Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން

14 ނޮވެމްބަރު 2026 | ހޮނިހިރު 03:48

ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިވުމަކީ ގައުމުގެ ސަލާމަތާއި އިސްލާމީ އައިޑެންޓިޓީއަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު އަލީ ހުސެއިން ކަންބޮޑުވުން ފާޅުކުރައްވައިފި. އެމީހުންގެ ނުފޫޒު ރާއްޖެއަށް ފޯރައިފިނަމަ ގާނޫނުއަސާސީގެ ސިޔާދަތު ގެއްލިދާނެތީ، މިކަމާ މެދު ސަލާމަތީ ބާރުތަކުން ސުވާލު އުފައްދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ނޮވެމްބަރު 2026 | ހޮނިހިރު 03:48
ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން

ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން | ރާއްޖެއެމްވީ

މި ގައުމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައީ މި ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް ކަމަށާއި، މިއީ ނުރައްކާތެރި ކަމެއް ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މިއަދު މި ގައުމުގެ ހުރިހާ ކަމެއްހެން އެތަނެއްގެ މައްޗަށް ބިނާވެފައިވާ އެއް ތަނަކީ ވެރިކަން ކުރާ ރަށް މާލެ ސިޓީ ކަމަށެވެ. 

Advertisement - newsAdvertisement

ގައުމުގެ ސަލާމަތާއި ގުޅިފައިވާ ކަންކަމުގެ އިތުރުން އެންމެ ގިނަ ދިވެހީން އުޅޭ ސަރަހައްދަކީ ވެސް މިއީ ކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ ޒަޔަނިސްޓުން އައިސް މި ސަރަހައްދުގައި ދިރިއުޅެން ފަށައިފި ނަމަ އެކަމާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. 

ދިވެހިރާއްޖެ ދެމި އޮތުމާ ނެތުމުގެ އިޝޫއެއް މިއީ. ދިވެހިރާއްޖެ، އޭގެ ގޮތުގައި ދެމި އޮތުމާ ނެތުމުގެ އިޝޫއެއް މިއީ. ޒަޔަނިސްޓުން މިތަނުގައި އާބާދު ކުރީމާ އަޅުގަނޑުމެން އެމީހުންނަށް ޗުއްޕެކޭ ބުންޏަސް، ދެން ވާނެ ގޮތަކީ އަޅުގަނޑުމެންގެ ސިފައިންނާއި އެމީހުންނާ ކޮންފްރަންޓޭޝަންއަކަށް ދާން ޖެހޭ ހާލަތު އަތުވެދާނެ. އަޅުގަނޑުމެން ވިސްނަން ޖެހޭ އަޅުގަނޑުމެންގެ ކޮމިއުނިކޭޝަން ނެޓްވަރކްތައް، ލައިންތައް މިތާ ކައިރީގައި މިހުރީ. ގިނަ ދިވެހީން މިއުޅެނީ މިތާ. އެހެން ވީމަ އެމީހުން މިތަނަށް އައިސް ފައި ހިއްޕާލީމައި، ފައި ހަރުކޮށްލީމައި އެއީ އަޅުގަނޑުމެން ދިވެހިރާއްޖެ، ދިވެހިރާއްޖެ ގޮތުގައި އޮތުމާއި ނެތުމާ ދެމެދަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. އަޅުގަނޑުމެން ދިވެހީންގެ ދިވެހިރާއްޖެ ގޮތުގައި ދެން ނުތިބޭނެ
އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގެ ދީނަކީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށެވެ. އެހެން ނަމަވެސް ޣައިރު ދީންތަކުގެ މީހުން މިތަނުގައި ވަޒަންވެރިވުމުން ދެން ހަދާނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. 

އެހެންކަމުން ގާނޫނު އަސާސީގެ 10 ވަނަ މާއްދާއަށް ވަނީ ކިހިނެއްތޯ ފުލުހުން މިއަދު ވެރިން ގާތު އަހަން ޖެހޭ ކަމަށާއި ހަމަ އެ ސުވާލު އެމްއެންޑީއެފްގެ އޮފިސަރުން ވެސް ވެރިންނާ ކުރަން ޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.  

މިއަދުގެ ހަގީގަތަކީ ޒަޔަނިސްޓުންނަކީ މުޅި ދުނިޔޭގެ ހުރިހާ ހިސާބުތަކަށް ނުފޫޒު ފޯރުވަމުންދާ ބައެއްކަން ކަމަށާއި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު، އެމެރިކާ ވެސް އޮތީ ޒަޔަނިސްޓުންގެ ނުފޫޒުގެ ދަށުގައި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެހެންކަމުން ޒަޔަނިސްޓުން މިގައުމަށް އައިސް ވަޒަންވެރިވެ، އެމީހުންގެ ދީން ފަތުރަން އުޅުމުން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރަސްމާލެއަލީ ހުސައިން

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

3

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

4

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

5

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!

13 ނޮވެމްބަރު 2026
އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
13 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި

13 ނޮވެމްބަރު 2026
ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި
13 ނޮވެމްބަރު 2026

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ވިސްނާނަމަ ވޯޓަކަށް ދިއުމަށް ގޮވާލައި، ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ނުކުތުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި
13 ނޮވެމްބަރު 2026

މުންދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަމުގައި ހަޖަމެއް ނުކުރާނަން: ޝެއިޚް އިމްރާން

13 ނޮވެމްބަރު 2026
މުންދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަމުގައި ހަޖަމެއް ނުކުރާނަން: ޝެއިޚް އިމްރާން
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް