Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިޔާ

ނުރައްކާތެރި މިންވަރަކަށް ދުމުގެ އަސަރު ހުރުމުން ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި

18 އޮކްޓޯބަރު 2026 | އާދީއްތަ 06:54

މެލޭޝިޔާގެ ޖޮހޯ ބަރޫގައި ވައި ނުސާފުވުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް %20.7 އިތުރުވެފައިވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ޓަކައި މާސްކު އެޅުމަށާއި ސިއްހީ އިރުޝާދުތަކަށް ބޯލެނބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި. ވައިގެ ފެންވަރު ބަލާ އިންޑެކްސްއިން އެ ސަރަހައްދުގެ ރީޑިންގ ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ކަމަށްވާ 101 އާއި 200 އާ ދެމެދުގައި

ނިއުސް ޓީމް
ނިއުސް ޓީމް | 18 އޮކްޓޯބަރު 2026 | އާދީއްތަ 06:54
މެލޭޝިޔާގެ ޖޮހޯގައި ހުންނަ މަދަރުސާއެއްގެ ގޭޓު ކައިރީގައި ބެލެނިވެރިއަކާއި ދަރިވަރެއް، އެ ތަނުގެ ގާޑާ ވާހަކަދައްކަނީ

މެލޭޝިޔާގެ ޖޮހޯގައި ހުންނަ މަދަރުސާއެއްގެ ގޭޓު ކައިރީގައި ބެލެނިވެރިއަކާއި ދަރިވަރެއް، އެ ތަނުގެ ގާޑާ ވާހަކަދައްކަނީ | ސީއެންއޭ

މެލޭޝިޔާގެ ޖޮހޯ ބާރޫގައި ދުމުގެ ހާލަތު ނުރައްކާތެރި މިންވަރަކަށް ގޯސްވުމާ ގުޅިގެން، އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުން ފެށިގެން އެ ސްޓޭޓުގެ ސްކޫލުތައް އިތުރު ފަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބަހައްޓަން ނިންމައިފި އެވެ. މި ނިންމުން ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ބޭއްވި ޖޮހޯ ހޭޒް މެނޭޖްމަންޓް ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމަކަށް ފަހު ކަމަށް، އެ ސްޓޭޓުގެ އެޑިއުކޭޝަން އެންޑް އިންފޮމޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ނަޤީބު އެމްޑީ ޣަޒާލީ ވިދާޅުވި އެވެ.

"މޮނިޓަރިން ރިޕޯޓުތަކުން ދައްކާ ގޮތުގައި އެއާ ޕޮލިއުޓަންޓް އިންޑެކްސްގެ (އޭޕީއައި) ރީޑިންތައް ހުރީ ކަންބޮޑުވާންޖެހޭ ފެންވަރެއްގައި. އަދި، ފާހަގަކޮށްލެވޭ ފަދަ އެއްވެސް ކުރިއެރުމެއް ނާދޭ،" ނަޤީބު ވިދާޅުވި އެވެ.

Advertisement - worldAdvertisement

މަދަރުސާތައް ބަންދުކުރި މުއްދަތު އިތުރުކުރުމުގެ ނިންމުމަށް ބަދަލު އައުން ބިނާވެގެންވަނީ ވައިގެ ފެންވަރަށް އަންނަ ބަދަލުތަކާއި، މޫސުމީ ލަފާކުރުންތަކާއި، އަދި ކުރިއަށްދާ ސިއްހީ ވަޒަންކުރުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ޖޮހޯގެ ރީޖަންޓް ތުންކޫ މަހްކޮތާ އިސްމާޢީލްގެ އިރުޝާދާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، މި ނިންމުމުން ދައްކުވައި ދެނީ އާންމު ސިއްހަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ސްޓޭޓް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށް ނަޤީބު ވިދާޅުވި އެވެ.

މަދަރުސާތައް ބަންދުކޮށްފައިވާ މުއްދަތުގައި، ތައުލީމާ ބެހޭ ވުޒާރާގެ ގޭގައި ތިބެގެން ކިޔަވައިދިނުމާއި އުނގެނުނުގެ ގަވާއިދުގެ 2.0 ވަނަ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ގޭގައި ދަރިވަރުން ބައިތިއްބައިގެން ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އޭނާ ބަޔާންކުރެއްވި އެވެ. ނަމަވެސް، އިމްތިހާނުތަކާއި އެސެސްމަންޓްތައް ހަދާ ދަރިވަރުންނަށް ވަކި ހައްދުތަކެއްގެ ތެރޭގައި އިސްތިސްނާތަކެއް ދެވިދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި އިސްތިސްނާތައް ދެވޭނީ ޖޮހޯ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ (ޖޭޕީއެންޖޭ) ވިލަރެސްކުރުމާ އެކު، އަދި ސިއްހީ މިންގަނޑުތަކަށް (އެސްއޯޕީތަކަށް) ފުރިހަމައަށް އަމަލުކުރުމުގެ ޝަރުތާ އެކު. އަދި، އެއްވެސް އިތުރު ހަރަކާތެއް ހިންގުމުގެ ހުއްދައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އުސޫލުތައް މުރާޖާކުރުމާއި ސިއްހީ ރައްކާތެރިކަން

މެލޭޝިޔާގެ ތައުލީމާ ބެހޭ ވުޒާރާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޖޮހޯގެ އެޑިއުކޭޝަން ޑިޕާޓްމަންޓުން ކޮންމެ ދުވަހަކު ވެސް އުސޫލުތައް މުރާޖާ ކުރަމުން ގެންދާނެ ކަމަށް ނަޤީބު ވިދާޅުވި އެވެ. އަދި، ޖޮހޯގެ ސަރުކާރު މަދަރުސާތަކާއި ދީނީ މަދަރުސާތަކުގެ އިމްތިހާނުތަކާއި އެސެސްމަންޓްތަކުގެ ތާވަލުތައް ވިލަރެސްކުރުމަށް ޓަކައި، ވުޒާރާގެ އެގްޒެމިނޭޝަން ބޯޑުން އެންމެ ފަހުގެ މައުލޫމާތުތައް އެ ޑިޕާޓްމަންޓުން ހޯދަމުންދާނެ އެވެ.

ހަމަމިއާއެކު، ވައި ތަޣައްޔަރުވުމުގެ ސަބަބުން އާންމު ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ސިއްހީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރައްވައި، މާސްކު އެޅުމަށާއި ސިއްހީ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމުގެ މުހިންމުކަމުގެ މައްޗަށް ނަޤީބު ބާރުއެޅުއްވި އެވެ. މި ގޮތުން، ޚާއްސަކޮށް ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންނަށް ރައްކާތެރިކަން ހޯދުމަށް ޓަކައި ފުޅާ ދާއިރާއެއްގައި ދުރާލައި ފިޔަވަޅުތައް އެޅުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

"އޮކްޓޫބަރު މަހުގެ ތެރޭގައި އެ ސްޓޭޓުން ނޭވާހިއްލުމާއި ނޭވާލާ ނިޒާމުގެ މަތީބައިގެ އިންފެކްޝަންތަކުގެ 30،648 ކޭސް ރެކޯޑުކުރެވިފައިވާއިރު، މިއީ ހަފުތާއަކަށް ބަލާއިރު %20.7 ގެ އިތުރުވުމެއް،" އެ ސަރަހައްދުގެ މީޑިއާތަކާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޖޮހޯ ސަރުކާރުން ވަނީ އޮކްޓޫބަރު 8 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ހުރިހާ މަދަރުސާތަކެއް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަދި، އޭގެ ފަހުން އޮކްޓޫބަރު 12 އިން ފެށިގެން ތައުލީމީ މުއައްސަސާތައް އިތުރު ފަސް ދުވަހަށް ބަންދުކުރަން ނިންމި އެވެ. ކިލާސްރޫމްތަކަށް ދަރިވަރުން އެނބުރި ދިއުން ރައްކާތެރިވާނެ ވަގުތެއް ކަނޑައެޅުމަށް ޓަކައި ކަމާބެހޭ އިދާރާތަކުން ވައިގެ ފެންވަރު މޮނިޓަރުކޮށް ވަޒަންކުރަމުންދާއިރު، އެންމެ ފަހުން މުއްދަތު އިތުރުކުރަން މި ނިންމީ ކުރިން ނިންމި މި ނިންމުންތަކާ ގުޅިގެންނެވެ.

ވައިގެ ފެންވަރު ދަށްވުމާއި ޤައުމީ ތަފާސްހިސާބުތައް

އާދީއްތަ ދުވަހުގެ ހެނދުނު މެލޭޝިޔާ ގަޑިން 8:00 އާ ހަމައަށް ޖޮހޯގެ ޕާސީރު ގޫޑާންގުން ރެކޯޑުކުރެވުނު އޭޕީއައި ރީޑިންގ 190 އަށް އަރައި މުޅި ޤައުމުގައި ވެސް އެންމެ މަތީ އަދަދު ރެކޯޑުކުރެވިފައިވާއިރު، އެ ސަރަހައްދު ހިމެނިފައިވަނީ "ވަރަށް ނުރައްކާތެރި" ދަރަޖައިގައި ކަމަށް މެލޭޝިޔާގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓުން ބުންޏެވެ. މި ގޮތުން، މޮނިޓަރިން ސްޓޭޝަންތަކުގެ ތެރެއިން އަށް ސްޓޭޝަނަކުން ވައިގެ ފެންވަރު ސިއްހަތަށް ނުރައްކާވާ މިންވަރުގައި ހުރި ކަމަށް ދައްކާފައިވާއިރު، މި ކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސްޓޭޓަކީ ޖޮހޯ އެވެ.

ޖޮހޯގެ އެހެން ސަރަހައްދުތަކުގެ ތެރެއިން ލާރްކިންއިން 181، ކޮޓަ ތިންގީއިން 181، ޕަންގްރާންގއިން 178، ބަތޫ ޕަހާތުން 169، ކްލޫއަންގުން 163، ތަންގކާއިން 160، އަދި ސެގާމަތުން 157 ގެ ރީޑިންއެއް ރެކޯޑުކުރެވިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓްގެ އެއާ ޕޮލިއުޓަންޓް އިންޑެކްސް މެނޭޖްމަންޓް ސިސްޓަމް ޕޯޓަލްގެ ހިސާބުތަކުން ދައްކަ އެވެ.

ކްލާންގ ވެލީގެ ސަރަހައްދަށް ފަހުގެ ތާރީޚެއްގައި ބޯކޮށް ވާރޭވެހުނު ނަމަވެސް، ޖޯހަން ސެތިޔާއިން ރީޑިން ހުރީ 163 ގަ އެވެ. އަދި، ޝާހް އަލަމްއިން 161، ކްލާންގުން 159، ޕެޓަލިންގ ޖާޔާއިން 157، އަދި ބަންޓިންގުން 156 ރެކޯޑުކުރެވިފައިވެ އެވެ. މީގެ އިތުރުން، ކުއަލަ ލުމްޕޫރުގެ އޯރާސްއިން 156 އަދި ބަޓޫ މުދާއިން 155 ރެކޯޑުކުރެވުނުއިރު، ޕުތުރަޖާޔާއިން ރެކޯޑުކުރެވިފައި ވަނީ 159 އެވެ.

އޭޕީއައި މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގައި، 101 އާއި 200 އާ ދެމެދުގެ ރީޑިންގތައް ބެލެވެނީ ސިއްހަތަށް ނުރައްކާތެރި މިންވަރެއްގެ ގޮތުގަ އެވެ. އަދި، 200 އަށްވުރެ މަތީގެ ރީޑިންގތައް ބަލަނީ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާތެރި މިންވަރެއްގެ ގޮތުގަ އެވެ.

މަސްދަރު: ސީއެންއޭ

ޖޮހޯރުމެލޭޝިއާވައި ތަޣައްޔަރުވުންކުއަލަލަމްޕޫރު

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2026

ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި

11 އޮކްޓޯބަރު 2026
ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި
04 އޮކްޓޯބަރު 2026

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

04 އޮކްޓޯބަރު 2026
މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ
15 ސެޕްޓެމްބަރު 2026

މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ

15 ސެޕްޓެމްބަރު 2026
މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ
14 ސެޕްޓެމްބަރު 2026

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

14 ސެޕްޓެމްބަރު 2026
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
14 ސެޕްޓެމްބަރު 2026

އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް

14 ސެޕްޓެމްބަރު 2026
އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް
05 ސެޕްޓެމްބަރު 2026

މެލޭޝިއާގައި ބާއްވާ ފެންޑާ ސުބަންގް ކަޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

05 ސެޕްޓެމްބަރު 2026
މެލޭޝިއާގައި ބާއްވާ ފެންޑާ ސުބަންގް ކަޕްގައި ބައިވެރިވުމަށް ހުޅުވާލައިފި
10 އޯގަސްޓު 2026

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ސިއްހީ ފަރުވާ ހޯއްދަވަނީ

10 އޯގަސްޓު 2026
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ސިއްހީ ފަރުވާ ހޯއްދަވަނީ
07 ޖުލައި 2026

މެލޭޝިއާގެ ހޮޓަލެއްގައި ގައުމުތަކެއްގެ ދިދަތައް ހުރި އިރު އެތަނުގައި ޗައިނާގެ ދިދަ ނެތުމުން ޗައިނާގެ ފަތުރުވެރިއަކު ޝަކުވާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ

07 ޖުލައި 2026
މެލޭޝިއާގެ ހޮޓަލެއްގައި ގައުމުތަކެއްގެ ދިދަތައް ހުރި އިރު އެތަނުގައި ޗައިނާގެ ދިދަ ނެތުމުން ޗައިނާގެ ފަތުރުވެރިއަކު ޝަކުވާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ
03 ޖުލައި 2026

2026 ވަނަ އަހަރުގެ އޭސީސީ 19 އަހަރުން ދަށުގެ އަންހެން ޕްރިމިއާ ކަޕްގައި ރާއްޖެ ވާދަކުރަނީ

03 ޖުލައި 2026
2026 ވަނަ އަހަރުގެ އޭސީސީ 19 އަހަރުން ދަށުގެ އަންހެން ޕްރިމިއާ ކަޕްގައި ރާއްޖެ ވާދަކުރަނީ
28 ޖޫން 2026

ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"

28 ޖޫން 2026
ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް