މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގެއްލުމަކީ މުޅި ދައުލަތުގެ ނިޒާމު އެއްކޮށް އޮޅުވާލާފައި އޮތުން: ޝެއިޚް އިމްރާން
23 ނޮވެމްބަރު 2026 | ހޯމަ 13:10ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލައްވައި، ނިޒާމު އޮޅުވާލާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ. ރައީސް މުއިއްޒު ދޮގު ހައްދަވާކަމަށް ތުހުމަތުކުރައްވައި، ސަރުކާރުގެ ތެރޭގައި ޖެހިފައިވާ ރެނދުތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާކަމަށް ވެސް އޭނާ ފާހަގަކުރެއްވި


މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގެއްލުމަކީ މުޅި ދައުލަތުގެ ނިޒާމު އެއްކޮށް އޮޅުވާލާފައި އޮތުން: ޝެއިޚް އިމްރާން | ރާއްޖެ އެމްވީ
މިއަދު ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގެއްލުމަކީ މުޅި ދައުލަތުގެ ނިޒާމު އެއްކޮށް އޮޅުވާލާފައި އޮތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ދައުލަތަކީ ގާނޫނު އަސާސީގެ ދަށުން ތަރުތީބު ވެގެން ހިނގަމުން އަންނަ ބާރުތައް ވަކިވެފައި އޮތް ނިޒާމެއް ކަމަށެވެ. އަދި ހުރިހާ ސަރުކާރެއްގައި ވެސް އެއްބާރާއި އަނެއްބާރާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ކޮންމެވެސް ވަރަކަށް އުޅޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
ނަމަވެސް މިއަދު ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލައްވާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނޭވާ ނުލެވޭ ވަރަށް ކަރަށް ދަމާ ބާރުކޮށްފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލިސް މެންބަރުން އެ ހިފަހައްޓަނީ އެބޭފުޅުންނަށް ނޭވާ ނުލެވޭ ވަރު ކޮށްގެން ކަމަށް އިމްރާން ވިދާޅުވި އެވެ.
ހަމައެއާއެކު، ސުޕްރީމް ކޯޓުގައި އެއްވެސް މިނިވަން ކަމެއް، އިހްތިޔާރެއް ނެތް ކަމަށާއި ސްޕްރީމް ކޯޓު ދުއްވާލާފައި ވަނީ ލިޔެފައި ދޭ އެއްޗެއްގައި ރަބަރ ސްޓޭމްޕް ޖަހާ ހިސާބަށް ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މިއީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ވެސް އެއްވެސް ބާރެއް ނެތް ކަމަށް ވިދާޅުވެ އިމްރާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އިމްރާން ވިދާޅުވީ މިސަރުކާރަަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރައީސް މުއިއްޒު ދޮގު ހެއްދެވުން ކަމަށެވެ.
10 ނަންބަރުގެ ރޯލެއް އޮޅުވާލައިގެން ރައީސް މުއިއްޒު މިއުޅެނީ 3 އަހަރު ވަންދެން އެކަމަކު އޭގެން ސަލާމަތް ނުވެގެން މީހުން އެވާހަކަ ދައްކާވަރަކަށް ވެސް ދޮގެއް ހަދާލައިގެން ސަލާމަތްވޭތޯ އަނެއްކޮޅަށް ދަމާލާއިރަށް އަނެއްކޮޅުން އެޔަށްވުރެ ބާރަށް ދަމާލާ. ހަމަ އެއްކަމެއް ނުވެ، 10 ނަންބަރުގެ ރޯލެއް އޮޅުވާލައިގެން ރައީސް މުއިއްޒު މިއުޅެނީ ދޮގު މައްޗަށް ދޮގު ހަދައިގެން ސަލާމަތްވޭތޯޝެއިޚް އިމްރާން އަބްދުﷲ
އިމްރާން ވަނީ މިއަދު ސަރުކާރުގެ ތެރޭގައި އަޅާފައި ހުރި ރެނދުތައް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ކަމަށް ވިދާޅުވެފަ އެވެ.











