Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނގަބަންދު ކުރާ އަމުރު

ޝަރީޢަތް ފެށުމުގެ ކުރިން މީހެއްގެ އަނގަ ބަންދުކުރުމުގެ އަމުރެއް ނެރުމަކީ ފަލްސަފީ ގޮތުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫން: ޝަމީމް

ޝަރީޢަތް ފެށުމުގެ ކުރިން މީހެއްގެ އަނގަ ބަންދުކުރުމުގެ އަމުރެއް ނެރުމަކީ ޤާނޫނީ ގޮތުންނާއި ފަލްސަފީ ގޮތުން ބެލިޔަސް ހަމަޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ. ޕީޖީ އޮފީހުގެ އަސްލު މަޤްޞަދަކީ އިންސާފު ޤާއިމުކުރުން ކަމަށްވާއިރު، ޑިމޮކްރެޓިކް ނިޒާމެއްގައި ފަނޑިޔާރުންނަކީ ރައްޔިތުންނަށް ޚިދުމަތްކުރާ ބައެއްކަން އޭނާ ފާހަގަކުރެއްވި. އަދި ޝަރީޢަތް ކުރުމަށް އިންތިހާއަށް ދަތިވާ ހާލަތެއްގައި ނޫނީ ޚިޔާލު ފާޅުކުރުން ހުއްޓުވުމުގެ އަމުރު ނެރެގެން ނުވާނެ ކަމަށްވެސް ޝަމީމް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 13:57
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް. | ރާއްޖެ އެމްވީ

ޝަރީޢަތް ފެށުމުގެ ކުރިން މީހެއްގެ އަނގަ ބަންދުކުރުމުގެ އަމުރެއް ނެރުމަކީ ފަލްސަފީ ގޮތުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ ޕްރެސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަމީމް މިހެން ވިދާޅުވީ، ވަކި މައްސަލައަކާ ގުޅިގެން ވާހަކަ ނުދެއްކުމަށް ކޯޓުން ނެރެފައިވާ އަމުރަކަށް އިޝާރާތް ކުރައްވަ އެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ ކޯޓުން ނެރެފައިވާ އަމުރަކަށް ވާތީ އެ އަމުރަށް އިޙްތިރާމްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ހައިކޯޓުން އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑަނާޅާ ހިނދަކު އެ އަމުރަށް ތަބާވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ އަމުރުގެ ސްކޯޕް ބޮޑުވުމާއި އޭގައި ހުރި ޤާނޫނީ މައްސަލަތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބަހުސް ކުރެވިދާނެ ކަންކަން ކަމަށް ޝަމީމް ފާހަގަކުރެއްވި އެވެ.

ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިފަދަ އަމުރަކަށް އެދުނު ސަބަބާ މެދު ސުވާލު އުފައްދަވަމުން ޝަމީމް ވިދާޅުވީ، އެއީ ދުވަހަކުވެސް ތަސައްވުރު ކުރި ކަމެއް ނޫން ކަމަށެވެ. ޕީޖީ އޮފީހުގެ މަސްއޫލިއްޔަތަކީ ވަކި މީހަކު ކުށްވެރިކުރުން ނުވަތަ ދޫކޮށްލުން ނޫން ކަމަށާއި، އެ އޮފީހުގެ އަސްލު މަޤްޞަދަކީ އިންސާފު ޤާއިމުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ކުށްވެރިވާ މީހާގެ މައްޗަށް ދަޢުވާ ސާބިތުވުމާއި ކުށެއް ނެތް މީހާ މިނިވަންވުމަކީ ޕްރޮސިކިއުޓަރަށް ލިބޭ ގެއްލުމެއް ނޫން ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އަމުރަށް އެދުނީ ކީއްވެތޯ؟ އަޅުގަނޑަކަށްވެސް ނުއެއް އެނގޭ އަޅުގަނޑުމެން ދުވަހަކުވެސް ތަސައްވުރުވެސް ކުރި ކަމެއް ނޫން އެއީ ޕީޖީ އޮފީހަށް މި އޮންނަނީ ކޮންމެހެން ވަކި މީހެއް ކުށްވެރިކުރުމެއްވެސް ނޫން ވަކި މީހެއް ދޫކުރުމެއްވެސް ނޫން އިންސާފު ޤާއިމުކުރަން އެ އިންސާފު ޤާއިމުވަނީ ކުށްކުރާ މީހާގެ މައްޗަށް ދަޢުވާކޮށްގެން ކުށް ނުކުރާ މީހާ ދޫކޮށްލިން އެ އަނެއްހެން ބަލަންޏާ ޕްރޮސިކިއުޓަރަކަށް އޭނަގެ މަސައްކަތުގައި ގެއްލުންވާނެ އެއްވެސް ގޮތެއްނެތް މައްސަލައެއް ސާބިތުނުވެއްޖެއްޔާ އެ ކުށް ނުކުރާ މީހާ މިނިވަންވީ. މައްސަލައެއް ސާބިތުވެއްޖެއްޔާ ކުށްކުރާ މީހާ ބަންދުކުރެވުނީ އެހެންވީމަ ޕީޖީ އޮފީހުގެ އިންޓްރަސްޓެއް ޕީޖީ އޮފީހުގެ މަޞްލަޙަތެއް ނުވެން އޮންނާނެ އެގޮތަކަށް
ކުރީގެ ޕްރެސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޖުޑީޝަރީގެ ބާރުތައް އުފެދިގެން އައި ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން ޝަމީމް ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެނޑުމުގެ މަފްހޫމަކީ ކުރީގެ ރަސްކަމުގެ ނިޒާމުގެ ތެރެއިން އައިސްފައިވާ ކަމެއް ކަމަށެވެ. ކުރީގައި ފަނޑިޔާރުންނަކީ ރަސްގެފާނުގެ ބާރުތައް ތަންފީޒުކުރަން ތިބޭ ބައެއް ކަމަށާއި، އެހެންކަމުން ކޯޓުގެ ހުރުމަތް ކެނޑުމަކީ ރަސްގެފާނުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޑިމޮކްރެޓިކް ނިޒާމެއްގައި ފަނޑިޔާރަކީ ރައްޔިތުންނަށް ޚިދުމަތްކުރާ ޚާދިމެއް ކަމަށް ޝަމީމް ސިފަކުރެއްވި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ވާހަކަފުޅަކަށް ރިއާޔަތް ކުރައްވަމުން ޝަމީމް ވިދާޅުވީ، ފަނޑިޔާރަށް އޭނާގެ މަސައްކަތް ކުރުމަށް އިންތިހާއަށް އުނދަގޫވާ ހާލަތެއްގައި ނޫނީ އަނގަ ބަންދުކުރުމުގެ އަމުރު ނެރެގެން ނުވާނެ ކަމަށެވެ. އަދި ޝަރީޢަތް ކުރުމަށް ދަތިވޭތޯ ނުވަތަ ނޫންތޯ އެނގޭނީ ޝަރީޢަތް ފެށުމުން ކަމަށްވާތީ، ޝަރީޢަތް ފެށުމުގެ ކުރިން އެފަދަ އަމުރެއް ނެރުމަކީ މުޅި ތަރުތީބުން ބެލިޔަސް ހަމަޖެހޭ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

ހުސެން ޝަމީމްޕްރޮސެކިއުޓަރ ޖެނެރަލްދުލާއި ގަލަމުގެ މިނިވަންކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އަދަދުގެ ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް: ސޯލިހު

އަދަދުގެ ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް: ސޯލިހު

12 މެއި 2026
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް

11 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ: ރައީސް މުއިއްޒު

އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ: ރައީސް މުއިއްޒު

11 މެއި 2026
މެއި 6 ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ މި މައްސަލައިގައި ގޮއްވާލާފައިވާ ބޮމުގެ ބައިތަކުން ފެނިފައިވޭ: ހެކިވެރިޔާ

މެއި 6 ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ މި މައްސަލައިގައި ގޮއްވާލާފައިވާ ބޮމުގެ ބައިތަކުން ފެނިފައިވޭ: ހެކިވެރިޔާ

11 މެއި 2026
އެމްއެމްޕީއާރުސީ ގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ދަރިންގެ ކުންފުންޏަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

އެމްއެމްޕީއާރުސީ ގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ދަރިންގެ ކުންފުންޏަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

10 މެއި 2026

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު