Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!

30 އޮކްޓޯބަރު 2026 | ހުކުރު 08:52

ވިލާތުގެ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކަށް މަރުހަބާ ކިޔާނެ ކަމަށާއި، ނަމަވެސް ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ރަޝިއާ އޮތީ ތައްޔާރަށް ކަމަށް ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ. ހަނގުރާމައެއް ފެށިއްޖެނަމަ އެއްވެސް ބަޔަކަށް ކާމިޔާބެއް ނުލިބޭނެކަމުގެ އިންޒާރު ދެއްވަމުން، ބޯލްޓިކް ކަނޑުގެ ދަތުރުފަތުރަށް ހުރަސްއެޅޭ ފަދަ ކަންކަން ނުކުރުމަށް ވެސް ޕުޓިން ވަނީ ގޮވާލައްވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 30 އޮކްޓޯބަރު 2026 | ހުކުރު 08:52
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | ރޮއިޓަރސް

ވިލާތުގެ ޤައުމުތަކާއެކު ގުޅުން އަލުން ބަދަހިކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކަށް ރަޝިއާއިން ފުރިހަމައަށް މަރުހަބާ ކިޔާނެ ކަމަށާއި، ނަމަވެސް އެ ސަރަހައްދުގައި އެއްވެސް ކަހަލަ ހަނގުރާމައެއް ފެށިއްޖެނަމަ އެއީ އެއްވެސް ބަޔަކު މޮޅުވާނެ ހާލަތެއް ނޫން ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

އެފްރިކާގެ ޤައުމުތަކުގެ ލީޑަރުންނާއެކު ބޭއްވެވި ސަމިޓަކަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ވިލާތާއެކު ހަނގުރާމައަކަށް ދާން ރަޝިއާ ބޭނުން ނުވި ނަމަވެސް، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ވެސް އެ ޤައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

Advertisement - worldAdvertisement

މި ހަފުތާގެ ކުރީކޮޅު ނޯވޭގެ ބޮޑުވަޒީރު ޔޫނަސް ގާރ ސްޓޯރަ އަދި ފިންލެންޑުގެ ރައީސް އަލެކްސަންޑާ ސްޓުބް، ޕުޓިންއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި މައްސަލައަށް އަލިއަޅުއްވާލައްވަމުން އެ ދެ ލީޑަރުން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްގެ ގޮތުގައި ޕުޓިން ސިފަކުރެއްވި އެވެ. މޮސްކޯއާ ގުޅުން އުފެއްދުމަކީ ވިލާތުގެ އެއްބައިވަންތަކަން ގެއްލޭ ކަމެއް ކަމަށް ބުނެ ވިލާތުގެ ބައެއް ޤައުމުތަކުން އެ ދެ ބޭފުޅުންނަށް ފާޑުކިޔުން އަމާޒުކުރި ނަމަވެސް، ޕުޓިން ފާހަގަކުރެއްވީ އެއީ ރަނގަޅު އިސްނެންގެވުމެއް ކަމަށެވެ.

"ވިލާތުގެ ޤައުމުތަކާއެކު ފުރިހަމަ އަދި ވަށާޖެހޭ ގުޅުމެއް އަލުން ގާއިމުކުރުމަށް އަމާޒުކޮށް އެޅޭ ކޮންމެ ފިޔަވަޅަކަށް، ކޮންމެ ހަރަކާތަކަށް އަޅުގަނޑުމެން ތާއީދުކުރަން،" ޕުޓިން ވިދާޅުވި އެވެ.

ހަމަމިއާއެކު، ހަނގުރާމައެއްގެ ނުރައްކަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ ހުޅަނގަށް ހަރުކަށި އިންޒާރެއް ދެއްވާފަ އެވެ. "އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. އެކަމަކު އަޅުގަނޑުމެން ވިލާތާއެކު ހަނގުރާމައެއް ބޭނުމެއް ނޫން. އަދި، އެއްވެސް ބަޔަކު އެ ކަން ބޭނުންވާނަމަ، އެ ބަޔަކު ތައްޔާރުވާންވީ. އެކަމަކު މިހާތަނަށް ވެސް ރަޝިއާގެ މައްޗަށް އިސްތިރާޖީ ބަލިކަށިކަމެއް ގެނައުމުގެ ލަނޑުދަނޑި އެ މީހުންނަކަށް ހާސިލެއް ނުކުރެވުނު. އަދި، ކަންކަން މާ މައްޗަށް ގޯސްވެއްޖެ ނަމަ، އެއްވެސް ބަޔަކު މޮޅެއް ނުވާނެ. އެ ކަން އެއްވެސް ބަޔަކު ހަނދާން ނައްތާލައިގެން ނުވާނެ،" ޕުޓިން ވިދާޅުވި އެވެ.

މި ވާހަކަފުޅުގައި ބޯލްޓިކް ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމަށް އެއްވެސް ހުރަހެއް އެޅެން ރަޝިއާ ބޭނުން ނުވާކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ، މުއާސަލާތީ މަގުތައް ހަނިކުރުމަކީ، ފެބުރުވަރީ މަހު އެމެރިކާއާއި އީރާނާ ދެމެދު ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުރައްކާތެރި ހާލަތާ އެއްފަދަ ހާލަތެއް ބޯލްޓިކް ކަނޑުގައި ވެސް އުފެދިދާނެ ކަމެއް ކަމަށެވެ.

"ގަލްފުގެ ސަރަހައްދުގައި ނުވަތަ ހުރްމުޒް ކަނޑުއޮޅީގައި އޮތްފަދަ ހާލަތެއް ބޯލްޓިކް ކަނޑުގައި އުފެދެން އެދެނީ ކާކު؟ އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑުމެން އެ ފަދަ ކަމެއް ބޭނުމެއް ނޫން. އެކަމަކު ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް އަޅުގަނޑުމެން ރައްދު ދޭނަން،" ޕުޓިން ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓަރސް

ވްލަޑިމިއަރ ޕުޓިންރަޝިޔާބޯލްޓިކް ކަނޑުހުރްމުޒް ކަނޑުއޮޅިޔޫރަޕިއަން ޔޫނިއަންނޭޓޯ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2026

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

30 އޮކްޓޯބަރު 2026
އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި
30 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅި ކައިރިން "ދުޝްމަނުންގެ" އަސްކަރީ މަތިންދާބޯޓެއް ފަހާލައިފި

30 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅި ކައިރިން "ދުޝްމަނުންގެ" އަސްކަރީ މަތިންދާބޯޓެއް ފަހާލައިފި
30 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އަނެއްކާ ވެސް ނުރައްކަލުގެ ރަނގަބީލު: އުޅަނދެއްގައި އަލިފާން ރޯވެ އަނދަނީ!

30 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އަނެއްކާ ވެސް ނުރައްކަލުގެ ރަނގަބީލު: އުޅަނދެއްގައި އަލިފާން ރޯވެ އަނދަނީ!
29 އޮކްޓޯބަރު 2026

އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މަޝްވަރާތަކަށް ހުރަސްއެޅޭ: ކްރެމްލިން

29 އޮކްޓޯބަރު 2026
އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މަޝްވަރާތަކަށް ހުރަސްއެޅޭ: ކްރެމްލިން
29 އޮކްޓޯބަރު 2026

އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް ނައްތާލަން ވިލާތުގެ އިއްތިހާދާއި ހުޅަނގުގެ ބާރުތަކުން ގޮވާލައިފި

29 އޮކްޓޯބަރު 2026
އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް ނައްތާލަން ވިލާތުގެ އިއްތިހާދާއި ހުޅަނގުގެ ބާރުތަކުން ގޮވާލައިފި
28 އޮކްޓޯބަރު 2026

ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި

28 އޮކްޓޯބަރު 2026
ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި
28 އޮކްޓޯބަރު 2026

ޕުޓިންއާއި ޒެލެންސްކީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނަން: ޓްރަމްޕް

28 އޮކްޓޯބަރު 2026
ޕުޓިންއާއި ޒެލެންސްކީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނަން: ޓްރަމްޕް
28 އޮކްޓޯބަރު 2026

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

28 އޮކްޓޯބަރު 2026
އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި
28 އޮކްޓޯބަރު 2026

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

28 އޮކްޓޯބަރު 2026
ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި
27 އޮކްޓޯބަރު 2026

ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި

27 އޮކްޓޯބަރު 2026
ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް