Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއީޒެޑް

އެސްއީޒެޑްގެ ދަށުން ހިންގާ މަޝްރޫއުތަކަކީ ރާއްޖެއަށް ޑޮލަރު ވަނުމުގެ ބަދަލުގައި، ޑޮލަރު ބޭރުކުރުމަށް މަގުފަހިވާ ގޮތަށް ރާވާފައިވާ ކަމެއް: މާޒް ސަލީމް

15 ނޮވެމްބަރު 2026 | އާދީއްތަ 11:50

ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ރާއްޖެއިން ޑޮލަރު ބޭރުކުރުމަށް ރާވާފައިވާ ހީލަތްތެރި ރޭވުމެއް ކަމަށް މާޒް ސަލީމް ވިދާޅުވި. މި މަޝްރޫއުގެ ސަބަބުން ބޭންކިންގ ނިޒާމަށް ފައިދާއެއް ނުވާނެ ކަމަށާއި، ބިލިއަން ޑޮލަރުގެ އަގުބޮޑު ބިންތައް 99 އަހަރަށް ބޭރު ބަޔަކަށް ދޫކޮށްލުމަކީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއްކަން އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 15 ނޮވެމްބަރު 2026 | އާދީއްތަ 11:50
އާދިއްތަ ދުވަހު ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ

އާދިއްތަ ދުވަހު ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

އެސްއީޒެޑްގެ ދަށުން ހިންގާ މަޝްރޫއުތަކަކީ ރާއްޖެއަށް ޑޮލަރު ވަނުމުގެ ބަދަލުގައި، ޑޮލަރު ބޭރުކުރުމަށް މަގުފަހިވާ ގޮތަށް ރާވާފައިވާ ކަމެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާޒް ސަލީމް ވަނީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދޭ މައްސަލައާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މިމަޝްރޫއާ ގުޅޭގޮތުން މާޒް ސަލީމް ވިދާޅުވީ، ސަރުކާރުން އެއްވެސް އަގެއް ނުނަގާ ބިން ދޫކޮށްފައިވާ ކަމަށާއި، މި އިންވެސްޓްމަންޓުން ލިބޭ ފައިސާ ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވާން ފެށުމުން ޑޮލަރު ވާރޭ ވެހޭނެ ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ. އަދި އެސްއީޒެޑްގެ ގާނޫނުގައި އެ ފައިސާ ޖަމާކުރަންޖެހޭ ތަނެއް ސާފުކޮށް ބަޔާންކޮށްފައި ނެތުމުން، އެކަން ހިނގަނީ އޮފްޝޯ ބޭންކިންގ އަދި ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ރޭވިފައި މި އޮތީ ޑޮލަރު އެތެރެކުރުމަށްވުރެ ޑޮލަރު ބޭރުކުރުމަށް މަގުފަހިވާ ގޮތަށް ރާވާފައި އޮތް ހީލަތްތެރި މަކަރުވެރި ރޭވުމެއް
މާޒް ސަލީމް

މީގެއިތުރުން މާޒް ސަލީމް ވިދާޅުވީ، މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފައިސާ ނުވަންނަ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އިގްތިސާދަށް ވަންނަ ޑޮލަރު ހިފެހެއްޓުމުގެ ހަރުދަނާ ގާނޫނީ ނިޒާމެއް މިހާތަނަށް ސަރުކާރުން ގާއިމުކޮށްފައި ނުވާއިރު، މިފަދަ މަޝްރޫއުތަކުން ލިބޭ ފައިދާ ބޭރު ގައުމުތަކަށް ގެންދެވޭ ގޮތަށް ގާނޫނު ބަދަލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތަށް މިފަދަ މަޝްރޫއުތަކުން ލިބެނީ ރެވެނިއުގެ އެންމެ 10 ޕަސެންޓްކަން ފާހަގަކުރައްވައި މާޒް ސަލީމް ވިދާޅުވީ، މުޅި ގައުމު ދަރަނިވެރިވެގެން ހިއްކި ބިމުގެ އަގުވެސް ނުހިމަނައި، ބިލިއަން ޑޮލަރުގެ އަގުބޮޑު ބިން 99 އަހަރަށް ބޭރު ބަޔަކަށް ދިނުމަށްފަހު އެއީ ބޮޑު ފައިދާއެއް ލިބޭ އިންވެސްޓްމަންޓެއް ކަމަށް ބުނުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

އެސްއީޒެޑްއީގަލް ހިލްސްމޯލްޑިވްސް މަނިޓަރީ އޮތޯރިޓީކްރިޕްޓޯކަރެންސީރަސްމާލެ މާޒް ސަލީމް

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!

13 ނޮވެމްބަރު 2026
އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!
13 ނޮވެމްބަރު 2026

ރަހުމަތްތެރިންގެ ސޫރަ ބޭނުންކޮށްގެން ދަންތުރަ ޖަހައި، އުތުރު ކޮރެއާގެ ހެކަރުން 400 މިލިޔަން ޑޮލަރު ފޭރިގަނެފި

13 ނޮވެމްބަރު 2026
ރަހުމަތްތެރިންގެ ސޫރަ ބޭނުންކޮށްގެން ދަންތުރަ ޖަހައި، އުތުރު ކޮރެއާގެ ހެކަރުން 400 މިލިޔަން ޑޮލަރު ފޭރިގަނެފި
11 ނޮވެމްބަރު 2026

ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކްރިމިނަލައިޒް ކުރުމުގެ ވިސްނުމެއް ނެތް: އެމްއެމްއޭ

11 ނޮވެމްބަރު 2026
ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކްރިމިނަލައިޒް ކުރުމުގެ ވިސްނުމެއް ނެތް: އެމްއެމްއޭ
10 ނޮވެމްބަރު 2026

ސަރުކާރުން ބޭރު މީހުން ވަޒަންވެރިކުރުވަން އުޅޭ މައްސަލައިގައި ސިފައިންނާއި ފުލުހުންގެ ކަންބޮޑުވުން އެބައޮތް: ޝެއިޚް އިމްރާން

10 ނޮވެމްބަރު 2026
ސަރުކާރުން ބޭރު މީހުން ވަޒަންވެރިކުރުވަން އުޅޭ މައްސަލައިގައި ސިފައިންނާއި ފުލުހުންގެ ކަންބޮޑުވުން އެބައޮތް: ޝެއިޚް އިމްރާން
08 ނޮވެމްބަރު 2026

މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް

08 ނޮވެމްބަރު 2026
މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް
06 ނޮވެމްބަރު 2026

މަނީ ޗޭންޖަރުންގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން "މަނީ ޗޭންޖަރ ސިސްޓަމް" އިފްތިތާހުކޮށްފި

06 ނޮވެމްބަރު 2026
މަނީ ޗޭންޖަރުންގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން "މަނީ ޗޭންޖަރ ސިސްޓަމް" އިފްތިތާހުކޮށްފި
05 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް

05 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް
04 ނޮވެމްބަރު 2026

ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން

04 ނޮވެމްބަރު 2026
ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން
01 ނޮވެމްބަރު 2026

ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ދޫކޮށްލުމަކީ ރާއްޖޭގެ މައިގަނޑު ރުކުންތައް ފުނޑާލުން: ޖަމީލު

01 ނޮވެމްބަރު 2026
ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ދޫކޮށްލުމަކީ ރާއްޖޭގެ މައިގަނޑު ރުކުންތައް ފުނޑާލުން: ޖަމީލު
29 އޮކްޓޯބަރު 2026

ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި

29 އޮކްޓޯބަރު 2026
ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް