ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން
12 ނޮވެމްބަރު 2026 | ބުރާސްފަތި 07:59ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ދޫކުރުމުގައި ކޮރަޕްޝަނާއި ސިއްރު މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކުރައްވާ، ބަންޑާރަ ނައިބު އުޝާމް މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ގޮވާލެއްވި. އަދި ދައުލަތުގެ ބިންތައް ނަހަމަ ގޮތުގައި ބޭނުންކޮށް ގައުމަށް ޚިޔާނާތްތެރިވެފައިވާތީ އުޝާމްގެ މައްޗަށް ދައުވާ އުފުލާނެ ކަމުގެ އިންޒާރު ވެސް އިމްރާން ދެއްވި


ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ގައުމީ ހަރަކާތުގެ އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިން، ބަންޑާރަ ނައިބު އަހުމަދު އުޝާމް މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި، އޭނާގެ މައްޗަށް ދައުވާ ވެސް އުފުލާނެ ކަމަށް ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން އިމްރާން ސަރުކާރުން ހިންގުމަށް މަސައްކަތް ކުރާ ރަސްމާލެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
އިމްރާން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އެންމެ އަގުބޮޑު ޚަޒާނާ ކަމަށްވާ 500 ހެކްޓަރުގެ ބިން، ޒަޔަނިސްޓަކަށް ދިނުމާ ގުޅޭގޮތުން ސަރުކާރުގެ އިސް ބޭފުޅުންނާއި ސިފައިންނާ އެކު ބޭއްވުނު ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އުޝާމް ވެސް އިންނެވި ކަމަށެވެ.
އެ ބައްދަލުވުމުގައި ގައުމު ދެކެ ލޯބިވާ ބޭފުޅަކު، ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި 500 މިލިއަން ޑޮލަރު ނުވަތަ އެ މިންވަރު ނުދެވޭނަމަ 250 މިލިއަން ޑޮލަރު ބޭންކަށް ޖަމާކޮށްދިނުމަށް އެދުނު ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް އެ އަޑުތައް އައްސަވަން އިންނަވައިގެން ވެސް އެއްވެސް އެއްޗެއް ވިދާޅުނުވެ އުޝާމް ހުންނެވި ކަމަށާއި، ދައުލަތާއި ގާނޫނު ހިމާޔަތް ކުރަން ހުންނެވި ބޭފުޅަކު މިފަދަ ކަންކަމުގައި ހަނުހުރުމަކީ އިސްތިއުފާ ދޭންޖެހޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ މި މުއާމަލާތްތަކާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި ސިއްރު އެތައް މުއާމަލާތެއް ހިނގާފައިވާ ކަމަށެވެ.
We have given Brother Abdullah so many times, so much! So much so many times. So many times so'' much.'' ''އެންމެ ފަހުން މި ބުނަނީ ދެޓް އިޒް އަ ބިގް ސީކްރެޓް، އިޒް އަ ބިގް ސީކްރެޓް! ބިގް ސީކްރެޓް... ދެޓް އިޒް އަ ބިގް ސީކްރެޓް! އަޅުގަނޑުމެންނަކަށް ސީކްރެޓެއް ނޫން ނޫންތޯ؟ ހުރިހާ ރައްޔިތުން އަޑުއައްސަވާ! އުޝާމް އިސްތިއުފާ ދޭންޖެހެނީ. އޭނާއަށް އަޑުއަހަން ހުރެވިދާނެ، އެކަމަކު ދޮގެއް ނުކުރެވޭނެ. ދޮގެއް ނުކުރެވޭނެ. އަނެއްކާވެސް މި ދެންނެވި ދޮގުވެރިންގެ ސަރުކާރުން އަނެއް ބޮޑު ދޮގު ހަދަން ޖެހޭނީޝެއިޚް އިމްރާން އަބްދުﷲ
ގައުމުގެ ގާނޫނުތައް ތަންފީޒު ނުވެ، ގައުމުގެ ހައްގުތައް ވިއްކާލައި ގައްދާރުވަމުންދާ ކަމަށް ވިދާޅުވެ އިމްރާން ވިދާޅުވީ، ބަންޑާރަ ނައިބު އުޝާމްގެ މައްޗަށް ދައުވާ އުފުލައި، ގައުމާއި ދީނާއި ވަތަނަށް ޚިޔާނާތްތެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.
މީގެ އިތުރުން އިމްރާން ވަނީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ހުރިހާ ރައްޔިތުން ތެދުވުމަށް ވެސް ގޮވާލައްވާފަ އެވެ.











