Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލައިފި

23 ނޮވެމްބަރު 2026 | ހޯމަ 07:01

ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޔޫކްރެއިނުން ދިން ކަމަށް ބެލެވޭ ޑްރޯން ހަމަލާތަކެއްގައި އެ އުޅަނދު އަޑިއަށް ގޮސް، ބައެއް މީހުން މަރުވެއްޖެ. މި ހާދިސާއާ ގުޅިގެން ލީބިޔާގެ އިރުމަތީ ސަރުކާރުން ވަނީ އެ ގައުމަކީ ބޭރުގެ ހަނގުރާމަތައް ކުރާ މައިދާނަކަށް ހަދަން ފުރުސަތު ނުދޭނެ ކަމަށް ބުނެ، މިކަން ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގު ކުރުމަށް އދ. އަށް ގޮވާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 23 ނޮވެމްބަރު 2026 | ހޯމަ 07:01
ލީބިޔާގެ ބެންޣާޒީގެ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ހަމަލާދިނުމުން އެ އުޅަނދު ފެތިފައިވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް

ލީބިޔާގެ ބެންޣާޒީގެ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ހަމަލާދިނުމުން އެ އުޅަނދު ފެތިފައިވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް | އޭޕީ

ލީބިޔާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ކަނޑުގެ ޑްރޯންތަކަކުން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާއާ ގުޅިގެން ރަޝިއާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެ އެވެ.

ލީބިޔާގެ އިރުމަތީގައި ގާއިމުވެފައިވާ ސަރުކާރުން ބުނި ގޮތުގައި، އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތުގައި ދިން މި ހަމަލާ އަމާޒުވެފައި ވަނީ އަސްކަރީ މަރުކަޒަކާ ކައިރީގައި އޮންނަ ބެންޣާޒީގެ މަދަނީ ބަނދަރުގައި އަޅާފައި އޮތް އުޅަނދަކަށެވެ. މި ހަމަލާގައި ލީބިޔާ އަދި ރަޝިއާގެ ރައްޔިތުންގެ ތެރެއިން އަދަދު ނޭނގޭ ބަޔަކު މަރުވެފައިވާ ކަމަށް މަސްދަރުތަކުން އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ މައުލޫމާތު ދީފަ އެވެ.

Advertisement - worldAdvertisement

އެ އުޅަނދުގައި ހަތިޔާރާއި، ވަޒަނާއި، އަދި ޑްރޯން ބަރުކޮށްފައި ހުރި ކަމަށް މަސްދަރުތަކުން ބުނެ އެވެ. ހަމަމިއާއެކު، ތިން ޑްރޯނަކުން އެ އުޅަނދަށް ހަމަލާދޭ މަންޒަރު ފެނުނު ކަމަށް އެ ސަރަހައްދުގެ ރައްޔިތުންނާ ހަވާލާދީ މަސްދަރުތަކުން ހާމަކުރި އެވެ.

ސެޓެލައިޓް ފޮޓޯ ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ 'ވެންޓޯ' އިން ބުނީ، ހަމަލާ އަމާޒުވެފައި ވަނީ ރަޝިއާގެ ކަނޑުގެ ސިފައިންގެ ކުޑަ މަނަވަރެއް ކަމަށްވާ 'މަރކިއުރީ' އަށް ކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވާ ކަމަށެވެ. އާދީއްތަ ދުވަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މަނަވަރުގެ ބޮޑު ބައި ވަނީ ބަންޑުންޖަހައިލައި އަޑިއަށް ގޮސްފަ އެވެ. ފެނުން މައްޗަށް ފެންނަން ހުރީ ހަމައެކަނި މަނަވަރުގެ ކުރީކޮޅެވެ. މީގެ އިތުރުން، މަނަވަރުގެ މަތީ ބައިން ދުން އަރަމުންދިޔަ މަންޒަރާއި، ބަނދަރުގެ ތޮށިގަނޑު މައްޗަށް ގިނަ އަދަދެއްގެ ކުނިބުނި ބުރައިގެން ގޮސްފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނެ އެވެ.

ރަޝިއާއާއި ލީބިޔާގެ އިރުމަތީ ސަރުކާރާ ދެމެދު ވެފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުން، އެ މަނަވަރު ބެންޣާޒީ ބަނދަރަށް ވަނީ ތެޔޮ އެޅުމަށާއި ސާމާނު ބަރުކުރުމަށް ކަމަށް ބެންޣާޒީގައި ގާއިމުވެފައިވާ އިދާރާއިން މީގެ ކުރިން ބުނެފައިވެ އެވެ.

ނަން ހާމަކޮށްފައިނުވާ މަސްދަރުތަކާ ހަވާލާދީ އާދީއްތަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މަނަވަރަށް ހަމަލާދިނުމަށް ބޭނުންކުރި ޔޫކްރެއިންގެ ކަނޑުގެ ޑްރޯންތައް ފޮނުވާލާފައި ވަނީ ހުޅަނގު ލީބިޔާގައި ޔޫކްރެއިންގެ ސިފައިން ހިންގާ މަރުކަޒަކުންނެވެ.

އިތުރު ޑްރޯން ހަމަލާތަކާއި ދިފާޢީ ފިޔަވަޅުތައް

އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު، ބެންޣާޒީ ބަނދަރުން ބޭރުގައި އޮތް މޯލްޓާގައި ރަޖިސްޓަރީ ކޮށްފައިވާ އާގު ބޯޓަކަށް ވެސް ކަނޑުގެ ޑްރޯނަކުން ހަމަލާއެއް ވަނީ ދީފަ އެވެ.

"ބެންޣާޒީގެ އައްސޭރިފަށުން ބޭރުގައި ގޮވާތަކެތި ހަރުކޮށްފައިވާ ކަނޑުގެ ޑްރޯންތަކަކުން މިރޭ ވިޔަފާރި ބޯޓަކަށް އަމާޒުކޮށް ދިން ހަމަލާގައި ޒަޚަމުވި ހުރިހާ ފަޅުވެރިން ވަނީ ސަލާމަތްކޮށް، ފަރުވާ ދޭން ފަށާފައި،" ބެންޣާޒީގައި ގާއިމުވެފައިވާ އިދާރާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެ އެވެ. މިއާއެކު، މެޑިޓެރޭނިއަން ކަނޑުގެ އެ ސަހަރުގެ އައްސޭރިފަށުން އައި ކަނޑުގެ އިތުރު 12 ޑްރޯނެއް ލީބިޔާގެ ކަނޑާއި ވައިގެ ސިފައިން ހަލާކުކޮށްލާފައިވާ ކަމަށް ލީބިޔާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ލީބިޔާގެ ސިޔާދަތާއި ބައިނަލްއަގުވާމީ ހަމަނުޖެހުންތައް

"ހަމަލާ ހިނގައިދިޔަ ގޮތާއި، ހަމަލާ ފޮނުވާލި މަސްދަރާއި، އަދި މި ކަމުގެ ފަހަތުގައިވާ ފަރާތް ދެނެގަތުމަށް ޓަކައި ރަޝިއާއާ ގުޅިގެން ޚާއްސަ ތަހުގީގެއް ވަނީ ފަށާފައި،" ބެންޣާޒީގައި ގާއިމުވެފައިވާ އިދާރާއިން ބުންޏެވެ.

އަލިފާންގަނޑު މިހާރު ކޮންޓުރޯލުކޮށް، އެ ސަރަހައްދު ރައްކާތެރިކޮށްފައިވާ ކަމަށް އެ ސަރުކާރުން ބުންޏެވެ. އަދި، މި ހަމަލާއަކީ ލީބިޔާގެ ސިޔާދަތަށް އަރައިގަތުމުގެ އަމަލެއްގެ އިތުރުން ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.

"ބައިނަލްއަގުވާމީ ހަމަނުޖެހުންތައް ފުޅާކުރުމަށާއި، ބަދަލުހިފުމުގެ ހަމަލާތައް ދިނުމުގެ މައިދާނަކަށް ލީބިޔާގެ ބަނދަރުތަކާއި، ބިމާއި، ކަނޑުގެ ސަރަހައްދު ބަދަލުކުރުމަށް ލީބިޔާ ސަރުކާރުން ފުރުސަތެއް ނުދޭނެ. އަދި، ލީބިޔާއަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ބައިވެރިއެއް ނޫން،" އެ ސަރުކާރުން ނެރުނު ބަޔާނުގައި ބުންޏެވެ.

2022 ފެބުރުވަރީ މަހު ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން، ކަޅު ކަނޑުގައި އޮންނަ ރަޝިއާގެ އަސްކަރީ މަނަވަރުތަކަށާއި ކަނޑުގެ މަރުކަޒުތަކަށް ޔޫކްރެއިންގެ ސިފައިން ވަނީ ތަކުރާރުކޮށް ކަނޑުމަތީގެ ޑްރޯންތަކާއި މިސައިލް ބޭނުންކޮށްގެން ހަމަލާދީފަ އެވެ.

މި ގޮތުން، ހޮނިހިރު ދުވަހު ފިންލެންޑްގެ ކަނޑުގެ ސަރަހައްދާ ކައިރިން އިރުމަތީ ބޯލްޓިކް ކަނޑުގައި ދަތުރުކުރަމުންދިޔަ ރަޝިއާގެ މުދާ އުފުލާ ބޯޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެފައިވާއިރު، ފިންލެންޑްގެ ބޯޑަރު ބަލަހައްޓާ އިދާރާއިން އެ ހަމަލާގެ ޒިންމާ އަޅުވާފައި ވަނީ ޔޫކްރެއިންގެ ކޮނޑުގަ އެވެ. މީގެ އިތުރުން، މިދިޔަ މާރިޗު މަހު ލީބިޔާގެ އައްސޭރިފަށުން ބޭރުގައި ރަޝިއާގެ ގުދުރަތީ ގޭސް އުފުލާ ބޯޓެއް އަޑިއަށް ގޮސްފައިވާއިރު، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އެ ހަމަލާގެ ތުހުމަތު ކުރެއްވީ ޔޫކްރެއިނަށެވެ. އަދި، މިދިޔަ ޑިސެންބަރު މަހު މެޑިޓެރޭނިއަން ކަނޑުގައި އޮތް ރަޝިއާއާ ގުޅުންހުރި ތެޔޮ ޓޭންކަރަކަށް އަސްކަރީ ޑްރޯންތަކަކުން ހަމަލާދިން ކަމަށް ޔޫކްރެއިނުން ވަނީ ބުނެފަ އެވެ.

މެދުއިރުމަތީގެ ސަލާމަތީ އަދި ދިފާޢީ ކަންކަމުގެ ތަޖުރިބާކާރު ޠަލްޙާ ޢަބްދުއްރައްޒާޤު ވިދާޅުވީ، ލީބިޔާގެ ބަނދަރަށް ދިން ހަމަލާގެ ފަހަތުގައި ތިބުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ޔޫކްރެއިންގެ ޖާސޫސީ އިދާރާތަކަށް ކަމަށެވެ.

"ޔޫކްރެއިންގެ ޖާސޫސީ އިދާރާތަކާއި ޓްރިޕޮލީގެ ސަރުކާރާ ދެމެދު އެއްބަސްވުމެއް ހަދައި، އެ ސަރަހައްދުގައި ޔޫކްރެއިންގެ އަސްކަރީ އަދި ޖާސޫސީ ބާރުވެރިކަމެއް ގާއިމުކުރުމާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ ރިޕޯޓުތަކެއް ފެތުރުނު،" ޢަބްދުއްރައްޒާޤު ވިދާޅުވި އެވެ. "އޭގެ ބަދަލުގައި ޓްރިޕޮލީގެ ސަރުކާރަށް ޔޫކްރެއިންގެ އަސްކަރީ ތަޖުރިބާ ލިބޭނެ."

ލީބިޔާގައި ދިން މި ހަމަލާއަކީ ރަޝިއާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އަސަރު ބޭރަށް ފެތުރިގެން ދިއުން ކަމަށާއި، މިއީ ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ "ރަޝިއާއާ ދެކޮޅަށް ޔޫކްރެއިނުން އަޅާ ދުރު-ރާސްތާގެ ދަތިކުރުމުގެ ފިޔަވަޅުތައް" ކަމަށް ސިފަކުރައްވާ ކަންކަމުގެ އެންމެ ފަހުގެ މިސާލު ކަމަށް ވެސް ޢަބްދުއްރައްޒާޤު ވިދާޅުވި އެވެ.

ލީބިޔާގެ ބައިބައިވުމާއި އދ. ގެ ތަހުގީގަށް ގޮވާލުން

ހުޅަނގުގެ ދިފާއީ އިއްތިހާދުގެ (ނޭޓޯ) އެހީތެރިކަމާއެކު 2011 ވަނަ އަހަރު ކުރިއަށްދިޔަ އުތުރިއެރުމެއްގައި ލީބިޔާގެ ކުރީގެ ވެރިޔާ މުޢައްމަރު އަލް-ޤައްޛާފީގެ ވެރިކަން ވައްޓާލައި އޭނާ އަވަހާރަކޮށްލި ފަހުން، އެ ޤައުމު އޮތީ ދެބަޔަކަށް ބެހިފަ އެވެ. އެ ގޮތުން، އެކުވެރި ދައުލަތްތަކުން (އދ) ބަލައިގަންނަ ސަރުކާރު ޓްރިޕޮލީގައި ގާއިމުވެފައި އޮންނައިރު، އިދިކޮޅު އިދާރާ ހިންގަނީ އިރުމަތީގެ ބެންޣާޒީގަ އެވެ.

ލީބިޔާގެ އިރުމަތީ ސަރުކާރުގެ ބޮޑުވަޒީރު އުސާމާ ޙައްމާދު ވިދާޅުވީ، މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ތަހުގީގެއް ހިންގައިދިނުމަށް އެދި އދ. ގެ އާންމު މަޖިލީހަށާއި ސަލާމަތީ މަޖިލީހަށް އެ ސަރުކާރުން ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.

"އެ ޑްރޯން ބޯޓުތައް ފޮނުވާލާފައި ވަނީ ހުޅަނގު ލީބިޔާއިން ކަމަށް ކުރެވޭ ތުހުމަތުތަކާއި، އެ ގައުމުގައި ޔޫކްރެއިންގެ ތަޖުރިބާކާރުން ހަރަކާތްތެރިވާ ކަމަށް ބުނާ ބުނުމުގެ ތެދުދޮގު ބެލުމަށާއި، އަދި އެ ފަރާތްތަކުގެ ހަރަކާތްތަކާ ގުޅޭ ގޮތުން ކީވްއިން ރަސްމީ ޖަވާބެއް ހޯދުމަށް ތަހުގީގެއް ހިންގުމަށް ގޮވާލަން،" ބޮޑުވަޒީރު ޙައްމާދު އާދީއްތަ ދުވަހު ވިދާޅުވި އެވެ.

މި ޑްރޯން ހަމަލާތަކާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގުމަށް ލީބިޔާގައި ހުންނަ އދ. ގެ މިޝަނުން ވެސް ވަނީ ގޮވާލާފަ އެވެ.

"ބޭރުގެ ހަނގުރާމަތައް ކުރާ މައިދާނަކަށް ލީބިޔާ ވެގެން ނުވާނެ. އަދި، އެ ފަދަ ކަމަކަށް އެ ޤައުމަށް ތަހައްމަލެއް ވެސް ނުކުރެވޭނެ،" ލީބިޔާގައި ހުންނަ އދ. ގެ މިޝަނުން ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުންޏެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ލީބިޔާއަކީ ރަޝިއާއާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ދިގުލައިގެން ގޮސްފައިވާ ވާދަވެރިކަމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އަދިވެސް ދެމިއޮތް ގައުމެކެވެ.

މަސްދަރު: އަލް ޖަޒީރާ

ލީބިޔާރަޝިޔާޔޫކްރެއިންބެންގާޒީރަޝިޔާ-ޔޫކްރެއިން

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނުން ހަތް މީހުން މަރުވުމާ ގުޅިގެން، ޕެޓްރިއަޓް މިސައިލްތައް ދޫކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި

23 ނޮވެމްބަރު 2026
ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނުން ހަތް މީހުން މަރުވުމާ ގުޅިގެން، ޕެޓްރިއަޓް މިސައިލްތައް ދޫކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި
22 ނޮވެމްބަރު 2026

ފިންލެންޑް ކަނޑުއޮޅީގައި ރަޝިއާގެ އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް، ބޯލްޓިކް ކަނޑަށް ރަޝިއާ-ޔޫކްރެއިން ހަނގުރާނަ ފެތުރެނީ

22 ނޮވެމްބަރު 2026
ފިންލެންޑް ކަނޑުއޮޅީގައި ރަޝިއާގެ އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް، ބޯލްޓިކް ކަނޑަށް ރަޝިއާ-ޔޫކްރެއިން ހަނގުރާނަ ފެތުރެނީ
19 ނޮވެމްބަރު 2026

ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް

19 ނޮވެމްބަރު 2026
ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް
17 ނޮވެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް

17 ނޮވެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް
14 ނޮވެމްބަރު 2026

އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ

14 ނޮވެމްބަރު 2026
އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ
13 ނޮވެމްބަރު 2026

ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާގެ މަންދޫބުންނާއި ޕުޓިން އެއްބަސްވެވަޑައިގަންނަވަފި

13 ނޮވެމްބަރު 2026
ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާގެ މަންދޫބުންނާއި ޕުޓިން އެއްބަސްވެވަޑައިގަންނަވަފި
12 ނޮވެމްބަރު 2026

ސުލްހައިގެ އުންމީދުތަކަށް ހިޔަނިއެޅި، ރަޝިއާއާއި ޔޫކްރެއިންގެ ވެރިރަށްތަކަށް ވަރުގަދަ ހަމަލާތަކެއް

12 ނޮވެމްބަރު 2026
ސުލްހައިގެ އުންމީދުތަކަށް ހިޔަނިއެޅި، ރަޝިއާއާއި ޔޫކްރެއިންގެ ވެރިރަށްތަކަށް ވަރުގަދަ ހަމަލާތަކެއް
11 ނޮވެމްބަރު 2026

ރަޝިއާގެ ތެޔޮ ކާރުޚާނާތަކަށާއި ބަނދަރުތަކަށް ޑްރޯން ހަމަލާތަކެއް، ލެޓްވިއާއާއި ލިތުއޭނިއާގެ ވައިގެ ސަރަހައްދު ރައްކާތެރިކުރަން ނޭޓޯ ނުކުމެއްޖެ

11 ނޮވެމްބަރު 2026
ރަޝިއާގެ ތެޔޮ ކާރުޚާނާތަކަށާއި ބަނދަރުތަކަށް ޑްރޯން ހަމަލާތަކެއް، ލެޓްވިއާއާއި ލިތުއޭނިއާގެ ވައިގެ ސަރަހައްދު ރައްކާތެރިކުރަން ނޭޓޯ ނުކުމެއްޖެ
10 ނޮވެމްބަރު 2026

ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!

10 ނޮވެމްބަރު 2026
ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!
10 ނޮވެމްބަރު 2026

ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ

10 ނޮވެމްބަރު 2026
ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް