Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވައިގެ ސަރަހައްދާ ކައިރިވުމުން ދެކުނު ކޮރެއާއިން ރައްކާތެރިކަމުގެ އިންޒާރު!

24 ނޮވެމްބަރު 2026 | އަންގާރަ 06:23

ރަޝިއާގެ އަސްކަރީ މަތިންދާބޯޓުތަކެއް ދެކުނު ކޮރެއާގެ ވައިގެ ދިފާއީ ސަރަހައްދާ ކައިރިވުމާ ގުޅިގެން، އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި. މި ހާދިސާއާ ގުޅިގެން އުލުންގް ޖަޒީރާގެ ރައްޔިތުންނަށް ކުއްލި ނުރައްކަލުގެ އިންޒާރު ނެރުނުއިރު، މިއީ ރަޝިއާގެ އަމަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް އެ ގައުމުގެ އަސްކަރީ އެޓާޗޭ ހާޒިރުކުރަން ނިންމި ފަހަރެއް

ނިއުސް ޓީމް
ނިއުސް ޓީމް | 24 ނޮވެމްބަރު 2026 | އަންގާރަ 06:23
ދެކުނު ކޮރެއާގެ އަސްކަރީ މަތިންދާބޯޓެއް އުދުއްސައިލާ މަންޒަރު [ފައިލް]

ދެކުނު ކޮރެއާގެ އަސްކަރީ މަތިންދާބޯޓެއް އުދުއްސައިލާ މަންޒަރު [ފައިލް] | އީޕީއޭ

ރަޝިއާގެ އަސްކަރީ މަތިންދާބޯޓުތަކެއް ދެކުނު ކޮރެއާގެ ވައިގެ ދިފާއީ ސަރަހައްދަށް (އޭޑީއައިޒެޑް) ވަގުތުކޮޅަކަށް ވަނުމާ ގުޅިގެން، ދެކުނު ކޮރެއާގެ ވައިގެ ސިފައިން އަންގާރަ ދުވަހު އަސްކަރީ މަތިންދާބޯޓުތައް އުދުއްސައިލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި އެވެ. އަދި، އެ ގައުމުގެ ޖަޒީރާ ރަށެއްގެ ރައްޔިތުން ރައްކާތެރި ހިޔާވަހިކަން ހޯދުމަށް ސަރުކާރުން ވަނީ ކުރިއާލައި އިންޒާރު ނެރެފަ އެވެ.

ދެކުނު ކޮރެއާގެ އިރުމަތީ އައްސޭރިފަށާ ދިމާލުން އޮންނަ އުލުންގް ޖަޒީރާގެ ވައިގެ ސަރަހައްދާ ދިމާލަށް ރަޝިއާގެ "ގިނަ އަދަދެއްގެ" އަސްކަރީ މަތިންދާބޯޓުތަކެއް މިސްރާބު ޖަހައި، އެ ސަރަހައްދަށް ވަންނަން ކައިރިވެފައިވަނިކޮށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން އެ ބޯޓުތައް ދެނެގަނެ، ހަރަކާތްތައް ބަލަމުން ދިޔަ ކަމަށް ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ތަރުޖަމާނު ވިދާޅުވި އެވެ.

Advertisement - worldAdvertisement

"ވައިގެ ސަރަހައްދަށް ވަދެގަނެފާނެ ކަމަށް ލަފާކުރެވުނު. އެހެންކަމުން، އަޅުގަނޑުމެންގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި ކުރިއާލައި އިންޒާރު ނެރުނީ،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ޖަންގް ޑޯ-ޔަންގް ވިދާޅުވި އެވެ. ނަމަވެސް، އެންމެ ފަހުން ރަޝިއާގެ އެއްވެސް މަތިންދާބޯޓެއް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ވަދެފައި ނުވާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން "ހަރުކަށި އިހުތިޖާޖެއް ހުށަހެޅުމަށް" އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި ރަޝިއާގެ އަސްކަރީ އެޓާޗޭ ދިފާޢީ ވުޒާރާއަށް ހާޒިރުކުރާނެ ކަމަށް އެ ވުޒާރާގެ ތަރުޖަމާނު ޗުންގް ބިންނާ ވިދާޅުވި އެވެ. މި ކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެދުމުން، ސޯލްގައި ހުންނަ ރަޝިއާގެ ސަފާރާއިން ޖަވާބެއް ދީފައެއް ނުވެ އެވެ.

ވައިގެ ދިފާއީ ސަރަހައްދު ނުވަތަ އޭޑީއައިޒެޑްއަކީ ވައިގެ ސަރަހައްދާ ގާތްވަމުންދާ މަތިންދާބޯޓުތައް ދެނެގަނެ، އެ އުޅަނދުތަކަށް އިޖާބަދިނުމަށް އެހީތެރިވުމުގެ ގޮތުން ގައުމުތަކުން ކަނޑައަޅާފައި އޮންނަ ސަރަހައްދެކެވެ. މޮސްކޯއިން މި ސަރަހައްދު ބަލައިނުގަންނާތީ، ފާއިތުވި މަސްތަކުގެ ތެރޭގައި ރަޝިއާގެ އަސްކަރީ ބޯޓުތައް ދެކުނު ކޮރެއާގެ އޭޑީއައިޒެޑްއަށް އެތައް ފަހަރަކު ވަދެފައިވެ އެވެ. ނަމަވެސް، ރައްޔިތުން އަވަހަށް ރައްކާތެރިކަން ހޯދުމަށް އަންގައި މަދަނީ ދިފާއީ އިންޒާރެއް ނެރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ.

މި ހާދިސާގައި، އަސްކަރިއްޔާއާ ގުޅިގެން އެ ގައުމުގެ ސަލާމަތާބެހޭ ވުޒާރާއިން ކުރިން ނެރުނު މަދަނީ ދިފާއީ އިންޒާރުގައި، ރަޝިއާގެ މަތިންދާބޯޓުތަކެއް "ވައިގެ ސަރަހައްދަށް ވަދެގަތުމާ" ގުޅިގެން އުލުންގް ޖަޒީރާގެ ރައްޔިތުން ރައްކާތެރިކަން ހޯދުމަށް އިރުޝާދު ދިނެވެ. އެ އިންޒާރު ނެރުނުތާ ތިން މިނެޓު ފަހުން ވަނީ އުވާލާފަ އެވެ.

އަސްކަރީ ތަރުޖަމާނު ޖަންގް ވިދާޅުވީ ރަޝިއާގެ ބޯޓުތައް އުލުންގް ޖަޒީރާގެ މަތީގައިވާ ވައިގެ ސަރަހައްދާ "ވަރަށް ކައިރިއަށް" އައި ކަމަށެވެ. މިއާއެކު، އެއްވެސް ހާދިސާއެއް ހިނގިޔަ ނުދިނުމަށް ޓަކައި ދެކުނު ކޮރެއާގެ އަސްކަރީ މަތިންދާބޯޓުތަކުން "ޓެކްޓިކަލް ހަރަކާތްތަކެއް" ހިންގި ކަމަށް ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ބުންޏެވެ.

ހަމަމިއާއެކު، އުތުރު ކޮރެއާގެ ބޯޓެއް ކަމަށް ޝައްކުކުރެވޭ އުޅަނދެއް އެ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ، އެ ޕްރޮވިންސްގެ ސަރުކާރުން އޮޅުމަކުން ވަކި އިންޒާރެއް ނެރުނެވެ. ނަމަވެސް، ފަހުން އެ އިންޒާރު ވަނީ ބާތިލުކޮށްފަ އެވެ.

މަސްދަރު: ރޮއިޓަރސް

ވައިގެ ދިފާއީ ސަރަހައްދުރަޝިޔާދެކުނު ކޮރެއާ

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލައިފި

23 ނޮވެމްބަރު 2026
ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލައިފި
22 ނޮވެމްބަރު 2026

ފިންލެންޑް ކަނޑުއޮޅީގައި ރަޝިއާގެ އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް، ބޯލްޓިކް ކަނޑަށް ރަޝިއާ-ޔޫކްރެއިން ހަނގުރާނަ ފެތުރެނީ

22 ނޮވެމްބަރު 2026
ފިންލެންޑް ކަނޑުއޮޅީގައި ރަޝިއާގެ އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް، ބޯލްޓިކް ކަނޑަށް ރަޝިއާ-ޔޫކްރެއިން ހަނގުރާނަ ފެތުރެނީ
10 ނޮވެމްބަރު 2026

ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ

10 ނޮވެމްބަރު 2026
ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ
06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
30 އޮކްޓޯބަރު 2026

"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!

30 އޮކްޓޯބަރު 2026
"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!
29 އޮކްޓޯބަރު 2026

އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މަޝްވަރާތަކަށް ހުރަސްއެޅޭ: ކްރެމްލިން

29 އޮކްޓޯބަރު 2026
އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މަޝްވަރާތަކަށް ހުރަސްއެޅޭ: ކްރެމްލިން
27 އޮކްޓޯބަރު 2026

ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި

27 އޮކްޓޯބަރު 2026
ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި
27 އޮކްޓޯބަރު 2026

ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ

27 އޮކްޓޯބަރު 2026
ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ
14 އޮކްޓޯބަރު 2026

އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ

14 އޮކްޓޯބަރު 2026
އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ
13 އޮކްޓޯބަރު 2026

އުތުރު ކޮރެޔާއިން އަނެއްކާ ވެސް ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި

13 އޮކްޓޯބަރު 2026
އުތުރު ކޮރެޔާއިން އަނެއްކާ ވެސް ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް