Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް މަސައްކަތް ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

20 އޮކްޓޯބަރު 2026 | އަންގާރަ 08:17

ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުންތައް ނުބާއްވައި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނެ ސިޔާސަތެއް މި ސަރުކާރުގައި ނެތުމުން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އެންޑީއޭގެ ރަނގަޅު ސީއީއޯ އެއް ނެތުމާއި، ފަރުވާގެ ނިޒާމަށް ބޭނުންވާ ވަސީލަތްތައް ހަލާކުވެފައިވާތީ އެ އެޖެންސީ އޮތީ "ކޯމާއެއްގައި" ކަމަށް އެ ޕާޓީން ސިފަކުރި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 20 އޮކްޓޯބަރު 2026 | އަންގާރަ 08:17
އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެ އެމްވީ

ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ) މަސައްކަތް ނުކުރާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ ވިދާޅުވީ، މަސްތުވާތަކެތީގެ ގާނޫނުގެ ބެލެހެއްޓެނެވި ފަރާތަކީ ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް ކަމަށާއި، އެ ކައުންސިލް މިހާރު މަސައްކަތް ނުކުރާ ކަމަށެވެ. އަދި މި ކައުންސިލުން ބައްދަލުވުންތައް ނުބާއްވާ، ނިންމަން ޖެހޭ ނިންމުންތައް ނުނިންމުމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް ތަންފީޒު ކުރުމުގައި މައްސަލަތައް ދިމާވަމުންދާ ކަމަށް ސޮބްރީ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން، އެންމެ އަސާސީ ކަމަކީ ސިޔާސަތެއް އޮތުން ކަމަށާއި ވެރިކަމަށް ވަޑައިގަންނަވާއިރު ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލައަށް ސިޔާސަތެއް ނެތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ސޮބްރީ ވިދާޅުވި އެވެ. ހަމައެއާއެކު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހެލްތް މިނިސްޓްރީގެ ދަށުގައި އޮއްވާ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމުން ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ ސޮބްރީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ. 

ވެރިކަމުގެ ވަރަށް ކުރީ ކޮޅުގައި ނެޝަނަލް ޑްރަގް އެޖެންސީ ހެލްތް މިނިސްޓްރީން ހޯމްލައިން މިނިސްޓްރީއަށް ބަދަލުކުރި ބަދަލުކުރުމަކީ ވެސް އަޅުގަނޑުމެންނަށް އޭރު ވެސް ކަންބޮޑުވުން ފާޅުކުރިން އަދި މިހާރު އޭގެ ނަތިޖާ މުޅިން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ނޫނީއާ އަޅުގަނޑުމެން ސޮއިކޮށްކުރި ޔޫއެން ކޮންވެންޝަންގެ އަސާސްތަކާއި ވެސް ހިލާފުވާ ގޮތަށް ނަތީޖާތައް ނުކުންނަމުން އަންނަ ވާހަކަ 
މުހައްމަދު ސޮބްރީ 

މީގެ އިތުރުން، ދުވަހުން ދުވަހަށް ނިންމަން ޖެހޭ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަކީ ސީއީއޯކަން ފާހަގަކުރައްވައި ސޮބްރީ ވަނީ އެންޑީއޭގެ ބޯޑުން ހަދާފައިވާ ކްރައިޓީރިއާ ހަމަވާ ސީއީއޯއެއް ނެތުމުން ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ. އަދި އެންޑީއޭގައި މިވަގުތު ނަފްސާނީ ޑޮކްޓަރެއް ނެތުމުން ވެސް ސޮބްރީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ. 

އަދި އެ މުއައްސަސާގެ ފަރުވާދިނުމުގެ ނިޒާމު ދެވޭ ފަރުވާއަކީ ރަނގަޅު ފަރުވާއެއްތޯ ނޫނީއާ ދެވޭ ފަރުވާގެ އަސަރު ފަރުވާ ލިބޭ މީހާއަށް އެބަ ކުރޭތޯ ބަލަން މި އޮންނަ މިންގަނޑަކީ އާންމުކޮށް މިގެންގުޅޭ މިންގަނޑަކީ އޭނަގެ ކުޑަކަމުދާ ތަކެތީގެ ނިޒާމު ޓެސްޓް ކުރުން. އެ ނިޒާމު ޓެސްޓް ކުރަން މިވީ 2 އަހަރާއި ބައި ތެރޭގައި 6 މަސްދުވަހުގެ ސްޓޮކް އެބޭފުޅުންނަށް ގެންގުޅުވިފައި ނެތް، މިހާރު އެ ސްޓޮކް އެބަހުރި އެކަމަކު މިހާރު ވެސް މި ޓެސްޓް ކުރުމަށް ބޭނުންވާ މެޗިން އޮތީ ހަލާކު ވެފައި
މުހައްމަދު ސޮބްރީ 

ސޮބްރީ ވަނީ އެންޑީއޭ އޮތީ ވަރަށް ބޮޑު ކޯމާއެއްގައި ކަމަށާއި އެ އެޖެންސީއަށް ފަރުވާއެއް ބޭނުންވާ ކަމަށް ވިދާޅުވެފައި އެވެ. 

ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްމުހައްމަދު ސޮބްރީނޭޝަނަލް ޑްރަގް އޭޖެންސީމަސްތުވާތަކެތިއެމްޑީޕީ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ: ޝަމާއު

20 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ: ޝަމާއު
19 އޮކްޓޯބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް

19 އޮކްޓޯބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް
19 އޮކްޓޯބަރު 2026

މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

19 އޮކްޓޯބަރު 2026
މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި
18 އޮކްޓޯބަރު 2026

މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަނީ ދަށްވަމުން: މޭޔަރު އާޒިމް

18 އޮކްޓޯބަރު 2026
މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަނީ ދަށްވަމުން: މޭޔަރު އާޒިމް
18 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް

18 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް
17 އޮކްޓޯބަރު 2026

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

17 އޮކްޓޯބަރު 2026
ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!
15 އޮކްޓޯބަރު 2026

މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު

15 އޮކްޓޯބަރު 2026
މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު
15 އޮކްޓޯބަރު 2026

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

15 އޮކްޓޯބަރު 2026
އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް
15 އޮކްޓޯބަރު 2026

ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް

15 އޮކްޓޯބަރު 2026
ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް
14 އޮކްޓޯބަރު 2026

މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް

14 އޮކްޓޯބަރު 2026
މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް