Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން ދޫކުރަނީ ދިވެހި ރައްޔިތުންނަށް ނުދެވޭ ވަރުގެ ބޮޑު އެއްޗެއް ރައީސް މުއިއްޒަށް އެ ބޭރު މީހުންގެ ކިބައިން ލިބޭތީ: އަލީ ހުސެއިން

22 ނޮވެމްބަރު 2026 | އާދީއްތަ 06:35

ދިވެހި ރައްޔިތުން ބޯހިޔާވަހިކަމަށް އިންތިޒާރު ކުރަމުންދަނިކޮށް ބޭރުގެ ފަރާތްތަކަށް ބިން ދޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވި. މިފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށާއި، ގައުމުގެ އިސްލާމީ ޝަޚްސިއްޔަތަށް ގެއްލުންވާ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 22 ނޮވެމްބަރު 2026 | އާދީއްތަ 06:35
ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވާހަކަ ދައްކަވަނީ. ފައިލް ފޮޓޯ

ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވާހަކަ ދައްކަވަނީ. ފައިލް ފޮޓޯ | ރާއްޖެއެމްވީ

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން ދޫކުރަނީ ދިވެހި ރައްޔިތުންނަށް ނުދެވޭ ވަރުގެ ބޮޑު އެއްޗެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ބޭރު މީހުންގެ ކިބައިން ލިބޭތީ ކަމަށް، ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ "ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން ވިދާޅުވީ ވެރިކަމަށް ވޯޓުދޭން، ތާއީދުކުރަން އަދި އިހުތިރާމުކުރަން ވެސް ތިބީ ދިވެހި ރައްޔިތުން ކަމަށާއި، ރަސްމާލެއިން ބިން ހޯދުމަށް ފުލެޓާއި ގޯއްޗަށް އެދި 58،000 އެއްހާ ރައްޔިތުން އިންތިޒާރުގައި އެބަތިބި ކަމަށެވެ. އެހެންކަމުން ދިވެހިންނަށް ބިން ނުދީ ބޭރުގެ ފަރާތްތަކަށް ބިން ދޫކުރަނީ ބުއްދީގެ ހަމައިން ބަލާއިރު ވެސް ދިވެހިންގެ އަތުން ނުލިބޭނެ އެއްޗެއް ލިބޭތީ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ތާރީޚީ މިސާލެއް ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، އޮޓޯމަން އެމްޕެރާ ސުލްތާން އަބްދުލްހަމީދުގެ އަރިހަށް ޔަހޫދީން ގޮސް ފަލަސްތީނުން ބިންކޮޅެއް ވިއްކުމަށް އެދުނު ކަމަށެވެ.

އެހެންނަމަވެސް އަބްދުލްހަމީދު ވިދާޅުވީ ކީކޭތޯ؟ ތިމަންނަގެ މިލްކެއް ނޫނޭ ފަލަސްތީނުގެ ބިމަކީ، އެއީ ތިމަންނަގެ މިލްކެއް ނޫނޭ. އެއީ އިސްލާމީ އުންމަތުގެ މިލްކެކޭ. ތިމަންނައަކަށް ވިއްކައެއް ނުލެވޭނެ. މިއީ ގައުމު ދެކެ ލޯބިވާ މީހުން. މިއީ އިސްލާމީ އުންމަތް ދެކެ ލޯބިވާ މީހުން
އަލީ ހުސެއިން 

އަލީ ހުސެއިން ވިދާޅުވީ، ރާއްޖޭގައި އޮތް ސައްތައިން ސައްތަ އިސްލާމީ ޝަޚްސިއްޔަތަށް ގެއްލުންވާ އެއްވެސް އިގްތިސާދީ މަޝްރޫއެއް ހިންގައިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ސުލްހަމަސަލަސްކަމާ ގުޅޭ މިފަދަ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ، ރާއްޖެ ވިއްކާލާ އަދި ޣައިރު ދީންތަކުގެ މީހުން ރާއްޖޭގައި އާބާދުކުރުވާ ޖީލަކަށް މި ޖީލު ވެގެން ނުވާނެ ކަމަށެވެ. އަދި މިއަދުގެ ޖީލަށް މި ގައުމު ލިބުނު ފަދައިން ނުވަތަ އެއަށްވުރެ ވެސް ރަނގަޅު ހާލަތެއްގައި އަންނަން އޮތް ޖީލުތަކަށް މި ގައުމު ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

ގައުމީ ހަރަކާތްއަލީ ހުސައިންރަސްމާލެ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

5

އަދާލަތު ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިހް ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގަންނަވައިފި

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2026

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

20 ނޮވެމްބަރު 2026
2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!
19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
15 ނޮވެމްބަރު 2026

އެސްއީޒެޑްގެ ދަށުން ހިންގާ މަޝްރޫއުތަކަކީ ރާއްޖެއަށް ޑޮލަރު ވަނުމުގެ ބަދަލުގައި، ޑޮލަރު ބޭރުކުރުމަށް މަގުފަހިވާ ގޮތަށް ރާވާފައިވާ ކަމެއް: މާޒް ސަލީމް

15 ނޮވެމްބަރު 2026
އެސްއީޒެޑްގެ ދަށުން ހިންގާ މަޝްރޫއުތަކަކީ ރާއްޖެއަށް ޑޮލަރު ވަނުމުގެ ބަދަލުގައި، ޑޮލަރު ބޭރުކުރުމަށް މަގުފަހިވާ ގޮތަށް ރާވާފައިވާ ކަމެއް: މާޒް ސަލީމް
15 ނޮވެމްބަރު 2026

ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން

15 ނޮވެމްބަރު 2026
ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން
14 ނޮވެމްބަރު 2026

މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން

14 ނޮވެމްބަރު 2026
މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
13 ނޮވެމްބަރު 2026

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ވިސްނާނަމަ ވޯޓަކަށް ދިއުމަށް ގޮވާލައި، ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ނުކުތުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

13 ނޮވެމްބަރު 2026
ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ވިސްނާނަމަ ވޯޓަކަށް ދިއުމަށް ގޮވާލައި، ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ނުކުތުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި
12 ނޮވެމްބަރު 2026

އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް

12 ނޮވެމްބަރު 2026
އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް
12 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން

12 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން
11 ނޮވެމްބަރު 2026

ރަސްމާލެ އިން ބިން ހޯދުމަށް 58،000 އާއިލާ އިން އެދިއެދި ތިއްބާ ރައްޔިތުން ގާތު އަހާނުލައި، ޣައިރު ދީންތަކުގެ މީހުންނަށް އެތަން ދޭން ޖާގައެއް ނުދޭނަން: އަލީ ހުސެއިން

11 ނޮވެމްބަރު 2026
ރަސްމާލެ އިން ބިން ހޯދުމަށް 58،000 އާއިލާ އިން އެދިއެދި ތިއްބާ ރައްޔިތުން ގާތު އަހާނުލައި، ޣައިރު ދީންތަކުގެ މީހުންނަށް އެތަން ދޭން ޖާގައެއް ނުދޭނަން: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް