Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދާއިރާއަށް ކަމެއް ނުވިޔަސް، ބިރުން ތިބެ މެންބަރުން ކިޔަނީ "ޝުކުރިއްޔާ ރައީސް": ޒިޔާދު

25 ނޮވެމްބަރު 2026 | ބުދަ 08:49

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުން ހުއްޓުވުމަށް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން، މި ސަރުކާރުން މުވައްޒަފުންނަށާއި މަޖިލިސް މެންބަރުންނަށް ނުސީދާކޮށް ބިރުދައްކަމުންދާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފި. އޭނާ ވިދާޅުވީ ދާއިރާތަކަށް ކަމެއް ނުވާއިރު ވެސް ބައެއް މެންބަރުންނަށް މަޖިލީހުގައި ސަރުކާރަށް ޝުކުރު އަދާކުރަން މަޖުބޫރުވެފައިވާ ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ނޮވެމްބަރު 2026 | ބުދަ 08:49
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ތިބެނީ ބިރުން ކަމަށާއި، އެ މެންބަރުންގެ ދާއިރާ އަށް ކަމެއްނުވާއިރު ވެސް ބަހުސްގައި ބައިވެރިވެ "ޝުކުރިއްޔާ ރައީސް" އޭ ވިދާޅުވާން ޖެހޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ނުވަތަ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައި އެކަމަށް އަދަބު ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ވަނީ ބަހުސްކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ ވަޒީފާގެ ބިރުދެއްކުމަކީ ރާއްޖޭގައި ކުރާ ކަމެއް ކަމަށެވެ. މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް ބުނެވި ދާނެ ކަމަށާއި އެހެން ނަމަވެސް ވެމްކޯ އާއި ފެނަކަ މުވައްޒަފުންނަށް ކުރާ މެސެޖުތައް ވެސް ފެންނަ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

މިއަދު ވަރަށް ބާރު ލާފަ ބުނެވިދާނެ ބިރުވެރި ކަމެއްގަ ތިބޭ މެންބަރުން ބުނާނެ ނޯންނެ އޭ. އެ މެންބަރަށް އެނގޭނެ. ރައްޔިތު މީހާ އަށް އެނގޭނެ. ތިމަންނަގެ ވަޒީފާގެ ބިރު އެބައޮތްކަން. އެ ބިރު ދެއްކީމައި. މިއީ އަލަށްވާ ކަމެއް ނޫން. 2013 ގައި އުފެދިގެން އައި ވެރިކަމެއްގައި އަޅުގަނޑު ހަނދާން އެބަހުރި. އޭރުގައި ވަރަށް ވަރުގަދަ ވިޔަފާރި ވެރިއެއް ރާއްޖޭގައި. ކާޅަށް ކޮށައި އަޅާލިޔަސް މިއީ ވިޔަފާރީގެ ބިރު ހުރި ވަރު. ތިމަންނަ މި ހުރިގޮތުގައި ރައްޔިތުންގެ ހައްގުގައި ހުންނާނަމޭ. މިއީ އޭދަފުށީ ދާއިރާގެ މެންބަރޭ އަޅުގަނޑު ހަނދާން ވަނީ. އޭރުގެ ސަރުކާރުން ވިޔަފާރިއާ ހަމައަށް ކުޅެލާ ހިސާބަށް ދިޔައީ
ހުސައިން ޒިޔާދު

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީފާގެ ބިރުދައްކަނީ ސަރުކާރުގެ މުވައްޒަފުންނަށް ކަމަށާއި އެ ބިރުވެރި ކަމަކީ އޮތް ބިރުވެރިކަމެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ. ސީދާކޮށް ވެސް، ނުސީދާކޮށް ވެސް ބިރުދައްކާނަމަ ބިރުވެރިކަން އެބައޮތް ކަމަށް މެންބަރު ވިދާޅުވި އެވެ. 

ޒިޔާދު ވިދާޅުވީ އެ ބިރުވެރިކަމުގައި ތިބޭ ބަޔަކަށް ބިރުވެރިކަން އޮތް ކަމަށް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. މިއަދު ރައްޔިތުންގެ މަޖިލިސް އޮތީ އެ ބިރުވެރިކަމުގައި ކަމަށާއި މިއަދުގެ މަޖިލީހުގެ ހާލަތަކީ އެއްކަލަ ފެނަކަ މުވައްޒަފުންގެ ހާލަތު ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ ބަޖެޓަށް ބަހުސް ކުރި މެންބަރުންގެ އަދަދަށް ބެލި ނަމަވެސް އެކަން ފެންނާނެ ކަމަށެވެ. އެގޮތުން އެ މެންބަރުންގެ ދާއިރާ އަށް ކަމެއް ނުވިޔަސް މަޖިލީހުގައި ބުނަން ޖެހެނީ ދާއިރާތަކަށް ކަންތައްތައް ވާކަމާއި، ޝުކުރިއްޔާ ރައީސް ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. ބަޖެޓު ބަހުސްގައި ގިނަ މެންބަރު ބައިވެރި ނުވީ އެހެން ބުނަން ބޭނުން ނުވާތީ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

ވަޒީފާއާއި ބެހޭ ގާނޫނުރައްޔިތުންގެ މަޖިލިސްޙުސެއިން ޒިޔާދު (ފިއްޓޭ)

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2026

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޕާޓީއަށް ވައްދަން މަޖުބޫރުކުރާނަމަ އަދަބުދެވޭ އިސްލާހެއް ހުށަހެޅީ އެކަން މިއަދު ބޮއްސުންލައިގެން ގޮސްފައިވާތީ: މީކާއީލް

25 ނޮވެމްބަރު 2026
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޕާޓީއަށް ވައްދަން މަޖުބޫރުކުރާނަމަ އަދަބުދެވޭ އިސްލާހެއް ހުށަހެޅީ އެކަން މިއަދު ބޮއްސުންލައިގެން ގޮސްފައިވާތީ: މީކާއީލް
24 ނޮވެމްބަރު 2026

ގާނޫނީ ކޯސްތަކުގެ އިމްތިހާން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް ހެދޭ ގޮތަށް ބާއްވަން އަންގައިފި، ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި 2 ދަރިވަރުން

24 ނޮވެމްބަރު 2026
ގާނޫނީ ކޯސްތަކުގެ އިމްތިހާން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް ހެދޭ ގޮތަށް ބާއްވަން އަންގައިފި، ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި 2 ދަރިވަރުން
20 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

20 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ
18 ނޮވެމްބަރު 2026

އަބުރުގެ ދައުވާކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލު ބަލައިގަނެ ކޮމިޓީ އަށް

18 ނޮވެމްބަރު 2026
އަބުރުގެ ދައުވާކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
18 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެ ކޮމިޓީ އަށް

18 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެ ކޮމިޓީ އަށް
18 ނޮވެމްބަރު 2026

މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކުރާ ބިލު ބަލައިގެންފި

18 ނޮވެމްބަރު 2026
މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކުރާ ބިލު ބަލައިގެންފި
18 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ބަލައިގަނެފި

18 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ބަލައިގަނެފި
17 ނޮވެމްބަރު 2026

މި ގައުމުގައި ފައްޅި އަޅަން ރައްޔިތުން މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ، މުޅި ދައުލަތް ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ: ޣަފޫރު

17 ނޮވެމްބަރު 2026
މި ގައުމުގައި ފައްޅި އަޅަން ރައްޔިތުން މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ، މުޅި ދައުލަތް ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ: ޣަފޫރު
17 ނޮވެމްބަރު 2026

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާ ގާނޫނުތަކުގެ ބޭނުމަކީ ސަރުކާރުގެ ކޮރަޕްޝަން ފޮރުވުން: މެންބަރު ޒިޔާދު

17 ނޮވެމްބަރު 2026
އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާ ގާނޫނުތަކުގެ ބޭނުމަކީ ސަރުކާރުގެ ކޮރަޕްޝަން ފޮރުވުން: މެންބަރު ޒިޔާދު
16 ނޮވެމްބަރު 2026

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ރަނގަޅު ގޮތެއް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުއާކުރުން ނޫން ގޮތެއް ނެތް: މެންބަރު ޒިޔާދު

16 ނޮވެމްބަރު 2026
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ރަނގަޅު ގޮތެއް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުއާކުރުން ނޫން ގޮތެއް ނެތް: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް