Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިޔާ

ޖާވާ ކަނޑަށް ފަސިންޖަރު ބޯޓެއް ބަންޑުން ޖަހާލާ 129 މީހުން ގެއްލިއްޖެ، މޫސުން ގޯސްވުމުން ހޯދުމަށް ބޮޑެތި ހުރަސްތަކެއް

14 ސެޕްޓެމްބަރު 2026 | ހޯމަ 07:22

އިންޑޮނޭޝިޔާގެ ޖާވާ ކަނޑަށް ބަންޑުންޖަހާލި 'ވަރގޯ ޓްރާންސްޕޯޓް 8' ބޯޓުން ގެއްލުނު 129 މީހުން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން މި މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި. ޖުމްލަ 243 މީހުންނާއެކު ދަތުރުކުރި މި ބޯޓުން މިހާތަނަށް 108 މީހުން ސަލާމަތްކުރެވިފައިވާއިރު، ހަ މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 14 ސެޕްޓެމްބަރު 2026 | ހޯމަ 07:22

އިންޑޮނޭޝިޔާގެ ޖާވާ ކައިރިއަށް ބަންޑުންޖަހާލި ބޯޓު އޮތް ސަރަހައްދު | އެކްސް

އިންޑޮނޭޝިޔާގެ ޖާވާ ކަނޑަށް މިދިޔަ ހަފުތާ ބަންދުގައި ބަންޑުން ޖަހާލި ފަސިންޖަރުން އުފުލާ ބޯޓުން ގެއްލުނު 129 މީހުން ހޯދުމުގެ މަސައްކަތުގައި، އެ ގައުމުގެ ކޯސްޓްގާޑާއި ނޭވީ ހިމެނޭހެން ސަތޭކައަށް ވުރެ ގިނަ ރެސްކިޔު އޮފިސަރުން ކުރަމުން އެބަދެ އެވެ. މި ހާދިސާގައި މިހާތަނަށް ހަ މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެ އެވެ.

ޖުމްލަ 243 މީހުންނާ އެކު ދަތުރުކުރި 'ވަރގޯ ޓްރާންސްޕޯޓް 8' ނަމަކަށް ކިޔާ މި ބޯޓު ބަންޑުން ޖަހާލައި ގެއްލިފައި ވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ރެސްކިޔު އެޖެންސީން ބުނެ އެވެ. އިރުމަތީ ޖާވާގެ ސުރަބާޔާއިން ފުރައިގެން ދެކުނު ކަލިމަންޓާންގެ ބަންޖަރުމާސިންއަށް ދަތުރުކުރި މި ބޯޓުން މިހާތަނަށް 108 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

Advertisement - worldAdvertisement

ކަނޑުގަދަވެ ބޮޑެތި ރާޅުތަކާއެކު ބާރުގަދަ ވައިޖެހެމުން ދާތީ، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ގައުމީ ރެސްކިޔު އެޖެންސީގެ ވެރިޔާ މުހައްމަދު ޝާފިޢީ ވިދާޅުވި އެވެ. ގެއްލިފައިވާ ފަސިންޖަރުން ހޯދުމަށް ޓަކައި އެ އެޖެންސީން ގާތްގަނޑަކަށް 622 މުވައްޒަފުންނާއި، 17 އުޅަނދާއި، ފަސް ހެލިކޮޕްޓަރުގެ އިތުރުން މަތިންދާބޯޓުތައް ވެސް މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

ބައެއް އުޅަނދުތައް ހާދިސާ ހިނގި ސަރަހައްދަށް ދަތުރުކޮށްފައިވީ ނަމަވެސް، ބަންޑުން ޖަހާލާފައިވާ ބޯޓުގެ އެތެރެއަށް ވަނުމަށް ރެސްކިޔު ޓީމުގެ މެންބަރުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ޝާފިޢީ ފާހަގަކުރެއްވި އެވެ. "އަޅުގަނޑުމެން ފެނު އަޑީގައި ހަރަކާތްތެރިވާނެ ފަންނީ މުވައްޒަފުން ވެސް ފޮނުވަން ބޭނުންވޭ، ނަމަވެސް މިހާރު މޫސުން ހުރި ގޮތުން އެ ކަން ކުރެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ. މޫސުން ރަނގަޅުވަންދެން އިންތިޒާރުކުރަމުންދާއިރު، އިތުރު ފަންނީ މުވައްޒަފުން ދެނެގަނެ ތައްޔާރުކުރަމުންދާ ކަމަށާއި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ ހައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރެސްކިޔު އެޖެންސީން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ރަތާއި ކަޅު ކުލައިގެ ބޮޑު އެ ބޯޓު އޮތީ ބަންޑުން ޖަހާލާފަ އެވެ. އަދި، ބޯޓުގެ ބައެއް ފެނުގެ އަޑީގައި އޮތް އިރު، ބޯޓުގެ ފުލުގައި ލާފައިވާ ރަތް ކުލައިގެ ދަވާދު ފެންނަން އޮތީ ލޮނުގަނޑުން މައްޗަށެވެ. މީގެ އިތުރުން، ބަންޑުން ޖަހާލާފައިވާ ބޯޓު ކައިރީގައި، މީހުން ތިބި ދެ ކުޑަ ބޯޓެއް ގަދަ ކަނޑުގެ ތެރޭގައި އޮޔާދަނިކޮށް ވެސް އެ މަންޒަރުތަކުން ފެނެ އެވެ.

ގެއްލިފައިވާ މީހުން ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދު ފަނޑު

ބަންޑުން ޖަހާލި ބޯޓު އޮތް ސަރަހައްދަކީ ބަންޖަރުމާސިންގެ ތްރިސަކްތީ ބަނދަރުގައި ގާއިމުކޮށްފައިވާ ކޮމާންޑް ސެންޓަރާ ގާތްގަނޑަކަށް 80 ނޯޓިކަލް މޭލު ދުރު ސަރަހައްދެއް ކަމަށް ރެސްކިޔު އެޖެންސީގެ އޮފިޝަލަކު ވިދާޅުވި އެވެ. "އެ ސަރަހައްދުގައި ވަރަށް ބާރަށް ވައިޖެހެމުންދާތީ، އުޅަނދުތައް އެ ސަރަހައްދަށް ކައިރިކުރުމަށް ވަނީ ދަތިވެފައި،" އަރިއަންޓޯ އާޑީ ވިދާޅުވި އެވެ.

ހާދިސާ ހިނގި ވަގުތު މޫސުން ގޯސްވެ، ތިން މީޓަރުގެ އުސް ރާޅުތައް ބޯޓަށް ބިންދަމުން ދިޔަ ކަމަށް ޝާފިޢީ ވިދާޅުވި އެވެ. މޫސުން ރަނގަޅު ނަމަ ތްރިސަކްތީ ބަނދަރުން އެ ސަރަހައްދަށް ދިއުމަށް ފަސް ގަޑިއިރު ހޭދަވި ނަމަވެސް، މިހާރު އޮތް ގޯސް ހާލަތުގެ ސަބަބުން އެ ސަރަހައްދަށް ދިއުމަށް ނުވަ ގަޑިއިރު ހޭދަވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ބޯޓުގެ ކަނާތްފަރާތަށް ބާރުގަދަ ރާޅުތަކެއް ބިންދާލުމާ ގުޅިގެން ބޯޓު އެއްފަރާތަކަށް ވަރަށް ބޮޑަށް އަރިވެގެން ދިޔަ ކަމަށް އެ އެޖެންސީގެ އޮފިޝަލެއް ކަމަށްވާ އެޑީ ޕްރަކޯސޯ އާދީއްތަ ދުވަހު ވިދާޅުވި އެވެ. ނަމަވެސް، ބަންޑުން ޖަހާލި ބޯޓަކީ 500 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށާއި، ބޯޓުގައި މީހުން އުފުލާފައި ވަނީ ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށް ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ޑޫޑީ ޕުރްވަގަންދީ ވިދާޅުވި އެވެ.

އިންޑޮނޭޝިޔާގެ 17,000 އަށް ވުރެ ގިނަ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް އެ ގައުމުން ބޮޑަށް ބަރޯސާވަނީ ފެރީތަކަށެވެ. ވައިގެ މަގުން ދަތުރުކުރުމަށް ވުރެ ކަނޑު ދަތުރުފަތުރުގެ އަގު ހެޔޮވެފައި ފަސޭހައިން ލިބެން ހުންނާތީ ގިނަ ބަޔަކު ކަނޑުދަތުރު އިޚްތިޔާރު ކުރި ނަމަވެސް، މި ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ އާންމުވެފަ އެވެ. މިދިޔަ މަހު ހިނގި ވަކިވަކި ހާދިސާތަކެއްގައި، އެތައް ސަތޭކަ ފަސިންޖަރުންނާއެކު ދަތުރުކުރި ދެ ފެރީއެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. މަދޫރާ ޖަޒީރާ ކައިރިން ފެރީއެއްގައި ރޯވި ހާދިސާގައި ފަސް މީހުން މަރުވި އިރު، ފަތުރުވެރިކަމަށް މަޝްހޫރު ބާލީން ދަތުރުކުރި ފެރީއެއްގައި ރޯވެ އެކަކު ވަނީ މަރުވެފަ އެވެ.

މަސްދަރު: ރޮއިޓަރސް

އިންޑޮނޭޝިއާޖާވާސުރަބާޔާކަލިމަންޓަންބަންޖަރުމާސިންވާގޯ ޓްރާންސްޕޯޓް 8

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގެ ފެރީއެއް ގެއްލުނު ހާދިސާގައި 102 މީހުން ސަލާމަތްކޮށްފި، އެކަކު މަރު

13 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގެ ފެރީއެއް ގެއްލުނު ހާދިސާގައި 102 މީހުން ސަލާމަތްކޮށްފި، އެކަކު މަރު
07 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައި 170،000 ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެއްޖެ

07 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައި 170،000 ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެއްޖެ
04 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގެ ސްކޫލަކުން ކެއި 2,000 އެއްހާ ދަރިވަރުންނާއި މުދައްރިސުން ބޭރަށްހިންގަނީ

04 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގެ ސްކޫލަކުން ކެއި 2,000 އެއްހާ ދަރިވަރުންނާއި މުދައްރިސުން ބޭރަށްހިންގަނީ
16 އޯގަސްޓު 2026

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް، ބޮޑެތި ގެއްލުންތަކެއް!

16 އޯގަސްޓު 2026
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް، ބޮޑެތި ގެއްލުންތަކެއް!
15 އޯގަސްޓު 2026

އިންޑޮނީޝިއާގެ ފްލޯރެސްއަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމުގައި 5 މީހުން މަރު

15 އޯގަސްޓު 2026
އިންޑޮނީޝިއާގެ ފްލޯރެސްއަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމުގައި 5 މީހުން މަރު
02 އޯގަސްޓު 2026

އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ

02 އޯގަސްޓު 2026
އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ
03 ޖުލައި 2026

އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް

03 ޖުލައި 2026
އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް
30 ޖޫން 2026

ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

30 ޖޫން 2026
ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
28 ޖޫން 2026

ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"

28 ޖޫން 2026
ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"
08 ޖޫން 2026

ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

08 ޖޫން 2026
ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް