މަސްތުވާތަކެއްޗާއިއެކު ވިލިމާލެއިން ހައްޔަރުކުރި 3 ފިލްމީ ތަރިންގެ އިތުރުން ދެން ހައްޔަރު ކުރި މިހާ ވެސް ދޫކޮށްލައިފި
22 އޮކްޓޯބަރު 2026 | ބުރާސްފަތި 21:15މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ތިން ފިލްމީ ތަރިން ހިމެނޭހެން ހަތަރު މީހެއްގެ ތަހުގީގު ނިންމައި ފުލުހުން އެމީހުން ދޫކޮށްލައިފި. ވިލިމާލެއިން ހައްޔަރުކުރި މި މީހުންގެ މައްސަލަ މިހާރު ވަނީ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި


މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި މީހުން | ޕޮލިސް މީޑިޔާ
މަސްތުވާތަކެއްޗާއިއެކު ވިލިމާލެއިން ހައްޔަރުކުރި 4 މީހުން ދޫކޮށްލައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ވިލިމާލޭގައި ކުރިއަށްގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި 3 ފިލްމީ ތަރިންގެ އިތުރުން އިތުރު އެއް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް އޮކްޓޫބަރު 8 ވަނަ ދުވަހު ގެނެސްފައި އެވެ.
އެގޮތުން ހައްޔަރު ކޮށްފައިވަނީ އަހުމަދު އަޒްމީލް (އަޒޭ)، އާއި އިސްމާއިލް ޖުމައިހު، އާއި މުހައްމަދު ވިޝާލް (ރޯމަން)، އަދި ޝާހިލް މުހައްމަދު އެވެ. ނަމަވެސް އޮކްޓޫބަރު 22 ގައި ފުލުހުން ވަނީ ތަހުގީގު މަރުހަލާ ނިމުމުން ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ދީފައި އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި އެވެ. އެގޮތުން، ޕޮޒިޓިވްވީ މެތާ ގުޅުންހުރި ސިންތެޓިކް އެހެން ދެ ބާވަތެއްގެ ޑްރަގަކަށެވެ. އަދި މި މައްސަލައިގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ވަނީ ބަންދުކޮށްފައި އެވެ.
މީގެ އިތުރުން، ފުލުހުން ވަނީ ހަތަރު މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ދީފައި އެވެ.









