Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ކޯޓު

އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ ދޭން ހުކުމްކޮށްފި

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:09

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި، އަސްކޮއި ގްރޫޕުން އާއިލާއަކަށް 155,250 ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި. މި ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުނީގެ ވެރިޔާ އެއްބަސްވެފައިވާއިރު، ގިނަ ބަޔަކަށް އޮޅުވާލި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ވަނީ އެ ގްރޫޕްގެ ހުއްދަ ބާތިލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:09
ސިވިލް ކޯޓު

ސިވިލް ކޯޓު | ރާއްޖެއެމްވީ

އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ ބުދަ ދުވަހު އެވެ. އެ ހުކުމްގައި ބުނެފައި ވަނީ އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޑެޓާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ 6 މީހަކު އުމްރާ އަށް ގެންދަން ފައިސާ ދެއްކުމުން ލަނޑު ދީފައިވާތީ އެ ފައިސާ އާއި ލިބުނު ގެއްލުން ހޯދުމަށް ކަމަށެވެ. 

Advertisement - newsAdvertisement

އުމްރާއަށް ދިޔުމަށް އެ މީހުން ދެއްކި 155،700ރ. އާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި 42،000ރ. ހޯދުމަށް މައްސަލައިގައި އެދިފައިވެ އެވެ.

ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ އުމްރާ އަށް ގެންދާނެ ކަމަށް ބުނުމުން ދައްކާފައިވާ 155،250 ރުފިޔާ އަނބުރާ ދެއްކުމަށެވެ.  އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަސްކޮއި ކުންފުނި އަދި އެ ކުންފުނީގެ ވެރިޔާ މއ. ފައިންޝޭޑް، އަބްދުﷲ ރަޝީދު ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދިޔަ ކަމަށް ބުނާ ހަރަދަކީ ދައުވާ ލިބޭ ފަރާތުގެ ކިބައިން ނަގައި ދެވޭނެ ފައިސާކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރިއަތުގައި ސާބިތު ނުވާކަން ބަޔާންކޮށް ސިވިލް ކޯޓުން ވަނީ އެ ޚަރަދު ނަގައިދެވެން ނެތްކަމަށް ނިންމާފަ އެވެ.

އަސްކޮއި ގްރޫޕުން ވަނީ އުމްރާއަށް ގެންދާނެ ކަމަށް 28 މީހެއްގެ އަތުން ފައިސާ ނެގުމަށް ފަހު އޮޅުވާލާފަ އެވެ. މި މައްސަލަ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލުކޮށް، އަސްކޮއި ގްރޫޕާއި މެދު ފިޔަވަޅު އަޅާފަ އެވެ.

 މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އެ ކުންފުނީގެ މައްޗަށް ފައިސާ ދެއްކުމަށް ޙުކުމް ކޮށްފައިވެއެވެ. އެގޮތުން  އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން މިއަހަރުގެ ފެބްރުއަރީ މަހުވެސް ސިވިލް ކޯޓުން ޙުކުމް ކުރި އެވެ. 

އަސްކޮއި ޓްރެވަލް ސާވިސަސްސިވިލް ކޯޓުޢުމްރާ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި

25 އޯގަސްޓު 2026
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި
20 އޯގަސްޓު 2026

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑުކޮށްފި

20 އޯގަސްޓު 2026
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑުކޮށްފި
18 އޯގަސްޓު 2026

އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް!

18 އޯގަސްޓު 2026
އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް!
13 އޯގަސްޓު 2026

މީގެ 20 އަހަރު ކުރީގެ ބިލްތަކަށް 168.8 މިލިއަން ރުފިޔާ ހޯދަން ސެންޓަރ އެންޓަޕްރައިސަސް އިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ކުރި ދައުވާ ސާބިތެއް ނުވި!

13 އޯގަސްޓު 2026
މީގެ 20 އަހަރު ކުރީގެ ބިލްތަކަށް 168.8 މިލިއަން ރުފިޔާ ހޯދަން ސެންޓަރ އެންޓަޕްރައިސަސް އިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ކުރި ދައުވާ ސާބިތެއް ނުވި!
02 އޯގަސްޓު 2026

މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން މައްސަލަ ހައިކޯޓަށް!

02 އޯގަސްޓު 2026
މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން މައްސަލަ ހައިކޯޓަށް!
02 އޯގަސްޓު 2026

އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

02 އޯގަސްޓު 2026
އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
28 ޖުލައި 2026

ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

28 ޖުލައި 2026
ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
02 ޖުލައި 2026

މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލީ އިޖުރާއަތު ފުރިހަމަނުވާކަމަށް ބުނެ

02 ޖުލައި 2026
މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލީ އިޖުރާއަތު ފުރިހަމަނުވާކަމަށް ބުނެ
18 ޖޫން 2026

އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި

18 ޖޫން 2026
އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި
12 ޖޫން 2026

ވާރލްޑް ކަޕް ދައްކަން އުޅޭތީ ސިވިލް ކޯޓުން "ހިލޭ.ޓީވީ" ބްލޮކްކުރުމަށް އަމުރުކޮށްފި

12 ޖޫން 2026
ވާރލްޑް ކަޕް ދައްކަން އުޅޭތީ ސިވިލް ކޯޓުން "ހިލޭ.ޓީވީ" ބްލޮކްކުރުމަށް އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް