Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެ-ރަޝިޔާ

ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ

10 ނޮވެމްބަރު 2026 | އަންގާރަ 06:59

ރަޝިޔާގެ ފަތުރުވެރިންގެ ބުކިންތަކާ ގުޅޭ ފައިސާ ބޭންކް އޮފް މޯލްޑިވްސްއިން ބަލައިނުގަނެ އަނބުރާ ފޮނުވާލާތީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. މި މައްސަލަ ހައްލުކުރުމަށް ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން ދިވެހި ސަރުކާރާއެކު މަޝްވަރާކުރަމުންދާއިރު، މިއީ ބޭންކުގެ ސިޔާސަތަށް އައި ބަދަލަކާ ގުޅިގެން ދިމާވި ކަމެއް ކަމަށް ބީއެމްއެލްއިން ބުނާ ކަމަށް ރަޝިޔާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވޭ

ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2026 | އަންގާރަ 06:59
ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީ.އެމް.އޭ) ގެ ސީޕްލޭނެއްގައި ރާއްޖެ އައި ރަޝިޔާގެ ފަތުރުވެރި ދެމަފިރިއަކު، އެ މީހުން ޗުއްޓީ ހޭދަކުރާ ހޮޓަލަށް ދިއުމަށްޓަކައި ލޯންޗެއްގައި ދަތުރުކުރަނީ

ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީ.އެމް.އޭ) ގެ ސީޕްލޭނެއްގައި ރާއްޖެ އައި ރަޝިޔާގެ ފަތުރުވެރި ދެމަފިރިއަކު، އެ މީހުން ޗުއްޓީ ހޭދަކުރާ ހޮޓަލަށް ދިއުމަށްޓަކައި ލޯންޗެއްގައި ދަތުރުކުރަނީ | ގެޓީ އިމޭޖަސް

ރާއްޖޭގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަޝިޔާގެ ފަތުރުވެރިންގެ ހޮޓެލް ބުކިންތަކާ ގުޅުންހުރި ފައިސާ އަނބުރާ ފޮނުވާލަން ފަށާފައިވާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ރަޝިޔާގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ އާރްބީސީން ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޕޯޓްކޮށްފި އެވެ. މިކަން ހާމަކޮށްފައިވަނީ ރަޝިއަން ޔޫނިއަން އޮފް ޓްރެވަލް އިންޑަސްޓްރީންނެވެ.

ޓުއާ އޮޕަރޭޓަރުންނަށް މި މައްސަލަ އެންމެ ފުރަތަމަ ދިމާވާން ފެށީ  އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ހޮޓެލް ރިޒަވޭޝަންތަކަށް ފޮނުވާ ފައިސާ ބޭންކުން އަންނަނީ އަނބުރާ ފޮނުވާލަމުންނެވެ.

އެ ސިނާއަތުގެ ޖަމިއްޔާއިން ބުނި ގޮތުގައި، ރަޝިޔާގެ ކުންފުނިތަކުގެ ބަދަލުގައި ބޭރުގެ އެހެން ގައުމުތަކުގެ ގާނޫނީ ފަރާތްތަކުން ފޮނުވާ ފައިސާ ވެސް ބައެއް ހާލަތްތަކުގައި ބޭންކުން ވަނީ ބަލައިނުގަނެ އަނބުރާ ފޮނުވާލާފަ އެވެ.

އެ ޔޫނިއަނުން ބުނާ ގޮތުގައި، ބޭންކް އޮފް މޯލްޑިވްސްއިން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ފައިސާ ފޮނުވަނީ ކޮން ފަރާތަކުން ކަމަށް ބެލުމެއް ނެތި، ރަޝިޔާގެ ފަތުރުވެރިން ތިބުމަށް ބޭނުންކުރާ އެކަމަޑޭޝަންތަކަށް ފޮނުވާ ކޮންމެ ފައިސާއަކީ ވެސް ރަޝިޔާއާ ގުޅުންހުރި މުއާމަލާތެއްގެ ގޮތުގައި އެ ބޭންކުން ދަނީ ބަލަމުންނެވެ.

މި މައްސަލައާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ ރަޝިޔާގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ރާއްޖޭގައި ހުންނަ ރަޝިޔާގެ އެމްބަސީގައި އެހީތެރިކަމަށް އެދިފަ އެވެ. އެގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ފަތުރުވެރިކަމުގެ ފައިސާގެ މުއާމަލާތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް އެ ފަރާތުން ވަނީ އެދިފަ އެވެ.

ފައިސާ ބަލައިނުގަނެ އަނބުރާ ފޮނުވާލުމުގެ ސަބަބުން ޓުއާ އޮޕަރޭޓަރުންނަށް އިތުރު ހަރަދުތަކެއް ކުރަން ޖެހިފައިވާއިރު، މީގެ ސަބަބުން ފަތުރުވެރިން ހޮޓާތަކުގައި ތިބުމަށް ވެސް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އާޓް-ޓުއާގެ ސީއީއޯ ޑިމިޓްރީ އަރުޓިއުނޯވް ވިދާޅުވި ގޮތުގައި، ފައިސާ ނުލިބޭ ހޮޓާތަކުން ފަތުރުވެރިން އަތުން ސީދާ ފައިސާ ދެއްކުމަށް އެދިދާނެ އެވެ. އަދި އެގޮތަށް ފައިސާ ނުދައްކައިފިނަމަ ހޮޓަލަށް ޗެކް-އިން ނުވެވުމުގެ ބިރު ވެސް އެބައޮތެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރަޝިޔާއާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް އެ ބޭންކުން ކުރިއަށް ނުގެންދާކަން ކަށަވަރުކޮށްދީފައި ކަމަށް ރަޝިޔާގެ މީޑިއާ ރިޕޯޓުތަކުގައިވެ އެވެ.

"ބޭންކުގެ މިހާރުގެ ސިޔާސަތުގެ ދަށުން، ފައިސާ ފޮނުވުމުގައި ހުރަސްތަކެއް ހުރި ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމެނޭ،" ބޭންކުގެ ޕްރެސް ސާވިސްއިން އާރްބީސީއަށް މައުލޫމާތު ދީފައިވެ އެވެ.

ރަޝިޔާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އަދިވެސް ދުރު ރާސްތާގެ މަންޒިލްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ގައުމެވެ.

ރާއްޖޭގެ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް 198,000 އަށްވުރެ ގިނަ ރަޝިޔާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ ގާތްގަނޑަކަށް 15 އިންސައްތަ އެވެ.

މިނިސްޓަރު އަމީން މީގެ ކުރިން ލަފާކުރައްވާފައިވާ ގޮތުގައި، މިއަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 300,000 ރަޝިޔާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ އެވެ.

މީގެ އިތުރުން، ރަޝިޔާގެ ލެބޯޓްރީ މަސައްކަތްތެރިއަކު "ޕްލޭގް" ބައްޔާ ގުޅުންހުރި ކަމަށް ބެލެވޭ ނިއުމޯނިއާ ބަލީގައި މަރުވި ކަމުގެ ރިޕޯޓްތަކާ ގުޅިގެން، އިންޑޮނޭޝިއާއިން ވަނީ އެ ގައުމުގެ ބައިނަލްއަގުވާމީ އެއާޕޯޓްތަކާއި ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ވަރުގަދަކޮށްފަ އެވެ.

ރަޝިޔާރާއްޖެ-ރަޝިޔާރަޝިއަން ޔޫނިއަން އޮފް ޓްރެވަލް އިންޑަސްޓްރީފަތުރުވެރިކަން

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި

09 ނޮވެމްބަރު 2026
ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި
06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
30 އޮކްޓޯބަރު 2026

"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!

30 އޮކްޓޯބަރު 2026
"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!
29 އޮކްޓޯބަރު 2026

މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު

29 އޮކްޓޯބަރު 2026
މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު
29 އޮކްޓޯބަރު 2026

އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މަޝްވަރާތަކަށް ހުރަސްއެޅޭ: ކްރެމްލިން

29 އޮކްޓޯބަރު 2026
އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މަޝްވަރާތަކަށް ހުރަސްއެޅޭ: ކްރެމްލިން
27 އޮކްޓޯބަރު 2026

ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި

27 އޮކްޓޯބަރު 2026
ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި
27 އޮކްޓޯބަރު 2026

ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ

27 އޮކްޓޯބަރު 2026
ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ
21 އޮކްޓޯބަރު 2026

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް

21 އޮކްޓޯބަރު 2026
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް
20 އޮކްޓޯބަރު 2026

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން މަޖިލީހަށް ހުށަހަޅައިފި

20 އޮކްޓޯބަރު 2026
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން މަޖިލީހަށް ހުށަހަޅައިފި
17 އޮކްޓޯބަރު 2026

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް!

17 އޮކްޓޯބަރު 2026
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް