Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިފާނުގެ ހާދިސާ

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 24 މީހުން މަރުވެ، 30 މީހުން ގެއްލިއްޖެ

23 ނޮވެމްބަރު 2026 | ހޯމަ 06:10

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާއިރު، މިއީ އެއާކޮންޑިޝަނަރެއް ޝޯޓް ސަރކިޓްވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ. މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ވަކިކުރަން ނޭނގޭ ވަރަށް އަނދާފައިވާތީ ޑީއެންއޭ މެދުވެރިކޮށް ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން. އަދި، ކާރުޚާނާގެ ސަލާމަތީ މިންގަނޑުތައް ހުރިގޮތް ބަލައި، އިހުމާލެއް އޮތްތޯ ބެލުމަށް ސަރުކާރުން ވަނީ ތަހުގީގެއް ފަށާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 23 ނޮވެމްބަރު 2026 | ހޯމަ 06:10
އިންޑޮނޭޝިއާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކާރުޚާނާގެ ޑްރޯން ފޮޓޯއެއް

އިންޑޮނޭޝިއާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކާރުޚާނާގެ ޑްރޯން ފޮޓޯއެއް | ރޮއިޓަރސް

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 24 މީހުން މަރުވެފައިވާ ކަން އެ ޤައުމުގެ ސަރުކާރުން ހޯމަ ދުވަހު ކަށަވަރުކޮށްދީފި އެވެ. އަނދައި އަޅިއަށްވެފައިވާ އިމާރާތުގެ ނުރައްކާތެރި ބައިތަކުގެ ތެރެއަށް ވަދެ، ގެއްލިފައިވާ ކަމަށް ބެލެވޭ ގާތްގަނޑަކަށް 30 މީހުން ހޯދުމުގެ މަސައްކަތް މީހުން ސަލާމަތްކުރާ ޓީމުތަކުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ވެރިރަށް ޖަކަރްތާއާ ގާތްގަނޑަކަށް އެއް ގަޑިއިރުގެ ދަތުރެއްގެ ދުރުމިނުގައި އޮންނަ ބަންޓެން ޕްރޮވިންސްގެ ޗިކަންޑޭގައި ހުންނަ ޕީޓީ ފޮނޫސާ އަގުންގް މުލިއާ ކޮންފެކްޝަނަރީ ކާރުޚާނާގެ އިމާރާތެއްގައި އަލިފާން ރޯވީ ހޮނިހިރު ދުވަހުގެ އިރާކޮޅެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement - worldAdvertisement

މަސައްކަތްތެރިންގެ މައްސަލަތަކާ ގުޅޭ ރިޔާސީ މުޝީރު ސަޢީދު އިޤްބާލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގައި 24 މީހުން މަރުވެފައިވާ ކަމަށާއި، ކާރުޚާނާގައި ސަލާމަތީ މިންގަނޑުތަކާއި އުސޫލުތައް ތަންފީޒުކޮށްފައިވާ މިންވަރު މިހާރު ވަޒަންކުރަމުން އަންނަ ކަމަށެވެ. މިއާއެކު، އެ ކާރުޚާނާގެ ޗީފް އެގްޒެކެޓިވް ހާޒިރުކޮށް ސުވާލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފުރަތަމަ ލިބިފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ އެއާ ކޮންޑިޝަނަރެއްގައި ޝޯޓް ސަރކިޓެއް ހިނގައިގެން ކަމަށް ބެލެވޭ ކަން ސަޢީދު ފާހަގަކުރެއްވި އެވެ.

ކާރުޚާނާގެ ހާލަތާއި ކުންފުނީގެ މައުލޫމާތު

މި ކާރުޚާނާއަކީ ޔުނައިޓެޑް ފެމިލީ ފުޑް ކުންފުނިން ހިންގާ ތަނެކެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެދުމުން އެ ކުންފުނިން ޖަވާބެއް ދީފައެއް ނުވެ އެވެ. އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން، ޖުމުލަ 5,000 މުވައްޒަފުން މަސައްކަތްކުރާ އެ ކުންފުންޏަކީ އިންޑޮނޭޝިއާގެ އެތެރޭގެ ބާޒާރަށް އާންމު ބޭނުންތަކުގެ މުދާ ފޯރުކޮށްދޭ ބޮޑު ކުންފުންޏެކެވެ. ބޭރު ޤައުމުތަކުގައި ހަތަރު އޮފީސް ހިންގާ އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި، މަޝްހޫރު ކޮންފެކްޝަނަރީ ބްރޭންޑެއް ކަމަށްވާ 'މިލްކީޓާ' އަދި އިންސްޓަންޓް ނޫޑްލްސްގެ ބާވަތެއް ކަމަށްވާ 'ލެމޮނިލޯ' ހިމެނެ އެވެ.

ކާރުޚާނާގެ ސީއީއޯ ސްޓީވަން އަރވިން ވިޖާޔާ ހާމަކުރެއްވީ، ހޮނިހިރު ދުވަހުގެ ޝިފްޓުގައި އެ ކާރުޚާނާގެ ކޮމްޕްލެކްސްގައި ގާތްގަނޑަކަށް 300 މީހުން ތިބި ކަމަށެވެ.

މީހުން ހޯދުމުގެ ދަތިތަކާއި ހަށިތައް ދެނެގަތުމުގެ މަސައްކަތް

ބަންޓެންގެ ސަރޗް އެންޑް ރެސްކިއު އޭޖެންސީގެ ވެރިޔާ އަލް އަމްރާދު ފާހަގަކުރެއްވީ، އިމާރާތުގެ ބައެއް ތަންތަނުގައި އަދިވެސް އަލިފާނުގެ ހޫނުކަން ހުރުމާއެކު، އިމާރާތް އިތުރަށް ބަލިކަށިވެ ވެއްޓުމުގެ ބިރު ބޮޑުވުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. މި ގޮތުން، ހޯމަ ދުވަހު ވެސް މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި 29 މީހުން ސަލާމަތްވެފައިވާ ކަން ކަށަވަރުވެފައިވާ ކަމަށާއި، އޭގެ ތެރެއިން ފަސް މީހަކަށް ހަސްފަތާލުގައި ފަރުވާ ދެމުން އަންނަ ކަމަށް އަލް އަމްރާދު ވިދާޅުވި އެވެ. ހަމަމިއާއެކު، މީހުން ސަލާމަތްކުރާ ޓީމުތަކުން މަރުވެފައިވާ މީހުންގެ ހަށިތަކާއި ހަށިތަކުގެ ބައިތައް ހުރި 24 ބޮޑީ ބޭގް އެ ސަރަހައްދުން ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިދާރާތަކަށް މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރުކޮށްދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ވަޙްޔޫ ހިދާޔަތީ ވިދާޅުވީ، އަލިފާންގަނޑު ގަދަވުމުގެ ސަބަބުން ފެނިފައިވާ މީހުންގެ ހަށިތައް ބެލި ބެލުމުން ކާކުކަން ދެނެގަނެވޭ ވަރަށްވުރެ ބޮޑަށް އަނދާފައިވާ ކަމަށެވެ. އެހެންކަމުން، އާއިލާތަކުގެ މެންބަރުންގެ ކިބައިން ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ މަސައްކަތަށް ހަފުތާތަކެއް ނަގައިފާނެ ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.

މަސްދަރު: ރޮއިޓަރސް

އިންޑޮނޭޝިއާޖަކާޓާއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2026

ފަރުކޮޅުފުއްޓާ ދިމާ ބޭރުން ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

20 ނޮވެމްބަރު 2026
ފަރުކޮޅުފުއްޓާ ދިމާ ބޭރުން ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
12 ނޮވެމްބަރު 2026

ތަޢުލީމީ ސަނަދުގެ މައްސަލައިގައި އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

12 ނޮވެމްބަރު 2026
ތަޢުލީމީ ސަނަދުގެ މައްސަލައިގައި އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
28 އޮކްޓޯބަރު 2026

ޕްރަބޯވޯގެ ސިޔާސަތުތަކާ ދެކޮޅަށް ދަރިވަރުން އިހުތިޖާޖަށް ނުކުންނަން ތައްޔާރުވެއްޖެ

28 އޮކްޓޯބަރު 2026
ޕްރަބޯވޯގެ ސިޔާސަތުތަކާ ދެކޮޅަށް ދަރިވަރުން އިހުތިޖާޖަށް ނުކުންނަން ތައްޔާރުވެއްޖެ
26 އޮކްޓޯބަރު 2026

ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

26 އޮކްޓޯބަރު 2026
ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
26 އޮކްޓޯބަރު 2026

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވުން: ހާދިސާ އިތުރަށް ތަހުގީގުކުރުމަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް އެ ރަށަށް

26 އޮކްޓޯބަރު 2026
ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވުން: ހާދިސާ އިތުރަށް ތަހުގީގުކުރުމަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް އެ ރަށަށް
25 އޮކްޓޯބަރު 2026

ފުނަދޫ ޕެޓްރޯލް ޝެޑުގެ އަލިފާނުގެ ހާދިސާ: އެއްގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް!

25 އޮކްޓޯބަރު 2026
ފުނަދޫ ޕެޓްރޯލް ޝެޑުގެ އަލިފާނުގެ ހާދިސާ: އެއްގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް!
25 އޮކްޓޯބަރު 2026

ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ

25 އޮކްޓޯބަރު 2026
ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ
22 އޮކްޓޯބަރު 2026

ތުރުކީވިލާތުން އިސްވެ އުފެއްދި އާ ދިފާޢީ އިއްތިހާދު: ދުނިޔޭގެ އަސްކަރީ ބާރުތައް ސިއްސުވާލެވޭނެތަ؟

22 އޮކްޓޯބަރު 2026
ތުރުކީވިލާތުން އިސްވެ އުފެއްދި އާ ދިފާޢީ އިއްތިހާދު: ދުނިޔޭގެ އަސްކަރީ ބާރުތައް ސިއްސުވާލެވޭނެތަ؟
21 އޮކްޓޯބަރު 2026

އިންޑޮނީޝިޔާގައި އަލިފާން ރޯވި ފެރީއަކުން 460 މީހުން ސަލާމަތްކޮށްފި

21 އޮކްޓޯބަރު 2026
އިންޑޮނީޝިޔާގައި އަލިފާން ރޯވި ފެރީއަކުން 460 މީހުން ސަލާމަތްކޮށްފި
11 އޮކްޓޯބަރު 2026

ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި

11 އޮކްޓޯބަރު 2026
ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް