Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަސްތުވާތަކެތީގެ ވަގުފާރި

މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން ތިން ޓަނުގެ މަސްތުވާތަކެތި އުފުލައިފި

26 ނޮވެމްބަރު 2026 | ބުރާސްފަތި 07:48

މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން މަސްތުވާތަކެތި އުފުލި މައްސަލައެއްގައި، އެ މުއައްސަސާގެ ފަސް އޮފިސަރުން ހިމެނޭހެން 13 މީހަކު ވަނީ ހައްޔަރުކޮށްފައި. މި ސިންޑިކޭޓުން 37 މިލިޔަނަށްވުރެ ގިނަ ޑޮލަރުގެ މަސްތުވާތަކެތި އުފުލާފައިވާކަން ތަހުގީގަށް އެނގިފައިވާއިރު، މި މައްސަލައިގެ އިސްވެރިޔާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 26 ނޮވެމްބަރު 2026 | ބުރާސްފަތި 07:48
މެލޭޝިއާއަށް އެތެރެކުރުމަށް މަސައްކަތްކުރި މަސްތުވާތަކެތީގެ ބާވަތްތަކެއް އެ ގައުމުގެ ކަސްޓަމްސް އިދާރާއިން އަތުލައިގަނެފައި

މެލޭޝިއާއަށް އެތެރެކުރުމަށް މަސައްކަތްކުރި މަސްތުވާތަކެތީގެ ބާވަތްތަކެއް އެ ގައުމުގެ ކަސްޓަމްސް އިދާރާއިން އަތުލައިގަނެފައި | ބަރްނާމާ

ފާއިތުވި އަހަރުތަކުގެ ތެރޭގައި ގާނޫނާ ޚިލާފަށް މަދުވެގެން ތިން ޓަނުގެ މަސްތުވާތަކެތި އުފުލުމަށް މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް އެ ގައުމުގެ ދާހިލީ ވަޒީރު ސައިފުއްދީން ނަސޫތިއަން އިސްމާޢީލް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. އޭނާ މި ކަން ހާމަކުރެއްވީ އަސްކަރީ އޮފިޝަލުންގެ އެހީތެރިކަމާއެކު ހިންގާ މަސްތުވާތަކެތީގެ ސިންޑިކޭޓެއްގެ ތަހުގީގު ފުޅާވަމުންދާ ދަނޑިވަޅެއްގަ އެވެ.

ބޯނިއޯ ޖަޒީރާގައި އޮންނަ މެލޭޝިއާގެ ސަބާހް ސްޓޭޓްގައި ގާއިމުވެފައިވާ ކުށްވެރިންގެ ދެ ސެލްއަކުން، ވައިގެ ސިފައިންގެ އުމްރާނީ ވަސީލަތްތައް ބޭނުންކޮށްގެން 37.91 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި މަސްތުވާތަކެތި އުފުލާފައިވާ ކަމަށް، ގާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައިފުއްދީން ވިދާޅުވި އެވެ. އޭގެ ތެރޭގައި "ވައިގެ ދަތުރުފަތުރުގެ ވަސީލަތްތައް" ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، 2024 އޮގަސްޓު މަހުން ފެށިގެން ހިންގާފައިވާ މި ފަދަ 21 މުއާމަލާތެއް ކަމާބެހޭ އިދާރާތަކުން ދެނެގަނެފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - worldAdvertisement

ނަމަވެސް، އެ ކުށްވެރިން ބޭނުންކޮށްފައި ވަނީ ވައިގެ ސިފައިންގެ މަރުކަޒުތައް ކަމެއް ނުވަތަ މަތިންދާބޯޓުތައް ކަމެއް ސައިފުއްދީން ތަފްސީލުކޮށްދެއްވާފައެއް ނުވެ އެވެ. "މިއީ ހަމައެކަނި ޖިނާއީ ބޮޑު މައްސަލައެއް ނޫން. މީގެ ސަބަބުން އަޅުގަނޑުމެންގެ ސަލާމަތީ އަދި ދިފާއީ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމަށް ވެސް އުނިކަން އަތުވެދާނެ،" ސައިފުއްދީން ވިދާޅުވި އެވެ.

މި އަހަރުގެ ޖަނަވަރީ މަހު ފެށި ތަހުގީގަކަށްފަހު، ނޮވެންބަރު 17 އަދި 19 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި އާންމުންގެ ހަ މީހުންނާއި ވައިގެ ސިފައިންގެ ހަތް މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި، ހައްޔަރުކުރެވުނު ސިފައިންގެ ތެރޭގައި ފަސް އޮފިސަރުން ހިމެނޭ ކަން އޭނާ ހާމަކުރެއްވި އެވެ. މިއާއެކު، ކަމާބެހޭ އިދާރާތަކުން ވަނީ ގާތްގަނޑަކަށް 100 ކިލޯގެ 'މެތަމްފެޓަމައިން' އަތުލައިގަނެ، ތިން އުޅަނދެއް ވެސް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ، ވެރިރަށް ކުއަލަ ލުމްޕޫރާ ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮންނަ ސުބާންގ ވައިގެ މަރުކަޒުގައި ހިންގި އާންމު ބަލައިފާސްކުރުމެއްގެ ތެރެއިން، ފަސް ލަގެޖަކާއި ފޮއްޓެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފެނުމާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. އެ ތަކެތި ފެނުމާއެކު، ސަބާހްއާއި ވެރިރަށް ވަށައިގެންވާ ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ރޭޑުތައް ހިންގުމަށް މަގުފަހިވި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ހަމަމިއާއެކު، މި ސިންޑިކޭޓު ނުވަތަ ގުރޫޕަކީ ކުރިންސުރެ ރާވައިގެން ހިންގާ ޖަމާއަތްތެރި ކުށުގެ ވިއުގައެއްގެ ގޮތުގައި ސިފަކުރައްވަމުން، ތަހުގީގުގެ ދާއިރާ އިތުރަށް ފުޅާކުރަމުންދާ ކަމަށް ސައިފުއްދީން ބުރާސްފަތި ދުވަހު ވިދާޅުވި އެވެ. މި ގޮތުން، އެ ސިންޑިކޭޓުގެ އިސްވެރިޔާ މިހާރު ދެނެގަނެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އޭނާ ހައްޔަރުކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓަރސް

މެލޭޝިއާސަބާހްބޯރްނިއޯކުއަލަލަމްޕޫރުމެތަމްފެޓަމިންމަސްތުވާތަކެތި

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

5

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

ކޮރަޕްޝަނުގެ ބޮޑު އަދަބުން ލުއި ހޯއްދެވުން: ނަޖީބު ރަޒާކު ބޮޑު ޖޫރިމަނާއެއް ދައްކަވައި ޖަލު ގޮޅިން ގޭބަންދަށް!

06 ނޮވެމްބަރު 2026
ކޮރަޕްޝަނުގެ ބޮޑު އަދަބުން ލުއި ހޯއްދެވުން: ނަޖީބު ރަޒާކު ބޮޑު ޖޫރިމަނާއެއް ދައްކަވައި ޖަލު ގޮޅިން ގޭބަންދަށް!
02 ނޮވެމްބަރު 2026

ފުލުހުންގެ އެންގުމަށް ނުކިޔަމަންތެރިވެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވި މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި

02 ނޮވެމްބަރު 2026
ފުލުހުންގެ އެންގުމަށް ނުކިޔަމަންތެރިވެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވި މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި
22 އޮކްޓޯބަރު 2026

މަސްތުވާތަކެއްޗާއިއެކު ވިލިމާލެއިން ހައްޔަރުކުރި 3 ފިލްމީ ތަރިންގެ އިތުރުން ދެން ހައްޔަރު ކުރި މިހާ ވެސް ދޫކޮށްލައިފި

22 އޮކްޓޯބަރު 2026
މަސްތުވާތަކެއްޗާއިއެކު ވިލިމާލެއިން ހައްޔަރުކުރި 3 ފިލްމީ ތަރިންގެ އިތުރުން ދެން ހައްޔަރު ކުރި މިހާ ވެސް ދޫކޮށްލައިފި
20 އޮކްޓޯބަރު 2026

ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް މަސައްކަތް ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

20 އޮކްޓޯބަރު 2026
ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް މަސައްކަތް ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
19 އޮކްޓޯބަރު 2026

މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

19 އޮކްޓޯބަރު 2026
މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި
18 އޮކްޓޯބަރު 2026

ނުރައްކާތެރި މިންވަރަކަށް ދުމުގެ އަސަރު ހުރުމުން ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި

18 އޮކްޓޯބަރު 2026
ނުރައްކާތެރި މިންވަރަކަށް ދުމުގެ އަސަރު ހުރުމުން ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި
11 އޮކްޓޯބަރު 2026

ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި

11 އޮކްޓޯބަރު 2026
ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި
05 އޮކްޓޯބަރު 2026

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕްރޯލް ބޯޑުން މިނިވަންކޮށްފި

05 އޮކްޓޯބަރު 2026
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕްރޯލް ބޯޑުން މިނިވަންކޮށްފި
04 އޮކްޓޯބަރު 2026

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

04 އޮކްޓޯބަރު 2026
މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ
04 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

04 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް