މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި
19 އޮކްޓޯބަރު 2026 | ހޯމަ 06:04މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ހދ. ކުޅުދުއްފުށީ މީހަކު 42 ފުޅި ބަނގުރަލާއެކު ފުލުހުން ހައްޔަރުކޮށްފި. މި މަހުގެ 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން މިހާރު ވަނީ އަށް ދުވަހުގެ މުއްދަތެއް ދީފައި. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން


ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ސަމޭދާން / ހދ. ކުޅުދުއްފުށި، ނަބީހު ޢަބްދުއްރަޝީދު (23އ) | ޕޮލިސް
ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 16 ވަނަ ދުވަހުއެވެ.
އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން، ސަމޭދާން / ހދ. ކުޅުދުއްފުށި، ނަބީހު ޢަބްދުއްރަޝީދު (23އ) ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ނަބީހު ޢަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.











