޓުކޮށްފައިވެ އެވެ.

އެ ސަރަހައްދުގައި ރަން ނެގުމުގެ މަސައްކަތް ހިންގާ ދައުލަތުގެ މައިނިން ކުންފުނި އަންޓަމްއިން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ހުއްދަ ނެތި ހިންގާ މައިނެއްގައި ކަމަށާއި، އެއީ އެ ކުންފުނީގެ މަސައްކަތްތަކާ ގުޅުން ހުރި ތަނެއް ނޫން ކަމަށެވެ.

މަސްދަރު: ރޮއިޓަރސް

އިންޑޮނޭޝިއާވެސްޓް ޖާވާޖަކާޓާމައިންކުރުން

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

5

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

އިންޑޮނޭޝިއާގެ ފެކްޓްރީއެއްގައި ރޯވެ 24 މީހުން މަރުވެއްޖެ

23 ނޮވެމްބަރު 2026
އިންޑޮނޭޝިއާގެ ފެކްޓްރީއެއްގައި ރޯވެ 24 މީހުން މަރުވެއްޖެ
23 ނޮވެމްބަރު 2026

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 24 މީހުން މަރުވެ، 30 މީހުން ގެއްލިއްޖެ

23 ނޮވެމްބަރު 2026
އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 24 މީހުން މަރުވެ، 30 މީހުން ގެއްލިއްޖެ
12 ނޮވެމްބަރު 2026

ތަޢުލީމީ ސަނަދުގެ މައްސަލައިގައި އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

12 ނޮވެމްބަރު 2026
ތަޢުލީމީ ސަނަދުގެ މައްސަލައިގައި އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
28 އޮކްޓޯބަރު 2026

ޕްރަބޯވޯގެ ސިޔާސަތުތަކާ ދެކޮޅަށް ދަރިވަރުން އިހުތިޖާޖަށް ނުކުންނަން ތައްޔާރުވެއްޖެ

28 އޮކްޓޯބަރު 2026
ޕްރަބޯވޯގެ ސިޔާސަތުތަކާ ދެކޮޅަށް ދަރިވަރުން އިހުތިޖާޖަށް ނުކުންނަން ތައްޔާރުވެއްޖެ
22 އޮކްޓޯބަރު 2026

ތުރުކީވިލާތުން އިސްވެ އުފެއްދި އާ ދިފާޢީ އިއްތިހާދު: ދުނިޔޭގެ އަސްކަރީ ބާރުތައް ސިއްސުވާލެވޭނެތަ؟

22 އޮކްޓޯބަރު 2026
ތުރުކީވިލާތުން އިސްވެ އުފެއްދި އާ ދިފާޢީ އިއްތިހާދު: ދުނިޔޭގެ އަސްކަރީ ބާރުތައް ސިއްސުވާލެވޭނެތަ؟
21 އޮކްޓޯބަރު 2026

އިންޑޮނީޝިޔާގައި އަލިފާން ރޯވި ފެރީއަކުން 460 މީހުން ސަލާމަތްކޮށްފި

21 އޮކްޓޯބަރު 2026
އިންޑޮނީޝިޔާގައި އަލިފާން ރޯވި ފެރީއަކުން 460 މީހުން ސަލާމަތްކޮށްފި
11 އޮކްޓޯބަރު 2026

ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި

11 އޮކްޓޯބަރު 2026
ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި
14 ސެޕްޓެމްބަރު 2026

އިންޑޮނޭޝިޔާގެ މައުންޓް ސެމޭރޫ ތިން ފަހަރަށް ގޮވައި، 1،000 މީޓަރަށް އަޅިއާއި ދުން ފެތުރެނީ

14 ސެޕްޓެމްބަރު 2026
އިންޑޮނޭޝިޔާގެ މައުންޓް ސެމޭރޫ ތިން ފަހަރަށް ގޮވައި، 1،000 މީޓަރަށް އަޅިއާއި ދުން ފެތުރެނީ
14 ސެޕްޓެމްބަރު 2026

ޖާވާ ކަނޑަށް ފަސިންޖަރު ބޯޓެއް ބަންޑުން ޖަހާލާ 129 މީހުން ގެއްލިއްޖެ، މޫސުން ގޯސްވުމުން ހޯދުމަށް ބޮޑެތި ހުރަސްތަކެއް

14 ސެޕްޓެމްބަރު 2026
ޖާވާ ކަނޑަށް ފަސިންޖަރު ބޯޓެއް ބަންޑުން ޖަހާލާ 129 މީހުން ގެއްލިއްޖެ، މޫސުން ގޯސްވުމުން ހޯދުމަށް ބޮޑެތި ހުރަސްތަކެއް
13 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގެ ފެރީއެއް ގެއްލުނު ހާދިސާގައި 102 މީހުން ސަލާމަތްކޮށްފި، އެކަކު މަރު

13 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގެ ފެރީއެއް ގެއްލުނު ހާދިސާގައި 102 މީހުން ސަލާމަތްކޮށްފި، އެކަކު މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް