Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިޔާ

އިންޑޮނޭޝިޔާގެ މައުންޓް ސެމޭރޫ ތިން ފަހަރަށް ގޮވައި، 1،000 މީޓަރަށް އަޅިއާއި ދުން ފެތުރެނީ

14 ސެޕްޓެމްބަރު 2026 | ހޯމަ 08:50

އިންޑޮނޭޝިޔާގެ އިރުމަތީ ޖާވާގައި ހުންނަ މައުންޓް ސެމޭރޫ ތިން ފަހަރެއްގެ މަތިން ގޮވައި، ފަރުބަދައިގެ ކުންނުން 1،000 މީޓަރު އުސްމިނަށް އަޅިތައް ބޭރުވެއްޖެ. މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފަރުބަދައިގެ ނުރައްކަލުގެ ދަރަޖަ ލެވެލް 3 އަށް މަތިކޮށް، ފަރުބަދައިގެ ހަރަކާތްތައް މޮނިޓަރު ކުރަން ފަށާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 14 ސެޕްޓެމްބަރު 2026 | ހޯމަ 08:50
އިންޑޮނޭޝިޔާގެ މައުންޓް ސެމޭރޫ އަލިފާން ފަރުބަދަ ގޮވަން ފަށާ، އެއިން އަޅިއާއި ދުން އަރަމުންދާ މަންޒަރު

އިންޑޮނޭޝިޔާގެ މައުންޓް ސެމޭރޫ އަލިފާން ފަރުބަދަ ގޮވަން ފަށާ، އެއިން އަޅިއާއި ދުން އަރަމުންދާ މަންޒަރު | އަނަދޮލޫ

އިންޑޮނޭޝިޔާގެ މައުންޓް ސެމޭރޫ އަލިފާން ފަރުބަދަ މިއަދު ހެނދުނުގެ ވަގުތެއްގައި ތިން ފަހަރެއްގެ މަތިން ގޮވައި، ފަރުބަދައިގެ ކުންނުން ފެށިގެން 1،000 މީޓަރު އުސްމިނަށް އަޅިތައް ބޭރުވެ، ދުން އަރަމުންދާ ކަމަށް އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކޮށްފި އެވެ. ޖާވާ ޖަޒީރާގައި ހުރި އެންމެ އުސް ފަރުބަދަ ކަމަށްވާ 3،676 މީޓަރު އުސް މި އަލިފާން ފަރުބަދަ މިހާރު އޮތީ، އެ ގައުމުގެ އަލިފާން ފަރުބަދަތަކުގެ ނުރައްކާ އަންގައިދޭ ހަތަރު ދަރަޖައިގެ ތެރެއިން ދެވަނައަށް އެންމެ ނުރައްކާތެރި ދަރަޖަ ކަމަށްވާ ލެވެލް 3 ގަ އެވެ.

މި އަލިފާން ފަރުބަދަ ހުންނަނީ އިންޑޮނޭޝިޔާގެ ޖަޒީރާ ރަށްތަކުގެ ހުޅަނގު ފަރާތުގައިވާ އިރުމަތީ ޖާވާ ޕްރޮވިންސްގެ ލުމަޖަންގ އަދި މަލަންގ ރީޖެންސީ ގުޅޭ ބޯޑަރުގަ އެވެ.

Advertisement - worldAdvertisement

ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދުނު އަޅިތައް ކުންނުން ފެށިގެން ގާތްގަނޑަކަށް 500 މީޓަރާއި، 800 މީޓަރު އަދި 1،000 މީޓަރުގެ އުސްމިނަށް ބުރައިގެން ގޮސްފައިވާ ކަމަށް، އަނަދޯލް ނޫސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން އިންޑޮނޭޝިޔާގެ ނޭޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނު ބަރްތަން ޕަންޖައިތާން ވިދާޅުވި އެވެ.

އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން އަލިފާން ފަރުބަދަތަކުގެ ހަރަކާތްތައް މޮނިޓަރު ކުރަމުންދާއިރު، މައުންޓް ސެމޭރޫއަކީ މިވަގުތު ލެވެލް 3 ގެ އެލާޓް ނެރެފައިވާ ފަސް ފަރުބަދައިގެ ތެރެއިން އެއް ފަރުބަދަ އެވެ. ސެމޭރޫއަކީ އެ ގައުމުގައި ހުރި އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ ފަރުބަދައަކަށް ވާއިރު، ފާއިތުވި އަހަރުތަކުގައި މި ފަރުބަދަ ވަނީ ތަކުރާރުކޮށް ގޮވާފަ އެވެ.

ސަތާރަ ހާހަށްވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ އިންޑޮނޭޝިޔާ އޮންނަނީ، ބިންހެލުންތަކާއި އަލިފާން ފަރުބަދަތަކުގެ ހަރަކާތްތައް ގިނަ 'ޕެސިފިކް ރިންގް އޮފް ފަޔަރ' ސަރަހައްދުގަ އެވެ. އެ ގައުމުގައި ހަރަކާތްތެރި 120 އަށްވުރެ ގިނަ އަލިފާން ފަރުބަދަ ހުރެ އެވެ.

މަސްދަރު: އަންދޯލް އޭޖެންސީ

މައުންޓް ސެމޭރޫއިންޑޮނޭޝިއާޖާވާޕެސިފިކް ރިންގް އޮފް ފަޔަރ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ޖާވާ ކަނޑަށް ފަސިންޖަރު ބޯޓެއް ބަންޑުން ޖަހާލާ 129 މީހުން ގެއްލިއްޖެ، މޫސުން ގޯސްވުމުން ހޯދުމަށް ބޮޑެތި ހުރަސްތަކެއް

14 ސެޕްޓެމްބަރު 2026
ޖާވާ ކަނޑަށް ފަސިންޖަރު ބޯޓެއް ބަންޑުން ޖަހާލާ 129 މީހުން ގެއްލިއްޖެ، މޫސުން ގޯސްވުމުން ހޯދުމަށް ބޮޑެތި ހުރަސްތަކެއް
13 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގެ ފެރީއެއް ގެއްލުނު ހާދިސާގައި 102 މީހުން ސަލާމަތްކޮށްފި، އެކަކު މަރު

13 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގެ ފެރީއެއް ގެއްލުނު ހާދިސާގައި 102 މީހުން ސަލާމަތްކޮށްފި، އެކަކު މަރު
07 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައި 170،000 ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެއްޖެ

07 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައި 170،000 ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެއްޖެ
04 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގެ ސްކޫލަކުން ކެއި 2,000 އެއްހާ ދަރިވަރުންނާއި މުދައްރިސުން ބޭރަށްހިންގަނީ

04 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގެ ސްކޫލަކުން ކެއި 2,000 އެއްހާ ދަރިވަރުންނާއި މުދައްރިސުން ބޭރަށްހިންގަނީ
16 އޯގަސްޓު 2026

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް، ބޮޑެތި ގެއްލުންތަކެއް!

16 އޯގަސްޓު 2026
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް، ބޮޑެތި ގެއްލުންތަކެއް!
15 އޯގަސްޓު 2026

އިންޑޮނީޝިއާގެ ފްލޯރެސްއަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމުގައި 5 މީހުން މަރު

15 އޯގަސްޓު 2026
އިންޑޮނީޝިއާގެ ފްލޯރެސްއަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމުގައި 5 މީހުން މަރު
02 އޯގަސްޓު 2026

އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ

02 އޯގަސްޓު 2026
އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ
03 ޖުލައި 2026

އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް

03 ޖުލައި 2026
އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް
30 ޖޫން 2026

ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

28 ޖޫން 2026

ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"

28 ޖޫން 2026
ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް