Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާ

ތަޢުލީމީ ސަނަދުގެ މައްސަލައިގައި އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

12 ނޮވެމްބަރު 2026 | ބުރާސްފަތި 08:22

އިންޑޮނޭޝިއާގެ ނައިބު ރައީސް ގިބްރާން ރަކަބޫމިންގްގެ ތަޢުލީމީ ސަނަދުތަކާ މެދު ކޯޓުން ސުވާލު އުފައްދައި، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ނިންމުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވައިފި. މި ނިންމުމާއެކު އެ ޤައުމުގެ ސިޔާސީ މަސްރަހު ނުތަނަވަސްވެ، ވެރިކަން ކުރާ އިއްތިހާދު ރޫޅިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި. ގިބްރާންގެ ބަދަލުގައި އައު ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުން ކުރާނެ

ނިއުސް ޓީމް
ނިއުސް ޓީމް | 12 ނޮވެމްބަރު 2026 | ބުރާސްފަތި 08:22
އިންޑޮނޭޝިއާގެ ނައިބު ރައީސް ގިބްރާން ރަކަބޫމިންގް ރަކާ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

އިންޑޮނޭޝިއާގެ ނައިބު ރައީސް ގިބްރާން ރަކަބޫމިންގް ރަކާ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ | އޭއެފްޕީ

އިންޑޮނޭޝިއާގެ ނައިބު ރައީސް ގިބްރާން ރަކަބޫމިންގް ރަކާ މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް އޭނާގެ އެހީތެރިޔަކު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ. މި ނިންމުމުގެ ސަބަބުން އެ ޤައުމުގެ މުހިންމު ސިޔާސީ އިއްތިހާދެއް ރޫޅިގެންދިއުމުގެ ބިރު ހީވެފައިވާއިރު، ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގުތިސާދުގައި އިތުރު ސިޔާސީ ނުތަނަވަސްކަމެއް އުފެދުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯގެ 39 އަހަރުގެ ދަރިކަލުން ގިބްރާންއަށް ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ވަރުގަދަ ފާޑުކިޔުންތަކާއި ޕްރެޝަރުތައް ކުރިމަތިވެވަޑައިގެންނެވީ، އޭނާގެ ތަޢުލީމީ ލިޔެކިޔުންތަކަކީ އިންތިޚާބީ ޝަރުތުތައް ފުރިހަމަވާ ލިޔެކިޔުންތަކެއް ނޫން ކަމަށް މިދިޔަ މަހު ދުސްތޫރީ ކޯޓާއި ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

Advertisement - worldAdvertisement

ގިބްރާން އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ބުދަ ދުވަހުގެ ކުރީކޮޅު ހުށަހަޅުއްވާފައިވާ ކަމަށް އޭނާގެ އެހީތެރިޔާ ބުޑީ އާރީ ސެޓިއާޑީ ވިދާޅުވި އެވެ.

ގިބްރާންގެ އިސްތިއުފާ ގަބޫލުކުރުމާއި އޭނާގެ ބަދަލުގައި އެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދާ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއަށް، އޭނާގެ އިސްތިއުފާގެ ސިޓީ ބުރާސްފަތި ދުވަހުގެ ހެނދުނު ހުށަހަޅުއްވާނެ ކަމަށް އެ މަޖިލީހުގެ ދެ މަސްދަރަކުން ވަކިން މަޢުލޫމާތު ދީފައިވެ އެވެ.

މި ކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެދުމުން ގިބްރާންގެ އޮފީހުންނާއި ޕްރަބޯވޯގެ އޮފީހުން ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއްގައި ޕްރަބޯވޯ ދިގު ތަގުރީރެއް ދެއްވި ނަމަވެސް، ގިބްރާންގެ އިސްތިއުފާއާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެ އެވެ.

ސިޔާސީ އިއްތިހާދުގައި ރެނދުލުމާއި އިގުތިސާދީ ކަންބޮޑުވުންތައް

ގިބްރާން އިސްތިއުފާ މި ދެއްވީ، ކުރީގެ ނުފޫޒުގަދަ ޖެނެރަލެއް ކަމަށްވާ ޕްރަބޯވޯއާއި، ޖޮކޯވީގެ ނަމުން މަޝްހޫރުވެފައިވާ ވިޑޯޑޯއާ ދެމެދު އޮތް ސިޔާސީ އިއްތިހާދުގައި ނުތަނަވަސް ކަން އިތުރުވަމުންދާ ކަމުގެ ނިޝާންތައް ފެންނަމުންދާ ދަނޑިވަޅެއްގަ އެވެ. ރިޔާސީ ދެ ދައުރު ހަމަވުމުން ޕްރަބޯވޯއަށް ތާއީދު ދެއްވުމުގެ ކުރިން، ވިޑޯޑޯ ވަނީ ރިޔާސީ އިންތިޚާބުގައި ދެ ފަހަރެއްގެ މަތިން ޕްރަބޯވޯގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.

މަދަރުސާތަކުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ހިލޭ ކާނާ ފޯރުކޮށްދިނުމުގެ ސިޔާސަތު ފަދަ ސަރުކާރުގެ މުހިންމު މަޝްރޫޢުތަކާ ގުޅޭ ޚިޔާނާތުގެ މައްސަލަތަކާއި، އިގުތިސާދު މެނޭޖުކުރުމުގެ ގާބިލުކަމާ މެދު އުފެދިފައިވާ ޝައްކުތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެފައިވާ މި ސަރުކާރަށް، ފާޅުކަން ބޮޑު ގޮތެއްގައި އިއްތިހާދު ރޫޅިއްޖެ ނަމަ އިތުރު ހަމަނުޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ސިޔާސީ ދާރިސުން ވިދާޅުވެ އެވެ.

ސަރުކާރުގެ މާލީ ސިޔާސަތުތަކާއި އާންމު މިސްރާބާ މެދު ފާޑުކިޔުންތައް އިތުރުވުމުގެ އިތުރުން، ބައިނަލްއަގުވާމީ އިންޑެކްސް އެކުލަވާލާ އެމްއެސްސީއައިއިން އިންޑޮނޭޝިއާގެ ހިއްސާގެ ބާޒާރުގެ ދަރަޖަ ދަށްކޮށްފާނެ ކަމުގެ ބިރު އޮތުމާއެކު، މި އަހަރު އެ ޤައުމާ މެދު އިންވެސްޓަރުންގެ އިތުބާރު ވަނީ ކުޑަވެފަ އެވެ. މީގެ އިތުރުން، ރައީސާއި އެހެނިހެން އިސް ބޭފުޅުންގެ ވާހަކަތައް ސިއްރުން އަޑުއެހުމުގެ ތުހުމަތުގައި ހައްޔަރުކުރުމާ ގުޅިގެން، ޖޮކޯވީގެ ވަފާތެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޕްރަބޯވޯގެ ޗީފް އޮފް ސްޓާފް މިދިޔަ ހަފުތާގައި ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މަގާމުން ވަކިކުރުމަށް ގޮވާލުން

އަންގާރަ ދުވަހު ޕްރަބޯވޯއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ގިބްރާން ވަނީ އިސްތިއުފާ ދެއްވުމަށް ގަސްދުކުރައްވާ ކަން ހާމަކުރައްވާފަ އެވެ. ގިބްރާންގެ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމުން، ނައިބު ރައީސްގެ މަގާމު ހުސްވެއްޖެކަން އިޢުލާނުކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށާއި، އެ މަގާމަށް އައްޔަންކުރާނެ ދެ ބޭފުޅެއްގެ ނަން ހުށަހެޅުއްވުމަށް އެދި ރައީސަށް ސިޓީއަކުން ދަންނަވަން ޖެހޭނެ ކަމަށް ޤާނޫނީ ދާއިރާގެ އިސް ވަޒީރު ޔުސްރިލް އިހްޒާ މަހެންޑްރާ ވިދާޅުވި އެވެ. އެއަށްފަހު، 60 ދުވަހުގެ ތެރޭގައި މަތިގޭގައި އިންތިޚާބެއް ބާއްވާނެ އެވެ.

ބުދަ ދުވަހުގެ ކުރީކޮޅު، އެކި ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ އިންޑޮނޭޝިއާގެ ޤާނޫނުހަދާ މަޖިލީހުގެ 120 އެއްހާ މެންބަރުން ވަނީ ގިބްރާން މަގާމުން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއް ހުށަހަޅާފަ އެވެ. މީގެ ސަބަބުން އޭނާގެ ސިޔާސީ މުސްތަގުބަލާ މެދު އުފެދިފައިވާ ނުތަނަވަސް ކަން އިތުރަށް ހޫނުވެގެން ދިޔަ އެވެ.

"އިންޑޮނޭޝިއާގެ ޤާނޫނުއަސާސީގައި ނައިބު ރައީސަކަށް ވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ގިބްރާންގެ ކިބައިގައި މިހާރު ފުރިހަމައެއް ނުވޭ،" އެ ޕެޓިޝަނުގައި ސޮއިކުރެއްވި ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ މަރްދާނީ އަލީ ސެރާ ވިދާޅުވި އެވެ.

ޝަރުތު ހަމަވުމާ މެދު އުފެދުނު ސުވާލުތައް

ގިބްރާންގެ ތަޢުލީމީ ސަނަދުތަކުގައި ޤާނޫނީ ޝަރުތުތައް ހަމަވޭތޯ ބެލުމަށް ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން، ކޯޓުން ބާތިލުކޮށްފައިވާ ގިބްރާންގެ ތަޢުލީމީ ފެންވަރު އެއްވަރުކޮށްދޭ ސެޓްފިކެޓް އަނބުރާ ގެންދިއުމަށް ތަޢުލީމާ ބެހޭ ވުޒާރާއަށް އަންގާފައިވާ ކަމަށް ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ބުންޏެވެ. ބޭރު ޤައުމަކުން ތަޢުލީމު ހާސިލުކުރެއްވި ގިބްރާން، ޕްރަބޯވޯއާއެކު 2024 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވުމަށް ޓަކައި އިންތިޚާބީ ޝަރުތުތައް ފުރިހަމަކުރެއްވީ އެ ސެޓްފިކެޓް ބޭނުންކުރައްވައިގެންނެވެ.

އިންޑޮނޭޝިއާގެ އިންތިޚާބީ ޤާނޫނު ބުނާ ގޮތުން ނައިބު ރައީސްކަމަށް ކުރިމަތިލާ ކެންޑިޑޭޓުންނަކީ ސީނިއަރ ހައި ސްކޫލް ނުވަތަ އެއާ އެއްފެންވަރުގެ ތަޢުލީމެއް ފުރިހަމަކޮށްފައިވާ ބަޔަކަށް ވާން ޖެހޭ ނަމަވެސް، ޖޮކޯވީގެ ދޮށީ ދަރިކަލުން ދަސްވެނިވެފައިވާ ކަން ސާބިތުކޮށްނުދޭ ހެކިތަކެއްގެ މައްޗަށް ބިނާކޮށް އެ ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

"ސީނިއަރ ހައި ސްކޫލް ނުވަތަ އެއާ އެއްފެންވަރުގެ ސަނަދަކާ އެއްވަރުކުރުމުގެ އަސާސެއްގެ ގޮތުގައި ބެލެވޭ ފަދަ ބޭރުގެ ޑިޕްލޮމާއެއް ނުވަތަ ސެޓްފިކެޓެއް ގިބްރާން ހާސިލުކުރައްވާފައިވާ ކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ،" ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ގިބްރާންގެ ތަޢުލީމީ ލިޔެކިޔުންތަކަކީ އިންތިޚާބީ ޝަރުތުތައް ފުރިހަމަވާ ލިޔެކިޔުންތަކެއް ނޫން ކަމަށް ދުސްތޫރީ ކޯޓުން ނިންމާފައިވާ ނިންމުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ރިޢާޔަތްކޮށްފަ އެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުން ގިބްރާންއަށް ޖާގަ ލިބިވަޑައިގެންނެވުމާ ގުޅިގެން ވެސް އަޚުލާގީ މައްސަލަތަކެއް ފެންމަތިވި އެވެ. އެއީ، އެއިރު އޭނާގެ ބޮޑުބޭބޭފުޅު އިސްކޮށް ހުންނެވި ދުސްތޫރީ ކޯޓުން، ގިބްރާންއަށް ވާދަނުކުރެވޭ ގޮތަށް އޮތް އުމުރުގެ ޝަރުތު އުވާލުމާ ގުޅިގެންނެވެ.

މި ކާރިސާގެ ސަބަބުން، ޤައުމަށް ބޭނުންވާ ހަރުދަނާ އަދި ހަމަޖެހޭ ވެރިކަމެއް ގާއިމުކުރުމަށްވުރެ، މަދު ސިޔާސީ ޚާއްސަ ފަންތިއެއްގެ ބައެއްގެ ސިޔާސީ މުސްތަގުބަލަށް އިސްކަންދީފައިވާ މިންވަރު ހާމަވެގެންދާ ކަމަށް އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަރސިޓީގެ ދާރިސެއް ކަމަށްވާ ސަނާ ޖަފްރީ ވިދާޅުވި އެވެ. "ވެރިކަމުގެ އެންމެ މަތީ ފަންތީގައި ދިގުލައިގެންދާ ޔަގީންކަން ކުޑަވުމުގެ ސަބަބުން، ޤައުމު މިސްރާބު ޖަހާފައިވާ ގޮތާ މެދު ޤައުމުގެ އެތެރެއާއި ބޭރުގައި އޮތް ކަންބޮޑުވުންތައް އިތުރަށް ފުންވެގެންދާނެއެވެ،" އޭނާ ވިދާޅުވި އެވެ.

އިންޑޮނޭޝިއާގިބްރާން ރަކަބޫމިންގް ރަކާޕްރަބޯވޯ ސުބިއާންތޯޖޯކޯ ވިޑޯޑޯދުސްތޫރީ ކޯޓު

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

5

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

ޕްރަބޯވޯގެ ސިޔާސަތުތަކާ ދެކޮޅަށް ދަރިވަރުން އިހުތިޖާޖަށް ނުކުންނަން ތައްޔާރުވެއްޖެ

28 އޮކްޓޯބަރު 2026
ޕްރަބޯވޯގެ ސިޔާސަތުތަކާ ދެކޮޅަށް ދަރިވަރުން އިހުތިޖާޖަށް ނުކުންނަން ތައްޔާރުވެއްޖެ
22 އޮކްޓޯބަރު 2026

ތުރުކީވިލާތުން އިސްވެ އުފެއްދި އާ ދިފާޢީ އިއްތިހާދު: ދުނިޔޭގެ އަސްކަރީ ބާރުތައް ސިއްސުވާލެވޭނެތަ؟

22 އޮކްޓޯބަރު 2026
ތުރުކީވިލާތުން އިސްވެ އުފެއްދި އާ ދިފާޢީ އިއްތިހާދު: ދުނިޔޭގެ އަސްކަރީ ބާރުތައް ސިއްސުވާލެވޭނެތަ؟
21 އޮކްޓޯބަރު 2026

އިންޑޮނީޝިޔާގައި އަލިފާން ރޯވި ފެރީއަކުން 460 މީހުން ސަލާމަތްކޮށްފި

21 އޮކްޓޯބަރު 2026
އިންޑޮނީޝިޔާގައި އަލިފާން ރޯވި ފެރީއަކުން 460 މީހުން ސަލާމަތްކޮށްފި
11 އޮކްޓޯބަރު 2026

ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި

11 އޮކްޓޯބަރު 2026
ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި
14 ސެޕްޓެމްބަރު 2026

އިންޑޮނޭޝިޔާގެ މައުންޓް ސެމޭރޫ ތިން ފަހަރަށް ގޮވައި، 1،000 މީޓަރަށް އަޅިއާއި ދުން ފެތުރެނީ

14 ސެޕްޓެމްބަރު 2026
އިންޑޮނޭޝިޔާގެ މައުންޓް ސެމޭރޫ ތިން ފަހަރަށް ގޮވައި، 1،000 މީޓަރަށް އަޅިއާއި ދުން ފެތުރެނީ
14 ސެޕްޓެމްބަރު 2026

ޖާވާ ކަނޑަށް ފަސިންޖަރު ބޯޓެއް ބަންޑުން ޖަހާލާ 129 މީހުން ގެއްލިއްޖެ، މޫސުން ގޯސްވުމުން ހޯދުމަށް ބޮޑެތި ހުރަސްތަކެއް

14 ސެޕްޓެމްބަރު 2026
ޖާވާ ކަނޑަށް ފަސިންޖަރު ބޯޓެއް ބަންޑުން ޖަހާލާ 129 މީހުން ގެއްލިއްޖެ، މޫސުން ގޯސްވުމުން ހޯދުމަށް ބޮޑެތި ހުރަސްތަކެއް
13 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގެ ފެރީއެއް ގެއްލުނު ހާދިސާގައި 102 މީހުން ސަލާމަތްކޮށްފި، އެކަކު މަރު

13 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގެ ފެރީއެއް ގެއްލުނު ހާދިސާގައި 102 މީހުން ސަލާމަތްކޮށްފި، އެކަކު މަރު
07 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައި 170،000 ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެއްޖެ

07 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައި 170،000 ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެއްޖެ
04 ސެޕްޓެމްބަރު 2026

އިންޑޮނޭޝިއާގެ ސްކޫލަކުން ކެއި 2,000 އެއްހާ ދަރިވަރުންނާއި މުދައްރިސުން ބޭރަށްހިންގަނީ

04 ސެޕްޓެމްބަރު 2026
އިންޑޮނޭޝިއާގެ ސްކޫލަކުން ކެއި 2,000 އެއްހާ ދަރިވަރުންނާއި މުދައްރިސުން ބޭރަށްހިންގަނީ
16 އޯގަސްޓު 2026

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް، ބޮޑެތި ގެއްލުންތަކެއް!

16 އޯގަސްޓު 2026
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް، ބޮޑެތި ގެއްލުންތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް