Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެރޯލް ބޯޑު

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕްރޯލް ބޯޑުން މިނިވަންކޮށްފި

5 އޮކްޓޯބަރު 2026 | ހޯމަ 15:09

އައްޑޫގައި 80 ކިލޯގެ މަސްތުވާތަކެތި ގެންގުޅުނު މައްސަލައިގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އިބްރާހީމް ރަޝީދު (އަބުޗާ) މިދިޔަ އަންގާރަ ދުވަހު ޕެރޯލްގެ ދަށުން މިނިވަންކޮށްފި. އޭނާ ހައްޔަރުކުރީ 2020 ވަނަ އަހަރު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށްވާއިރު، އޭނާ މިނިވަންކުރި ސަބަބެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 އޮކްޓޯބަރު 2026 | ހޯމަ 15:09
ޑްރަގް އެތެރެކުރުމުގެ ބޮޑެއް ކަމަށް ތުހަމަތު ކުރެވޭ އިބްރާހީމް ރަޝީދު (އަބުޗާ)

ޑްރަގް އެތެރެކުރުމުގެ ބޮޑެއް ކަމަށް ތުހަމަތު ކުރެވޭ އިބްރާހީމް ރަޝީދު (އަބުޗާ) | ޕޮލިސް

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫ ސިޓީގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕްރޯލް ބޯޑުން މިނިވަންކޮށްފި އެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޑްރަގް އެތެރެކުރުމުގެ ބޮޑެއް ކަމަށްވާ އިބްރާހީމް ރަޝީދު (އަބުޗާ) ޕެރޯލް ބޯޑުން މިނިވަންކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް އެ ނިންމުން ނިންމީ ކޮން ކަމަކަށް ބަލާފާކަމެއް އަދި ސާފުވެފައެއް ނުވެ އެވެ.

Advertisement - newsAdvertisement

އިބްރާހީމް ރަޝީދު (އަބުޗާ) ހައްޔަރުކުރީ 2020 ވަނަ އަހަރުއައްޑޫގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގައި އެވެ. އެގޮތުން އެ އޮޕަރޭޝަނުގައި 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ. 

އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބުޗާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި ހުކުމް އިއްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. 

މި މައްސަލައިގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަށް އޭނާ އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމެއް ވަނީ ހަދާފަ އެވެ. އޭނާގެ މައްޗަށް ކޯޓުން 50 އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް، އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުން އެ ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށް ދީފަ އެވެ. 

ފުލުހުން މީގެ ކުރިން މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިން ގޮތުގައި، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަބުޗާ އަތުން 61 ކިލޯގެ ޑައިމޯފިނާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް އަތުލައިގަނެފައިވެ އެވެ. މި އޮޕަރޭޝަނުގައި އޭނާއާއެކު އިތުރު 17 މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.

ޕެރޯލް ބޯޑަކީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ބޯޑެކެވެ. މި ބޯޑު ހިންގަނީ،  ހޯމްލޭންޑް މިނިސްޓްރީ ދަށުން ހިންގާ ކަރެކްޝަންސް ސަރވިސްގެ ބެލުމުގެ ދަށުންނެވެ. އަދި ބޯޑުގެ އެންމެހާ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި، ގާނޫނުގެ ދަށުން ހުކުމް ތަންފީޒު ކުރާ މީހުން ދޫކުރުމަށްޓަކައި އަދި ޕެރޯލް ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގައި ދެމެހެއްޓުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ބަލަހައްޓަން ގާނޫނުގެ 127 ވަނަ މާއްދާގައި ޒިންމާ މަތިކޮށްފައި ވަނީ ކަރެކްޝަންސްގެ ކޮމިޝަނަރަށެވެ. 

ޕެރޯލް ބޯޑުމަސްތުވާތަކެތި

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

04 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް
10 ސެޕްޓެމްބަރު 2026

ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!

10 ސެޕްޓެމްބަރު 2026
ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!
31 އޯގަސްޓު 2026

މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

31 އޯގަސްޓު 2026
މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި
29 އޯގަސްޓު 2026

ސްރީލަންކާގައި މަސްތުވާތަކެތީގެ ސަބަބުން ދުވާލަކު 80-100 މީހުން މަރުވޭ

29 އޯގަސްޓު 2026
ސްރީލަންކާގައި މަސްތުވާތަކެތީގެ ސަބަބުން ދުވާލަކު 80-100 މީހުން މަރުވޭ
13 ޖުލައި 2026

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި

13 ޖުލައި 2026
ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
05 ޖުލައި 2026

ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި

05 ޖުލައި 2026
ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި
15 މާރިޗު 2026

މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް މިނިވަންވީ 27 މީހުން: ކަރެކްޝަން

15 މާރިޗު 2026
މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް މިނިވަންވީ 27 މީހުން: ކަރެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް