Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު 2027

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ރަނގަޅު ގޮތެއް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުއާކުރުން ނޫން ގޮތެއް ނެތް: މެންބަރު ޒިޔާދު

16 ނޮވެމްބަރު 2026 | ހޯމަ 11:58

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ބޮޑުވެ، ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ފޭރުމަށް މަގުފަހިވާ ގޮތަށް އޮތް ބަޖެޓެއް ކަމަށް ވިދާޅުވެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފާޑުވިދާޅުވެއްޖެ. މަޝްރޫއުތަކުގެ އަގު ބޮޑުކޮށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތު ކުރައްވަމުން، އަސާސީ ޚިދުމަތްތަކަށް ބަޖެޓުގައި އިސްކަންދީފައި ނުވާތީ މެންބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 16 ނޮވެމްބަރު 2026 | ހޯމަ 11:58
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) | ރައްޔިތުންގެ މަޖިލިސް

2027 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ރަނގަޅު ގޮތެއް މިންވަރު ކޮށްދެއްވުން އެދި ހެޔޮ ދުއާކުރުން ނޫން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު އޮތީ ދަރަނި ބޮޑުވާނެ ބަޖެޓެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ބަޖެޓުތައް ހުށަހެޅި ނަމަވެސް ކަމެއް ނުވަނީ ދަރަނީގެ ސަބަބުން ކަމަށް ވަޒީރުން ވިދާޅުވާކަން ފާހަގަކުރައްވާ މެންބަރު ޒިޔާދު ވިދާޅުވީ، މިއަހަރަކީ ރިކޯޑް މިންވަރަށް ދަރަނި ދެއްކި އަހަރެއް ކަމަށާއި ނަމަވެސް ދަރަނި ވީ ބޮޑު ކަމަށެވެ. އަދި މިވާ ގޮތެއް ބަލަން ޖެހޭ ކަމަށް ވެސް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާއި ނިމިދިޔަ އަހަރުތަކުގެ ބަޖެޓުތަކުގައި ކުރި ކަމަކީ ކުންފުނިތަކަށް ފައިސާ ޖަމާކުރުމަށްފަހު ކުންފުނިތަކުން ވައްކަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން މިބުނާ ރަސްމާލެ ހިއްކުމަށް އެޗްޑީސީން ރާޖޫއަށް ނުދެވުނީމާ، އެމްއޭސީއެލްއިން ހިއްކާ ކުންފުންޏެއް ހަދާފައި، ރާޖޫ ކިޔާ މީހަކު ލައްވާ އެމްއޭސީއެލްއިން ހެދި ކުންފުނިން ހިއްކީ. މިއަދު ބަދަލު ދޭން އެމްއޭސީއެލް ރިޕޯޓުގައި ޖަހާފައި އޮތީ 1.7 ބިލިއަން އިއްޒަތްތެރި ރައީސް. އޭނަ އެތަން ހިއްކަން އެޅި ފަސް އާދައިގެ ފަޓުލޫނެއްގެ ފައިކައްޓަށް އެޅޭނެ އިއްޒަތްތެރި ރައީސް. ދެން ކުރި ކަމަކީ ޓިނުން ފެންސެއް ޖެހީ ހުޅުމާލޭގައި، ޓިނުން ޖެހީމައި ތޯއްޗެއް އެހާ އަގުބޮޑީ 1.7 ބިލިއަން ދޭން ޖެހޭ ކަަމަށް އެމްއޭސީއެލްއިން އެއޮތީ ބުނެފައި. މިއަކަށް ނުކިޔާނެ ވައްކަމެއް މިއީ ފޭރުން، މިއީ ލޫޓުވުން
ހުސައިން ޒިޔާދު (ފިއްޓޭ)

މީގެ އިތުރުން، އާރުޓީއެލް ފެރީ މިހާރު ބަރާބަރަށް ދަތުރު ނުކުރުމާއި ބޭސް ނުލިބުމުގެ އިތުރުން ދައުލަތުގެ މީޑިއާއަށް އަންނަ އަހަރުގެ ބަޖެޓުން 145 މިލިއަން ދޭން ހިމަނާފައިވުމުން މެންބަރު ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އެހެންކަމުން 2027 ވަނަ އަހަރުގެ ބަޖެޓަކީ ދުއާކޮށްގެން ނޫން ގޮތަކަށް ކަމެއް ވާން އޮތް ބަޖެޓެއް ނޫން ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.  

ބަޖެޓު ބަހުސްޙުސެއިން ޒިޔާދު (ފިއްޓޭ)

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް

10 ނޮވެމްބަރު 2026
ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް
04 ނޮވެމްބަރު 2026

ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް

04 ނޮވެމްބަރު 2026
ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް
28 އޮކްޓޯބަރު 2026

ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު

28 އޮކްޓޯބަރު 2026
ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު
26 އޮކްޓޯބަރު 2026

ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ: ޒިޔާދު

26 އޮކްޓޯބަރު 2026
ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ: ޒިޔާދު
08 އޮކްޓޯބަރު 2026

500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު

08 އޮކްޓޯބަރު 2026
500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު
06 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނެއް ހަދާއިރު، ކުށް ސާބިތުނުވިޔަސް މުދާ ނެގޭގޮތަށް އޮންނާތީ މެންބަރު ޒިޔާދުގެ ކަންބޮޑުވުން!

06 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނެއް ހަދާއިރު، ކުށް ސާބިތުނުވިޔަސް މުދާ ނެގޭގޮތަށް އޮންނާތީ މެންބަރު ޒިޔާދުގެ ކަންބޮޑުވުން!
05 އޮކްޓޯބަރު 2026

މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު

05 އޮކްޓޯބަރު 2026
މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު
15 ސެޕްޓެމްބަރު 2026

އިހުތިރާމު ކެމްޕޭނަކީ ރައީސް ހައްދަވާ ގޯސްތަކަށް ހަނު ތިބޭން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއް: ޒިޔާދު

15 ސެޕްޓެމްބަރު 2026
އިހުތިރާމު ކެމްޕޭނަކީ ރައީސް ހައްދަވާ ގޯސްތަކަށް ހަނު ތިބޭން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއް: ޒިޔާދު
11 ސެޕްޓެމްބަރު 2026

ފެނަކަ އަދި އާރުޑީސީ އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ: މެންބަރު ޒިޔާދު

11 ސެޕްޓެމްބަރު 2026
ފެނަކަ އަދި އާރުޑީސީ އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ: މެންބަރު ޒިޔާދު
27 އޯގަސްޓު 2026

އެންމެ ކުޑަމިނުން ބިލަކަށް ބަހުސްކޮށްލާނެ މެންބަރަކު ވެސް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ނުވޭ، ބިލުތައް ފާސްކޮށްލަނީ ސަރުކާރުން ފޮނުވާ ގޮތަށް: ޒިޔާދު

27 އޯގަސްޓު 2026
އެންމެ ކުޑަމިނުން ބިލަކަށް ބަހުސްކޮށްލާނެ މެންބަރަކު ވެސް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ނުވޭ، ބިލުތައް ފާސްކޮށްލަނީ ސަރުކާރުން ފޮނުވާ ގޮތަށް: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް