Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަސްކޮއެ ޓްރެވަލް ސަރވިސަސް

އަސްކޮއެ ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލަ ޕީޖީން ބަލައިގަނެފި

24 ނޮވެމްބަރު 2026 | އަންގާރަ 11:48

އަސްކޮއި ގްރޫޕުން 109 މީހެއްގެ އަތުން 2.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައި، އުމްރާއަށް ގެންގޮސްނުދީ ޚިޔާނާތްތެރިވި މައްސަލައިގައި ދައުވާކުރުމަށް ޕީޖީ އޮފީހުން މިހާރު ވަނީ ނިންމާފައި. މި މައްސަލައާ ގުޅިގެން އެ ކުންފުނީގެ އުމްރާ ހުއްދަ ބާތިލުކޮށް ފިޔަވަޅު އަޅާފައިވާއިރު، މީގެ ކުރިންވެސް ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން އެ ކުންފުނީގެ މައްޗަށް އެކި ފަހަރުމަތިން ހުކުމްކޮށްފައިވޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 24 ނޮވެމްބަރު 2026 | އަންގާރަ 11:48
ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި އުމްރާވެރިން ފުރަނީ

ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި އުމްރާވެރިން ފުރަނީ | އިސްލާމިކް މިނިސްޓްރީ

އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބަލައިގަނެފި އެވެ.

އަންގާރަ ދުވަހު ޕީޖީ އޮފީހުން ބުނި ގޮތުގައި 2025 ވަނަ އަހަރު އަސްކޮއި ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މީހުން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މއ. ފައިންޝޭޑް، ކ.މާލެ، އަބްދުﷲ ރަޝީދު ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ގެންގޮސް ނުދީ އެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ މައްސަލާގައި ދައުވާކުރުމަށްޓަކައި މި އޮފީހަށް ބަލައިގަނެފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ކަނޑައަޅާނީ މިއަންނަ ޑިސެންބަރު މަހުގެ ކުރީކޮޅު ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. 

އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާއަށް އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެގޮތުން، އެ ފައިސާގެ އަދަދު 2،660،300 ރުފިޔާ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. 

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަސްކޮއި ގްރޫޕުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ އަތުލުމަށް ފަހު އުމްރާ އަށް ގެންގޮސްފައި ނުވާ މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި މުހިއްމު ލިޔެކިޔުންތައް ހޯދުމަށް އެ ގްރޫޕްގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށް އާއްމުން ބުނެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހަމައެއާއެކު، އަސްކޮއި ގްރޫޕްގެ އިސްވެރިޔާއާ ރަސްމީކޮށް ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބު ދީފައި ނުވާ ކަމަށާއި އެގްރޫޕްގެ ކުންފުންޏަށް ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ވެސް ޖަވާބު ނުދޭ ކަމަށް އެ ވުޒާރާ އިން ވަނީ ބުނެފަ އެވެ.

އެ ގްރޫޕާ މެދު އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ބަލާއިރު އުމްރާއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ ބާތިލްކުރުމާއި ޖޫރިމަނާކުރުމުގެ އިތުރުން، ކުންފުނީގެ ހިއްސާދާރުން ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ވަނީ ނިންމާފަ އެވެ. ހަމައެހެންމެ އާއްމުން އުމްރާ ދަތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އެންގުމާއި، މި މައްސަލަ ޕޮލިހަށް މައްސަލަ ހުށަހެޅުން އެ ގްރޫޕާއި މެދު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި އެ ކުންފުނީގެ މައްޗަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ. އެގޮތުން  އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250 ރުފިޔާ ދޭން މިއަހަރުގެ ފެބްރުއަރީ މަހު ވެސް ސިވިލް ކޯޓުން ހުކުމް ކުރި އެވެ. ހަމައެއާއެކު މިއަހަރުގެ ސެޕްޓެމްބަރު މަހު ވެސް ވަނީ އަސްކޮއި ގްރޫޕުން ލަނޑު ދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފަ އެވެ. 

އަސްކޮއި ޓްރެވަލް ސާވިސަސްޕްރޮސެކިއުޓަރ ޖެނެރަލް

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

އަސްކޮއެ ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލަ ޕީޖީއަށް ފޮނުވައިފި

23 ނޮވެމްބަރު 2026
އަސްކޮއެ ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލަ ޕީޖީއަށް ފޮނުވައިފި
10 ނޮވެމްބަރު 2026

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ލެބޯޓަރީ ސާމާނު ބޮޑު އަގުގައި ގަތް މައްސަލައިގައި ޕްރޮކިއުމަންޓް އޮފިސަރާއި ބިޑު ކޮމިޓީގެ ތިން މެންބަރަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް!

10 ނޮވެމްބަރު 2026
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ލެބޯޓަރީ ސާމާނު ބޮޑު އަގުގައި ގަތް މައްސަލައިގައި ޕްރޮކިއުމަންޓް އޮފިސަރާއި ބިޑު ކޮމިޓީގެ ތިން މެންބަރަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް!
20 ސެޕްޓެމްބަރު 2026

ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

20 ސެޕްޓެމްބަރު 2026
ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
03 ސެޕްޓެމްބަރު 2026

އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ ދޭން ހުކުމްކޮށްފި

03 ސެޕްޓެމްބަރު 2026
 އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ  ދޭން ހުކުމްކޮށްފި
27 އޯގަސްޓު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައުލޫމާތުގެ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދިއްޖެ

27 އޯގަސްޓު 2026
ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައުލޫމާތުގެ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދިއްޖެ
21 އޯގަސްޓު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް ޕީޖީން އަނބުރާ ގެންގޮސްފި

21 އޯގަސްޓު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް ޕީޖީން އަނބުރާ ގެންގޮސްފި
19 އޯގަސްޓު 2026

މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި

19 އޯގަސްޓު 2026
މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި
17 ޖޫން 2026

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

17 ޖޫން 2026
ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު
14 ޖޫން 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
15 މެއި 2026

ޝަރީޢަތް ފެށުމުގެ ކުރިން މީހެއްގެ އަނގަ ބަންދުކުރުމުގެ އަމުރެއް ނެރުމަކީ ފަލްސަފީ ގޮތުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫން: ޝަމީމް

15 މެއި 2026
ޝަރީޢަތް ފެށުމުގެ ކުރިން މީހެއްގެ އަނގަ ބަންދުކުރުމުގެ އަމުރެއް ނެރުމަކީ ފަލްސަފީ ގޮތުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫން: ޝަމީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް