Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

4 ނޮވެމްބަރު 2026 | ބުދަ 13:47

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ އެއްވުން މި މަހުގެ 13 އަށް ފަސްކުރީ، އަތޮޅުތެރެއިން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދީ، ހަރަކާތް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް ޝެއިޚް އިމްރާން ވިދާޅުވި. މި މަސައްކަތަށް އިދިކޮޅު އެމްޑީޕީގެ ފުރިހަމަ ތާއީދު ލިބިފައިވާކަން ފާހަގަކުރައްވައި، ޝެއިޚް އިމްރާން ވަނީ އެ ދުވަހު މަގުތަކަށް ނުކުމެ މި މަޝްރޫއާ ދެކޮޅަށް އަޑުއުފުލުމަށް އާންމުންނަށް ގޮވާލައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 4 ނޮވެމްބަރު 2026 | ބުދަ 13:47
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދޭ ކަމަށް ބުނެ، އެ މަޝްރޫއާ ދެކޮޅަށް ބާއްވަން ނިންމި ބޮޑު އެއްވުން މި މަހުގެ 13 ވާ ހުކުރު ދުވަހަށް ފަސްކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކާ ނުލައި އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ކުރިން މި މަހުގެ 6 ވާ ހުކުރު ދުވަހަށް އިއުލާނުކުރި އެއްވުން ފަސްކުރީ، އެ ހަރަކާތަށް އިތުރަށް ތައްޔާރުވެ، ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

ޚާއްސަކޮށް އަތޮޅުތެރެއިން މި އެއްވުމަށް މާލެ އަންނަން ބޭނުންވާ ފަރާތްތަކަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމަކީ ވެސް މި ބަދަލު ގެނައި މުހިންމު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޝެއިޚް އިމްރާން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަދެ، އެ ޕާޓީގެ ގައުމީ މަޖިލީހުން ވަރުގަދަ ގަރާރެއް ފާސްކޮށް ބޮޑު ތާއީދެއް ދީފައިވާ ކަމަށެވެ. އަދި އެމްޑީޕީން މިކަމުގައި އިސްނެގުމަކީ، ރައީސް މުއިއްޒަށް މި މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވޭނެކަން ޔަގީންވުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ. 

އަޅުގަނޑުމެންގެ މި މަސައްކަތް ބޮޑުވެ ފުޅާވަމުންގޮސް މިއަދު މި ވަނީ ވަރަށް މުހިންމު ބޮޑު ބަދަލެއް މި ކަމުގެ ތެރެއަށް އައިސްފައި. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން، ގާތްގަނޑަކަށް އިއްތިފާގުންނޭ ބުނުމަކީ ވެސް ކުށަކަށް ނުވާނެ ކަންނޭނގެ، އެ ވަރުގެ ބޮޑު އަޣުލަބިއްޔަތަކުން ރަސްމާލެ މިހާރު މި އޮތް އެއްބަސްވުމާ ނުވަތަ މިހާރު ރައީސް މުޢިއްޒު ކުރިއަށް ގެންދަވަން އެ އުޅުއްވާ ކަންކަން އެ ގޮތަށް ކުރިއަށް ގެންދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް އެ އޮތީ ވަރަށް ފުރިހަމަ، ވަރަށް ވަރުގަދަ ގަރާރެއް ފާސްކުރައްވާފައި
އިމްރާން އަބްދުﷲ

ޝެއިޚް އިމްރާން ވިދާޅުވީ، އެއްވުން ފަސްކުރުމުން ލިބުނު ވަގުތަކީ މި ހަރަކާތް އިތުރަށް ވަރުގަދަކޮށް، ރަނގަޅަށް ތައްޔާރުވުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި މަހުގެ 13 ވާ ހުކުރު ދުވަހު މާލޭގެ މަގުތަކަށް ނުކުމެ މަގުތައް ފުރާލުމަށް ރައްޔިތުންނަށް އޭނާ ގޮވާލެއްވި އެވެ. 

ޑރ. މުހައްމަދު މުއިއްޒުއީގަލް ހިލްސްޝެއިޚް އިމްރާން އަބްދުﷲއެމްޑީޕީރަސްމާލެ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!
04 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!

04 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
04 ނޮވެމްބަރު 2026

ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް

04 ނޮވެމްބަރު 2026
ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް
04 ނޮވެމްބަރު 2026

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

04 ނޮވެމްބަރު 2026
ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!
03 ނޮވެމްބަރު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

03 ނޮވެމްބަރު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި
03 ނޮވެމްބަރު 2026

ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން

03 ނޮވެމްބަރު 2026
ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން
03 ނޮވެމްބަރު 2026

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި

03 ނޮވެމްބަރު 2026
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި
03 ނޮވެމްބަރު 2026

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!

03 ނޮވެމްބަރު 2026
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!
02 ނޮވެމްބަރު 2026

ބޮޑެތި އިންވެސްޓްމަންޓްތަކުން މަދުވެގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް ލިބެންޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

02 ނޮވެމްބަރު 2026
ބޮޑެތި އިންވެސްޓްމަންޓްތަކުން މަދުވެގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް ލިބެންޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް